ރާއްޖޭގައި ފިރިހެނުން ނަށް ވުރެ ގިނައިރު އަންހެނުން މަސައްކަތް ކުރާ ކަމަށް ނޭޝަނަލް ސްޓެޓިސްޓިކް ބިއުރޯ އިން
ބުނެފި އެވެ.
ރާއްޖޭގެ "މަސައްކަތްތެރިކަމުގެ" މައުލޫމާތު ހާމަ ކުރުމަށް 2016 ވަނަ އަހަރު ނޭޝަނަލް ސްޓެޓިސްޓިކް ބިއުރޯ އިންހަދާފަ އިވާ ސާވޭ އިން ދެއްކި ގޮތުގައި އާމްދަނީ ލިބޭ މަސައްކަތްތާއި އާމްދަނީ ނުލިބޭ މަސައްކަތްތަކުގައި ހަރަކާތްތެރިވާ ފިރިހެނުންނާ އަޅާބަލާއިރު އަންހެނުން މަސައްކަތް ކުރާ ގަޑި 53 ޕަސެންޓް އިތުރެވެ. އަދިފިރިހެނުން މަސައްކަތް ކުރަނީ 44 ޕަސެންޓު ވަގުތު އެވެ.
އަދި ނޭޝަނަލް ސްޓެޓިސްޓިކް ބިއުރޯއިން ބުނެފައިވާ ގޮތުގައަންހެނުން އެންމެ ގިނައިރު މަސައްކަތް ކުރަނީ ކުދިން ބެލުމުގަ އެވެ. އަދި ގޭތެރޭގެ މަސައްކަތްތަކާއި ކުދިން ބެލުމުގައި އެވްރެޖުކޮށް ދުވާލަކު ހަ ގަޑިއިރު އަންހެނުން ހޭދަކުރާއިރު ފިރިހެނުން މި މަސައްކަތުގައި ހޭދަކުރަނީ އެންމެ ތިން ގަޑިިރެވެ.
ރާއްޖޭގެ ތަފާސް ހިސާބުތަކާބެހޭ ވުޒާރާއިން ބުނި ގޮތުގައި ރާއްޖޭގެ ލޭބާ ފޯސްގައި ހިމެނޭ 151،706 މީހުންގެ ތެރެއިން ހަ ޕަސެންޓް މީހުންނަކީ ވަޒީފާ ނެތް މީހުންނެވެ. އަދި ރާއްޖޭގެ ލޭބާ ފޯސްގައި ހިމެނިފައިވާ މީހުންގެ ތެރެ އިން 93 ޕަސެންޓަކީ އާމްދަނީ ލިބޭ މަސައްކަތްކުރާ މީހުންނެވެ.
އަދި 15 އަހަރުންމަތީގެ އާބާދީގައި ހިމެނޭ 25 ޕަސެންޓް ފިރިހެނުން ނާއި 58 ޕަސެންޓް އަންހެނުންނަކީ މަސައްކަތް ނުކުރާ ނުވަތަ "ލޭބަ ފޯސް" އިން ބޭރުގައި ތިބި މީހުންނެވެ.
އަދި ދިރާސާގައިވާގޮތުން ރާއްޖޭގެ ލޭބާ ފޯސްގައި އުޅޭ 151،706 މީހުންގެ ތެރެއިން 47 ޕަސެންޓް މީހުން ދިރިއުޅެނީ މާލޭގަ އެވެ. އަދި 53 ޕަސެންޓް މީހުން އުޅެނީ އަތޮޅުތެރޭގަ އެވެ.
ޥ ރަގަލު ވަަަހަކަ އެއްތިބުނި
އާން ތިއީ ރަނގަޅުވާހަކަ އެއް
ރާއްޖޭގައި ނަމާދު ނުކުރާ އަންހެނުންނަ ވުރެ ނަމާދު ނުކުރާ ފިރިހެނުންވެސް ގިނަ މިއީ އަޅުގަޑުގެ ދިރާސާ
ކަނބަލުން ތިކުރައްވާ ހިއްވަރަށް ހަމަ ސާބަސް. ❤ ??? ?
މިއީ ދެމެހެއްޓެނިވި ތަރައްްޤީ އަކީ ?
ޢަންހެނުންގެ މަކަރާމެދު ސަމާލުވޭ. ޢިމޯޝަބަލް ކަމަށް ހެދި އަހަރެމެން މޮޔަ ހައްދާބައެއް އެއީ ހުސް އެކްޓް
އަދި ކިރިޔާ ދޯ އެގުނީ
ރާއްޖޭގައި ފިރިހެނުންނަށް ވުރެ އަންހެނުންނަށް ވަޒީފާ ހޯދަން ފަސޭހައެވެ.
މީ ރަގަޅު ވާހަކައެއް! އެކަމަކު އެއީ މިހާރު! މީގެ ތިރީސްފަސްއަހަރު ކުރިން ރާއްޖެއަށް މަސްތުވާތަކެއްޗާއި ބިނާ ތައުލީމު ތަޢާރަފު ކުރި ފަހުން! މިހާރު ޤައުމުގައި ކުރާހައި މަސައްކަތެއް ކުރަނީ ބަންގާޅީން! ދިވެހި އަންހެނުން ދުވަނީވެސް އެމީހުންގެ ފަހަތުން! ދިވެހި ފިރިހެނުން ތިބޭނީ ހަވާނަފުސުގެ މަސްތުގައި ޖެހި ފިތިފައި! ހަމަހޭގައި ހުރި މީހަކު ނޫޅޭނެ! މިއަދުގެ ތައުލީމަށްވެސް މޮޅުވާނީ އަންހެނުން! އެވާގޮތް އެގޭތަ؟ އުފާ ނުކުރައްޗޭ! ހަލާކު ކައިވަތަކަށް ލެފިއްޖެ! ދުނިޔޭގައި ބިންހެލުން ގިނަވެއްޖެ! "ނު ރީތި ރީއްޗަށްވެ، ނު ރަނގަޅު ރަނގަޅަށްވެ! އާޚްރަތައް ފައިދާއެއް މަންފާއެއް ނުކުރާ ޢިލްމު ޢިލްމަށްވެ! ޙަލާލުކަން ކުޑަވެ ޙަރާމް މަސައްކަތްތައް ގިނަވުން! ޒަމާނެއް އަންނާނެކަން ޤައިމޭ ދަރީންނޭ މިއަދު މިއޮތީ އެޒަމާނޭ! ވައްސަލާމް!
ރާއްޖޭގެ ކެފޭތަކައް ބާރުބޮޑުވަނީ ކީއްވެތޯ ބަލާލަބަލަ،
ރާއްޖޭގެ އަންހެނުން ނަކީ އެންމެ ކަންނެތް މީހުން؟ ދުނިޔޭގަ ތިބި... ފިރިހެނުން މީ އެންމެ މުރާލި މީހުން...
.ފިރިހެނުން ދެކޭގޮތުގަ އެމީހުންގެ ހަމައެކަނި ޒިންމާއަކީ ލާފިހޮދުން. ކައްކާ އެއްޗެހިދޮވެ ގޭތެރެ ސާފުކޮށް ދަރިންބަލާ އެކުދިންނަށް ކިޔަވާދިނުންމީ އަންހެނުންގެ ވާޖިބެތް. ފިރިހެންނުން ކިރިޔާ ތަނަކަށް ތިދުވިޔަސް އޮނަނާނި ނުތެދުވެ. އެކަމު އަންހެނުން ކޮމެހާލެތްގަވެސް މަަސައްކަތްކުރަންޖެހޭ.
ތެދެއް....! އެބައިމީހުން ވަރަށްމުރާލި.. ފިރިހެނުންނަށްވުރެ އެތަކެއްހާސްގުނަމުރާލި....!
ފިރިމީހާގެމައްޗަށްގަދަވެގަތުމުގަޔާއި ފިރިހެންއަޚާގެމައްޗަށާއި މައިންބަފައިންގެމައްޗަށާއި މީސްތަކުންގެމައްޗަށް ނުރަނގަޅުނުފޫޒްފޯރުވުމަށާއި މުޖްތަމަޢުތައް ފަސާދަކޮށްބައިބައި ކުރުމަށާއި މިހެންގޮސް..........
އަސްލު ތިބައި އެބައޮތް ފިރިހެނުންގެ މެދުގަވެސް.އަހަރެންނަށް ފިރިހެނުންގެ ކިބައިގަވާ ބޭރުފުށުން ފެންނަ އެންމެ ރީތި ސިފައަކީ (ރިވެތި އަޚްލާޤު ފިޔަވާ) އެބައިމީހުން އަންހެންވެރީންނަށްވުރެ ބޮޑަށް އައުރަ ނިވާކުރުމުގަ ކުރީގަ އުޅޭކަން.
ރާއްޖޭގައި އެކަންޏެއް ނޫން ދުނިޔޭގެ ވަރަށް ގިނަ ތަންތަނުން ރޭގަޑު ގޯޅިކަންމަތިންނާއި ކެފޭ ތަކާ ބާރ ތަކާއި ކްލަބްތަށް ބަލާލިއަސް އަންހެނުންގެ މުރާލިކަން ވަރަށްބޮޑަށް ފެނޭ !
ﷲކޮންމެ ކަމެެެެއްވެސް ދެނެވޮޑިގަން ނަވާނެ ތެދެއްމެއަންހެނުން ނަކީވަރަށްބުރަކޮއް މަސައްކަތްކުރައްވަމުން ދާބައެއް
ދުނިޔޭގެ އެންމެ މުހިންމު އުފެއްދުން ތައް އުފެއްދީ ދުނިޔޭގެ އެންމެ ކަންނެތް މީހުން. މިސާލަކަށް އައިންސްޓައިން. ތި ލިޔަން ބޭނުންކުރާ ކޮމްޕިއުޓަރުވެސް، އެޑިސަން ތޮމަސް، ކަންނެތްކަމުގެ އައްޕަ. ފޭސްބުކް ޒަކަބަގް، ސްކޫލް ޑްރޮޕް އައުޓް. ކިޔަވަން ކަންނެތް.
ދިރާސާތައް ބައްލަވާ އަދި. މިނެ ކިރާލައްވާ!
ދުނިޔޭގެ އެންމެ މުހިންމު އުފެއްދުން ތައް އުފެއްދީ ދުނިޔޭގެ އެންމެ ކަންނެތް މީހުން. މިސާލަކަށް އައިންސްޓައިން.
ތި ލިޔަން ބޭނުންކުރާ ކޮމްޕިއުޓަރުވެސް، އެޑިސަން ތޮމަސް، ކަންނެތްކަމުގެ އައްޕަ. ފޭސްބުކް ޒަކަބަގް، ސްކޫލް ޑްރޮޕް އައުޓް. ކިޔަވަން ކަންނެތް.
ދިރާސާތައް ބައްލަވާ އަދި. މިނެ ކިރާލައްވާ!