އެމެރިކާގެ ކެރޮލައިނާގައި ހުންނަ ރެސްޓޯރެންޓެއްގައި މަސައްކަތް ކުރާ ވެއިޓަރަކަށް ޓިޕެއްގެ ގޮތުގައި ޔޫޓިއުބްގައި ވްލޮގް ކުރާ "މރ.ބީސްޓް" ނުވަތަ ޖިމީ 10000 އެމެރިކާ ޑޮލަރު (އެއްލައްކަ ފަންސާސް ހަތަރު ހާސް ދިވެހި ރުފިޔާ) ދީފިއެވެ.

ޔޫޓިއުބްގައި މރ.ބީސްޓް ސަބްސްކްރައިބް ކޮށްފައިވާ މީހުންގެ އަދަދު ނުވަ މިލިއަނާއި ގާތް ކުރެއެވެ. އޭނާ ވަނީ މީގެ ކުރިން ވެސް ވަރަށް ގިނައިން ވެއިޓަރުންނާއި ގެދޮރުނެތް ފަގީރުންނަށް ގިނަ އަދަދެއްގެ ފައިސާ ދީފައެވެ. މީގެ ތެރެއިން ގިނަ ފައިސާ ދީފައި ވަނީ އޭނާގެ ވީޑިއޯތައް ސްޕޮންސާ ކުރާ ކުންފުނިތަކުގެ އެހީގައެވެ.

ނަމަވެސް އެންމެ ފަހުން މރ.ބީސްޓް ވެއިޓަރަކަށް ދިން ފައިސާ އަކީ ކުންފުންޏެއްގެ ފަރާތުން ދިން ފައިސާ ކަމެއް އަދި ނޭނގެއެވެ. ވެއިޓަރަށް ފައިސާ ދިން ވީޑިއޯ އޭނާ އަދި ޔޫޓިއުބްގައި އާންމު ކޮށްފައެއް ނުވެއެވެ. ނަމަވެސް އެމެރިކާގެ މީޑިއާތަކުން ވަނީ އެޚަބަރު މިހާރު ގެނެސްދީފައެވެ.

އެމެރިކާ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މރ.ބީސްޓް ވެއިޓަރަށް ގިނަ އަދަދެއްގެ ފައިސާ ދީފައި ވަނީ ދެފުޅި ފެނަށް އޯޑަރު ދިނުމަށް ފަހު އެވެ.

ވެއިޓަރު ވަނީ އޭނާ އަށް ލިބުނު ފައިސާގެ ތެރެއިން ބައެއް އޭނާ އާއި އެކު މަސައްކަތް ކުރާ އެހެން ވެއިޓަރުންނަށް ބަހާލާފައެވެ.

މރ.ބީސްޓް މާގިނައިން ފައިސާ ބަހާތީ އޭނާ އަށް މީގެ ކުރިން ފާޑުކިޔުންތައް ވެސް އަމާޒުވެފައި ވެއެވެ. ނަމަވެސް ފައިސާ ބެހުން އޭނާ ހުއްޓާލާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަހްމަދު

    އަހަރުމެންގެ ސޭޓު ގާސިމްބެވެސް ލާރިބަހައި އެއީ އެކަމު ބައެއްކަހަލަ މީހުންނަށް

  2. އަލްޖިބްރާ

    ތިޔަ ޤާސިމްބެ ފައިސާ ބަހަނީ ވަކި ބޭނުމެއް ޖެހުނީމަ !

  3. ނައީ

    ގާސިމް ފައިސާ ބަހާފަ ފަހުން ބުނާނެ ވޯޓުދޭށޭ! ތިމަންނަށް އޮންނާނީ އެހީވެސް ދީފަ އޭ! އެއީ ކާަލަ ގޮވާ ސޮރެއް....

  4. އިހްސާސް

    އަލްޖިބްރާ އަށް: އެހެންވިއްޔާ އަލްޖިބުރާ ހުންނާނީ ޤާސިމްބެއަތުން ފައިސާ ނަގާފަ ކަމަށް ލަފާ ކުރެވޭ

  5. އޭނަ

    ދީލަތި ސޮރެއް. އޭނައަށް ރޯދިބަރަކާތް އިތުރުކޮށްދެއްވާ، ގިނަގިނައިން ދެއްވާށި