ކުއްލިއަކަށް ގެއިން ކަރަންޓް ކެނޑުން، ޓީވީ ނިވުން، ޓީވީ ހުޅުވުން، ގޮތް ނޭނގޭ އަޑެއް އިވުން، ގޯތި ތެރެއިން ކުޑަކުއްޖަކު ފެނުން މިއީ އެމެރިކާގެ އާބާދީގެ 60 އިންސައްތަ މީހުންނަށް އެމީހުންގެ ހަޔާތުގެ ކޮންމެވެސް ހިސާބެއްގައި ތަޖުރިބާ ކޮށްފައިވާ ކަންކަމަށާއި މިއީ ޖިންނި ނުވަތަ ރޫހާނީ ކޮންމެވެސް ކަމެއްގެ ސަބަބުން ދިމާވާ ކަންކަން ކަމުގައި އެމެރިކާ ގައި ކުރި ދިރާސާއެއްގައި ބުނެފިއެވެ.
2000 މީހުން ބައިވެރިކޮށްގެން ކުރިއަށް ގެންދިޔަ ދިރާސާގެ ނަތީޖާ ދައްކާ ގޮތުން އެމެރިކާގެ 60 އިންސައްތަ މީހުންނަށް ޖިންނި ނުވަތަ ރޫހާނީ ކޮންމެވެސް ބާރެއްގެ ފެނި ނުވަތަ އެބާވަތުގެ ބާރެއްގެ އިހްސާސް ކުރެވިފައިވާ ކަމަށެވެ.
ދިރާސާގައި ބައިވެރިވި މީހުންގެ ތެރެއިން 40 އިންސައްތަ މީހުންނަށް "ޖިންނި" ފެނިފައި ވަނީ އެމީހުން ގެންގުޅުނު ޕެޓްގެ ސިފައިގައެވެ.
ދިރާސާގައި ބައިވެރިވި މީހުންނަށް ޖިންނި ނުވަތަ ރޫހާނީ ބާރެއް ފެނުމުން ދެން ކަންތައް ކުރަނީ ކިހިނެއްތޯ ވެސް އެމީހުންނާއި ވަނީ ސުވާލު ކޮށްފައެވެ. އެސުވާލުގެ ޖަވާބުގައި ގިނަ މީހުން ބުނެފައި ވަނީ އެތަނަކުން އެމީހުން އަވަހަށް ދުވެފައި ދަނީ ކަމަށެވެ.
ދިރާސާގައި ބައިވެރިވި މީހުންގެ ތެރެއިން ދިހަ އިންސައްތަ މީހުން ބުނާ ގޮތުގައި އެމީހުންނަށް ދިމާވި ރޫހާނީ ކަންކަމަކީ ނަފްސާނީ މައްސަލައެއްގެ ސަބަބުން ދިމާވި ކަމެކެވެ. ނަމަވެސް ބާކީ ތިބި މީހުން ބުނެފައި ވަނީ އެއީ ނަފްސާނީ މައްސަލައެއް ނޫން ކަމަށާއި އެއީ ގޮތް ނޭނގޭ ބާރެއްގެ ސަބަބުން ދިމާވާ ކަންތައްތަކެއް ކަމަށެވެ.
މިދިރާސާ ކޮށްފައި ވަނީ އެމެރިކާ މީހުން ފާހަގަ ކުރާ ހެލޮވީން އާއި ގުޅިވައިގެންނެވެ. ހެލޮވީން އަކީ އެމެރިކާ އާއި ހުޅަނގުގެ ކްރިސްޓިއަނުން ފާހަގަ ކުރާ ދުވަހެކެވެ.
މީދެން ކޯއްޗެއް. ދިވެހި ރާއްޖޭގެ 100 ޕަސަންޓު މީހުންނަށް ޝައިތާނެއް ފެނިފަވޭ. ނޮވެމްބަރު މަހު އަނެއްކާވެސް ރާއްޖެ ބީއްސާލަނީއޯ އޭތި.
ނުރައްކާ ހާދިސާއެއް
ފެންނާނެ. އެމީހުންގައިތެރޭގައި ޕޮސެސް ވެފަ ތިބި ތަކެތި އަދި ތިބީ. އެހެންވެ އެހާ ނުލަފައީ