ޒަމާނަށް އަންނަ ބަދަލުތަކަށް ބަލާއިރު ކުރިއަށް އޮތް ދެތިން އަހަރެއްގެ ތެރޭގައި ގޭގެ ކޮޓަރީގައި އިނދެ، އިންޓަނެޓް މެދުވެރިކޮށް ކުދިން ތައުލީމް ހާސިލް ކުރަން ފެށުން އެއީ ވަރަށް އެކަށީގެންވާ ކަމެކެވެ. ކުދިން ސްކޫލަށް ކޮންމެ ދުވަހަކު ދިއުން އެއީ ކުރަން ފަސޭހަ ކަމެއް ނޫނެވެ.

ގޭގެ ނިދާ ކޮޓަރިއާއި ހަމައަށް ސްކޫލް ނުގެނެވުނު ނަމަވެސް އަވައްޓެރި އިންޑިއާގައި މިވަނީ ކުދިން ސްކޫލަށް ދިއުމުގެ ބަދަލުގައި ސްކޫލް ކުދިން ކައިރިއަށް އަންނަ ތަފާތު މަޝްރޫޢުއެއް ފަށާފައެވެ.

"މޯބައިލް ސްކޫލް" ގެ ނަމުން ނަންދީގެން ކުރިއަށްގެންދާ މިމަޝްރޫޢު އަށް ކުރިއަށް އޮތް ދެއަހަރު ތެރޭގައި 697.25 މިލިއަން ޑޮލަރު ޚަރަދު ކުރުމަށް ވަނީ ނިންމާފައެވެ. މިމަޝްރޫޢުގެ ދަށުން މީހުން އުފުލުމަށް ބޭނުން ކުރާ ބަސްތައް ކްލާސް ރޫމްތަކަށް ބަދަލު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ކިޔަވައި ދިނުމަށް ބޭނުންވާ ހުރިހާ ވަސީލަތެއް އެބަސްތަކުގައި ގާއިމް ކުރާނެއެވެ.

ސްކޫލަށް ކުދިން ދިއުމުގެ ބަދަލުތައި މިބަސްތައް ކުދިން އުޅޭ ކުދިކުދި އަވަށްތަކަށް ދަތުރު ކުރާނެއެވެ. އަދި އެވަހަކަށް ރަޖިސްޓްރީ ވެފައިވާ ކުދިންނަށް ކޮންމެ ދުވަހަކު ވެސް ކިޔަވައިދެމުން ގެންދާނެއެވެ.

މިއީ އިންޑިއާގެ ކޮންމެ ކުއްޖަކަށް ވެސް އެންމެ ކުޑަމިނުން ޕްރައިމަރީ ތައުލީމް ފޯރުކޮށްދިނުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށް ކަނޑައަޅާ 2009 ވަނަ އަހަރު އެގައުމުގައި ފާސްކޮށްފައިވާ ޤާނޫނެއް ތަންފީޒު ކުރުމަށްޓަކައި ހިންގާ މަޝްރޫޢުއެކެވެ.

ކަރުނާޓަކާގެ ސަރަހައްދީ ސަރުކާރުން އުއްމީދު ކުރާ ގޮތުގައި މިމަޝްރޫޢުގެ ސަބަބުން ގިނަ އަދަދެއްގެ ކުދިންނަށް ތައުލީމް އުގެނުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކެޔޮޅު

    ބަސްތަކުގައި ކުދިން ރޭޕް ނުކޮއްފިއްޔާ ރަނގަޅު ދެއްތޯ؟

  2. ާފެކްޓް ގޯޑް

    2019/2020- އިންޑިއާގައި ދަތުރުކުރަމުން ދިއަ "މޯބައިލް ސުކޫލް" ބަހެއް ފުރޮޅާލައިފި...

  3. ޑިމޮކްރަސީ

    ބަސްތަކުގަ ދެން މައިގަޑު ކަމަކަށް އޮންނާނީ ރޭޕްކުރުން