ދުނިޔޭގެ އެންމެ ރީތި ރާނީ ހޮވުމުގެ މުބާރާތް، މިސް ވޯލްޑަކީ ކޮންމެ އަހަރެއްގައިވެސް އެތައް ބައެއްގެ ސަމާލުކަން ލިބިގެންދާ މުބާރާތެކެވެ. މި މުބާރާތައް ކުރިމަތިލާ ފަރާތްތަކުން މިސްވޯލްޑުގެ ތާޖު އެޅުމަށް އެތައް މަސައްކަތެއް ކުރާއިރު، އެހައި ހިސާބަށް ދިއުމަށް ރަނގަޅު ތައުލީމީ ފެންވަރެއް ހުރުމަކީވެސް މުޙިންމު ކަމެކެވެ. ނަމަވެސް ބަންގަލަދޭޝުން މި މަޤާމަށް މިއަހަރު ކުރިމަތިލީ މީހަކަށް މިވަނީ ހިތުން ނުފިލާވަރުގެ ލަދަކާއި ކުރިމަތިވެފައެވެ.

އެތައް ހާސް ބައެއްގެ ކުރިމަތީގައި ކުރިއަށްގެންދިޔަ ކުއިޒެއްގައި ކުރިމަތި ކުރުވި އާދައިގެ ސުވާލަކަށް އެ އަންހެން މީހާއަށް ޖަވާބު ނުދެވުމުން މިހާރު އޭނާ މިސް ވޯލްޑު ހޮވުމުގެ ބޮޑު މުބާރާތާއި ހަމަޔަށް ދިއުމުގެ ފުރުސަތުވެސް ވަނީ ކުޑަވެގެން ގޮސްފައެވެ.

ކޮންޓެސްޓުންގެ "އިންޓެލިޖެންސް" ބެލުމަށް ކުރިޔަށް ގެންދިޔަ އެ ކުއިޒް ލައިވް ޓީވީންވެސް އެތައް ބަޔަކު ބަލަމުންދިޔައިރު، އެ އަންހެން މީހާ އާއި ކުރެވުނު ސުވާލަކީ "އެޗްޓޫއޯ" އަކީ ކޮން އެއްޗެއްކަން ބުނެދިނުމެވެ. އެ ސުވާލު ކުރުމާއި އެކު ވިސްނަން ވަގުތުކޮޅެއް ވަންދެން ހުރުމަށްފަހު އަލުން ސުވާލު ތަކުރާރުކުރުމަށް އޭނާ ވަނީ އެދިފައެވެ. ދެވަނަ ފަހަރަށްވެސް މި ސުވާލު ކުރުމުން އޭނާ ބުނެފައިވަނީ އެޗްޓޫއޯގެ މާނައަކީ ރެސްޓޯރެންޓު ކަމަށެވެ.

އެއާއެކު އެ ކޮންޓެސްޓުގައި ސުވާލުކުރަން ހުރި ފަރާތުން ވަނީ އޭނާއަށް އެބަހުގެ މާނަ ތަފްސީލުކޮށް ކިޔައިދީފައެވެ. އެގޮތުން އެޗްޓޫއޯއަކީ ފެނަށް ކިޔޭ ސައިންޓިފިކް ނަން ކަމުގައި އާއި، އެ ނަމުން ފެނުގައި ހިމެނޭ މާއްދާތައް އެނގޭކަމަށް އޭނާ ވަނީ ބުނެފައެވެ.

ނަމަވެސް އެ އަންހެން މީހާ ވަނީ އޭނާ އެ ސުވާލަށް ދިން ޖަވާބު ދިފާޢުކުރުމަށް ވާހަކަ ދައްކާފައެވެ. އެގޮތުން ބަންގްލަދޭޝްގެ ޑާކާގައި އެޗްޓޫއޯ ނަމަކަށް ކިޔާ ރެސްޓޯރެންޓެއް ހުންނަ ކަމުގައި އާއި، އޭނާ އެބަހުގެ މާނަ ދިނީ އެ ރެސްޓޯރެންޓަށް ނިސްބަތްކޮށްކަމަށް ވަނީ ބުނެފައެވެ.

މިސްވޯލްޑުގެ މަޤާމަށް ބަންގްލަދޭޝުން ކުރިމަތިލުމަށް ތައްޔާރުވަމުން ދިޔަ އެ އަންހެން މީހާގެ ވާހަކަތަކާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުން މިހާރު އޭނާއަށް އަމާޒުވެފައިވާއިރު، އެފަރާތްތަކުން ބުނެފައިވަނީ، ގްރޭޑު ހަތަރެއްގެ ފެންވަރު ނެތި ދުނިޔޭގެ އެންމެ ބޮޑު އެއް މުބާރާތުގައި ބައިވެރިވުމަށް ކުރިމަތިލުމަކީ ލަދުވެތިކަމެއް ކަމަށެވެ. މި މަންޒަރު ފެންނަ ވީޑިއޯތައް މިހާރު ދަނީ މީޑިއާގައި ދައުރުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ނަން

    ދިވެހިރާއްޖޭގައި މިތިބަ ގިނަ ޝޭޚުންނަށް ވެސް ނޭނގޭނެ އެޗްޓޫއޯ އަކީ ކޯއްޗެއް ކަމެއް. އެކަމަކު އަހަރެމެން ދިރިއުޅެން ޖެހެނީ އެމީހުން ދައްކާ މަގުން

    • މޮޔަނަން

      ދިވެހި ރާއްޖޭގައި އުޅޭ ޝޭޚުންނޭ ކިޔައިގެން މޮޅު ވާހަކަ ދައްކާ ގިނަ މީހުންނަށް ނޭނގޭ ޝޭޚުގެ މާނަ ވެސް އަދި އެ ލަގަބު ލިބެނީ ކިހާ ފެންވަރަކަށް ކިޔަވައިގެން ކަންވެސް،
      މިވަރުންވެސްވޭ ޝޭޚުންނޭ ކިޔައިން އަނގަތަޅަން

    • ?

      ޝޭހުންނޭކިޔައިގެން މޮޅެތި ވާހަކަދައްކާއިރު ސުވަރުގެ ދެވެނީ އެޗްޓޫއޯ އިގިގެންތަ.

    • ޝޭލު ފެޅި

      ކައެ ޝޭހުން ގެ ވާހަކަ ދައްކާ އިރު ނަމާދަކަށް މިއިން ދުވަހަކު އެރިންތަ ަ

      • ކޮންމެވެސް މީހެއް

        އޭ ތީ މުސްލިމެްތަ ނޫނީ ޔަހޫދީއެއްތަ.. މަށަށް ހީވަނީ ޔަހޫދީއެއްހެން

  2. ތާރީޚް

    ތިއީ އެހާ ހައިރާންވާންވީކަމެެއްނޫނެވެ. މައުމޫންގެ ވެރިކަމުގައި ވަރަށް ދިގުމުއްދަތެއްގައި ލޭބަރ މިނިސްޓަރކަން ކުރެއްވި ބޭފުޅަކާއި ޓީވީ މޯލްޑިވްސް އިން ކުރި އިންޓަވިއުއެއްގައި ބަނޑުގެ މެދުގައި އޮންނަނީ ކޯއްޗެއްތޯ ސުވާލުކުރުމުން ޖަވާބުދޭކަށް ނޭގުނެވެ. ޕްރެޒެންޓަރ އެއީ ހުސްނޫނު (ނ) ކަމުގައި ބުންޏެވެ. ޢަދި ދެވަނައަށްވެސް އެކަހަލަ ސުވާލެއް އައިކިއު ލެވެލް ޓެސްޓްކުރުމަށްކުރިއެވެ. ޢެ ސުވާލަށްވެސް ޖަވާބެއްނުދެވުނެވެ. މިޒަމާނުގައިނަމަ ސޯޝަލް މީޑިއާގައި އެވާހަކަ ވަރަށް ގަދަޔަށް އޮންނާނެއެވެ. މިދެއްކީ ގައުމެއްގެ މިނިސްޓަރެއްގެ ވާހަކައެވެ.

  3. ހަމަ

    ޢިލްމީ އިޞްޠިލާޙުތަކަކީ އެދާއިރާއަކުން އުނގެނިފައި ތިބޭ ބަޔަކަށް ނޫނީ ގިނަފަހަރު ނޭނގޭނެ މަޢުލޫމާތުތަކެއް. ހުރިހާ އިންސާނުންވެސް އުފަންވަނީ ޖާހިލުންގެ ގޮތުގައި، މީހަކަށް އެއްޗެއް ނޭނގުން، އެއީ އެމީހަކަށް ފުރައްސާރަ ކުރަންޖެހޭކަމެއް ނޫން. ކަމަކާ ޙަވާލުވެހުންނަ މީހަކަށް އޭނާގެ ދާއިރާގެ ކަންކަން ނޭނގުން އެއީ މައްސަލައެއް. މިސާލަކަށް: ޢިމާރާތެއްކުރާއިރު ރާނާ މީހާއަށް އެޗު.ޓޫ.އޯ ނޭނގުން އެއީ މައްސަލައެއް ނޫން، އެކަމަކު އޭނައަށް ބުނާވަރަށް ފެން އަޅައިގެން ސިމެންތިގަނޑު ގަށާ ރީއްޗަށް އޮމާންކޮށް ރާނަން އެނގޭނަމަ އޭނާއަށް އޭނާގެ މަސައްކަތް އެނގިފައެހެރީ. އެހެންނަމަވެސް އެޗު.ޓޫ.އޯ ނޭނގޭ މީހުން ޢިމާރާތްކުރާ ގޯތިގެދޮރުގައި އަހަރަމެން އެންމެވެސް މި އުޅެނީ.
    ޝައިޚުން، ޢިލްމުގެ އަހުލުވެރިން، ދާޢީން ކިޔަވައިގެން ތިބީ ދީން އަދި އެމީހުން މީސްތަކުންނަށް ކިޔާދެނީ ދީނުގެ ޙުކުމްތައް. ދީނަކީ މީހާގެ މުޅި ދިރިއުޅުމުގެ މަންހަޖު ބިނާކުރާ "ސަމުގާ". ދިރިއުޅުމުގެ ހުރިހާކަމެއް ވާންޖެހޭނީ ދީނުގެ ވާފަށުން ބަނދެވިފައިވާކަމަކަށް، ޝައިޚުން ދައްކަގޮތަށް (ޞައްޙަ ދަލީލުގެ މައްޗަށް) ދިރިއުޅުމުގެ ކަންކަން ބިނާކުރުން މުހިއްމީ އެހެންވެ. ޝައިޚުންނަށް އެނގުން މުހިއްމީ ޙަލާލު ޙަރާމުގެ ތަފާތު، އެޗު.ޓޫ.އޯ އާއި ސީ.އޯ.ޓޫގެ ތަފާތެއް ނޫން.

    • ރަގަޅު

      ރަނގަޅު ވާހަކަ ކޮޅެއް. ނަމަވެސް އިންސާނާ އުފަންވަނީ ފިތުރަތުގެ ސާފުކަން މަތީ. އޭނާ މަޖޫސީ އަކަށްް ނުވަތަ ޖާހިލަކަށް ވެސް ހަދަނީ އޭނާގެ މައިންބަފައިން.

      • ޑޮންޑޮން

        ޖާހިލުކަމުގެ މާނައަކީ ތަންެދޮރު ނޭނގުން.

        • ޯޮޮޮޮޮޮœ
  4. ހަމަ

    އިންސާނާ އުފަންވަނީ އެއްވެސް އެއްޗެއް ނޭނގޭ މީހެއްގެ ގޮތުގައި...މިއީ ޤުރުއާނާއި ޙަދީޘުގައި އެކަން ވާރިދުވެފައިވާ ގޮތް.

    ޙަދީޘުގައި އޮންނަނީ ޔަހޫދީއަކަށް ނުވަތަ މަޖޫސީއަކަށް ނުވަތަ ނަޞާރާއަކަށް..."ޖާހިލަކަށް" ނޫން.

    އެގޮތަށް އެވާހާކަ އޮންނަނީ އިންސާނާއަށް ހެޔޮ ނުބައި އަކީ ދަސްކޮސްދޭން ޖެހޭ އެއްޗަކަށް ވާތީ. ދީންވެސް ދުނިޔެވެސް. ފިޠުރަތުގެ ސާފުކަމުގެ މާނައަކީ ކުއްޖާއަށް ދީނާއި ދުނިޔެ ރަނގަޅަށް އެނގުމެއް ނޫން...ނަމަވެސް ކުށެއް ނެތް މައުސޫމުކަމާއި ހެޔޮކަންކަމަށް ލޯބިކުރަނެކަމާއި ނުބައި ކަންކަމަށް ނަފުރަތު ކުރާނެކަމާއި އަދި އެއްކައުވަންތަކަން ފަސޭހައި ވިސްނާ ދެވޭނެކަން