ނިންޖަކީ ކޮންމެ އިންސާނަކަށްމެ ކޮންމެހެންވެސް ބޭނުންވާ ކަމެކެވެ. އަދި އިންސާނަކު އެންމެ ރަނގަޅަށް ހެލިފެލިވެ އުޅުމަށް ހަމަ ނިދި ލިބުމަކީ މުޙިންމު ކަމަކެވެ. މީގެ އިތުރުން މަސައްކަތުގެ މާޙައުލިގައި އެންމެ ރަނގަޅު މަސައްކަތް ދައްކާލުމަށްވެސް ނިންޖަކީ އެހާމެ ބޭނުންތެރި އެއްޗެކެވެ.

ޖަޕާނުގެ ކައިވެނީގެ ކަންތައްތައް ކުރާ ކުންފުންޏަކުން މިވަނީ ނިދި ހަމަކުރާ މުވައްޒިފުންނަށް ޚާއްސަ އިނާޔަތެއް ދިނުމެއް ނިންމާފައެވެ. ކްރެޒީ ކޯޕަރޭޝަން ނަމަކަށް ކިޔާ ކުންފުންޏެއްގެ ވެރިޔާ ކަޒޫކީ މޮރިޔާ ބުނެފައިވަނީ ނިންޖަކީ މުހިންމު އެއްޗެއް ކަމަށާއި ނަމަވެސް ކުންފުނި ތަކުގައި މަސައްކަތް ކުރާ މުވައްޒިފުން ނިންޖަކީ އެހާ މުހިންމު އެއްޗެއް ކަމަށް ބަލައިނުގެނަން ކަމަށެވެ.

"މިހެންވެ، އަހަރެމެން މިވިސްނީ ހަފްތާއެއްގެ ފަސް ދުވަހު މަދުވެގެން ހަ ގަޑިއިރު ނިދާ ކޮންމެ މުވައްޒަފަކަށް ޚާއްސަ އިނާޔަތެއް ދޭން. މި އިނާޔަތް ތައާރަފް ކުރީ މުވައްޒަފުން މިކަމަށް އަހުލުވެރި ކުރުވަން،" ކަޒޫކީ ބުންޏެވެ.

ކްރެޒީ ކުންފުނީގައި 1000 އަށްވުރެ ގިނަ މުވައްޒިފުން މަސައްކަތް ކުރަމުން ދާއިރު، މި ކުންފުނީގައި މަސައްކަތް ކުރާ މުވައްފުންގެ ތެރެއިން ހަފްތާއަކު ފަސް ދުވަހު ހަ ގަޑިއިރުގެ ނިދި ހަމަ ކުރާނަމަ ޚާއްސަ ޕޮއިންޓްތަކެއް ދެވިގެން ދެއެވެ. އަދި މި ޕޮއިންޓްތަކުގެ އެހީގައި އޮފީހުގައި ހުންނަ ކެފެޓީރިޔާއިން ހިލޭ ކެއުން ލިބެއެވެ.

ކްރެޒީ ކުންފުނީގައި މަސައްކަތް ކުރާ މުވައްޒަފުން ނިދާ އިރު ބަލަނީ ޚާއްސަ ބާލީހެއް ބޭނުން ކޮށްގެނެވެ. ކަޒޫކީ ބުނެފައިވަނީ ނިންޖަކީ މުހިންމު އެއްޗެއް ކަމަށާއި މިކަމުގެ ސަބަބުން ކުންފުނީގެ ޕްރޮޑަކްޓިވިޓީ އަރައިގެން ދާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު