ރަނގަޅު ފެންވަރަކަށް ކިޔެވުމަށް މަސައްކަތް ކުރާ މީހުން މަދެއް ނޫނެވެ. އެ މީހުން މަސައްކަތް ކުރަނީ މީހުން ބަލައިގަންނަ ފަދަ ވަޒީފާއެއް ހޯދުމަށެވެ. ޑޮކްޓަރަކަށް ވުމަށެވެ. ނޫނީ ލޯޔަރަކަށްވުމަށެވެ.

މިއީ ގިނަބަޔަކު ބޭނުންވާ ވަޒީފާތައް ނަމަވެސް، ފާހަނަައެއްގެ މެނޭޖަރެއްގެ މަގާމް ބޭނުންވާ މީހަކު ޑިގްރީ ފެންވަރަށް ކިޔަވަފާނެތޯ މިއި ސުވާލު އުފެދޭވަރުގެ ކަމެކެވެ.

އެހެން ނަމަވެސް ޗައިނާގެ އަވަށަކުން ނެރުނު ވަޒީފާއާ ބަހޭ އިއުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި ފާހަނައެއްގެ މެނޭޖަރަަކަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުގެ އެންމެ ދަަށް މިންގަނޑަކީ ޑިގްރީ ސެޓްފިކެޓެއް އޮތުމެވެ.

ޗައިނާގެ ވުހަން އަވަށުން މި ވަޒީފާއަށް މީހުން ހޯދުމަށް އިއުލާނުކޮށްފައިވާއިރު، އެ ވަޒީފާއަށް ލުމުގެ އިތުރު ޝަރުތުގެ ގޮތުގައި އެ މީޙާ 30 އަހަރަށްވުރެ ދޮށި ވެގެން ނުވުންވެސް ހިމެނެއެވެ.

މިކަމާއި އެއްބަޔަކު ޖޯކް ޖަހަމުން އެބަދެއެވެ. ބައެއް މީހުން ވަރަށް ސީރިސްކޮށް މިކަން ނަގަމުންދެއެވެ. މީގެން މި އެނގެނީ ޑިގްރީ ސެޓްފިކެޓެއް ނެތިއްޔާ ފާހަނައެއްގެ ބޮޑު މީހެއްގެ ވަޒީފާ މިފަދަ ޒަމާނެއްގައި ނުލިބޭނެ ކަމެވެ.

 

ކިޔުންތެރިންގެ ހިޔާލު