ސޫރުދަ ނިޒާމު (ސޯލާ ސިސްޓަމް) ގައި ދުނިޔެއާއި އެންމެ ގާތުގައިވާ ގުރަހަ (ޕްލެނެޓް) ކަމުގައިވާ މިއްރީޚު (މާސް) ގައި އަލިފާން ފަރުބަދައެއް ގޮވާ މަންޒަރު ފެންނަ ފޮޓޯ ތަކެއް މީސް ގައި ދައުރުވާން ފަށައިފިއެވެ.

ޔޫރަޕިއަން ސްޕޭސް އެޖެންސީގެ މާސް އޮރްބިޓަރ އުޅަނދުން މިދިޔަ ހަފްތާގައި ނެގި ފޮޓޯތަކުން ފެންނަގޮތުގައި މާސްގައި ހުރި އެންމެ ބޮޑު ފަރުބަދަ "އަރްސިއާ މޯން" ދަނީ ގޮވަމުންނެވެ.

ސައިންސްވެރިން ބުނާ ގޮތުގައި ފޮޓޯތަކުން ފެންނަ ދުން އަރާ މަންޒަރަކީ ހަގީގަތުގައި އެފަރުބަދައިގެ މަތީގައި ހުރި ގަނޑުފެން ކަމަށެވެ. އެހެން ކަމުން ނާސާގެ ސައިންވެރިން ބޮޑަށް ލަފާކުރެވެނީ މި ފަރުބަދަ އަދި ނުގޮވާކަމަށެވެ.

އުސްމިނުގައި 12 މޭލު ހުންނަ އަދި ފުޅާމިނުގައި 270 މޭލު ހުންނަ މި އަލިފާން ފަރުބަދަ އެންމެ ފަހުން ގޮވާފައި ވަނީ މީގެ 10 މިލިއަން އަހަރު ކުރިންނެވެ.

ހޫނު ގަދަ ކަމަށް ލަފާކުރެވޭ މާސް އަކީ އިންސާނުން ދިރިއުޅެން އެކަށީގެންވާ ތަނެއްކަމަށާއި އިންސާނުން މާސްގައި ދިރިއުޅޭނެ ދުވަސް ލަސްތަކެއް ނުވެ ފެންނާނެ ކަމަށް ސައިންސްވެރިން ބުނާއިރު މާސްގެ ކްރޭޓާ ފާރުތަކާއި ކެންޔަންތަކުގެ މަތިން ފެން ފައިބާ ކަން ކަށަވަރުކުރެވޭ ހެކިތަކެއް ސައިންސްވެރިން ވަނީ ދާދި ފަހުން ހޯދާފައެވެ.

ނަމަވެސް މިހާތަނަށް ހޯދިފައިވާ ހޯދުންތަކާއި ލިބިފައިވާ މައުލޫމާތައް ބަލާއިރު މާސްގައި އިންސާނުން ދިރިއުޅެން ފެށޭނެ ދުވަހެއް މިޖީލުގެ މީހުންނަށް ފެނިދާނެތޯ ކުރެވޭ ސުވާލަށް އަދި ދޭން އޮތް ޖަވާބަކީ ނޫނެކެވެ.

ދުނިޔެއާއި އެންމެ ގާތުން ދެވަނައަށް އޮންނަ ގުރަހަ، މާސްއަކީ ދުނިޔެއާއި އެއްފަދަ ނޫނަސް ދުނިޔޭގެ ބައެއް ސިފަތައް ލިބިގެންވާ ގުރަހައެކެވެ. ދުނިޔެއާއި 225 މިލިއަން ކިލޯމީޓަރު ދުރުގައިވާ ކަމަށް ބެލެވޭ މާސްގެ ތަހުލީލުތައް ކުރުމަށް މިހާރު އެ ގުރަހައިގެ ބިމުގައި ދަތުރުކުރަމުންދާ އުޅަދު، މާސްގެ އެންމެ ފަހުގެ މަޢުލޫމާތާއި ފޮޓޯތައް ދުނިޔެއަށް ފޮނުވަމުން ދާއިރު، 2025 ވަނަ އަހަރުގައި އެ ގުރަހައަށް ދަތުރު ކުރުމަށް ނާސާގެ އެސްޓްރޮނޯޓުން ދަނީ ތައްޔާރުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ތިހުރީ ދެވިފައި

    އިންސާނުންނަކަށް އިތުރު ޕްލެނެޓެއްގައި ނޫޅެވޭނޭ،،، ތީ ހިޔާލީ ވާހަކަތަކެއް ބޯހަލާކު.. ތިމީޙުން އަޤީދާ ބަލިކަށި ނުވެބަލަ.