ގިނަބައެއްގެ ސަލާމުކަން ލިބުނު އެއް ސީރިޒް ކަމުގައި "ފްރެންޑްސް" ގައި ރޮސް ގެ ނަމުން މަޝްހޫރުކަން ހޯދާފައިވާ ޑޭވިޑް ޝްވިމާއާ ވައްތަރު މީހަކު ވައްކަންކޮށްގެން އޭނާ ހޯދުމުގެ މަސައްކަތް އިނގިރޭސި ފުލުހުން ކުރުމަށް މީސް މީޑިއާގައި ވީޑިޔޯ އެއް ހިއްސާކުރިއެވެ.
އެ ވީޑިޔޯ އިން ފެންނަ މީހާ އާއި ޝްވިމާއާ ވަރަށް ވައްތަރެވެ. އެހެން ނަމަވެސް ޝްވިމާ ވަނީ އެއީ އޭނާ ނޫންކަމަށް ބުނެ މީސް މީޑިއާގައި އެކަން ހާމަކޮށްފައެވެ.
އެ ވީޑިއޯއިން ފެންނަ މީހާ ވައްކަންކޮށްފައި ވަނީ ގްރޮސެރީ ސްޓޯރަކުންނެވެ. ބިއަރު ދަޅުތަކެއް ވަަގަށް ނެގި އެ މީހާ ހޯދުމަށް ފުލުހުން ވީޑިއޯ އާއްމުކުރިއިރު، ޝްވިމާ ބުނީ، އެއީ އޭނާ ނޫން ކަމަށާއި އެ މީހާ އަވަހަށް ހޯދޭނެކަމަށް އުއްމީދު ކަމަށެވެ. ޝްވިމާ ބުނިގޮތުގައި އޭނާ މިވަގުތު ހުރީ ނިއުޔޯކްގައެވެ. އަދި އެކަން ކަށަވަރު ކުުރުމުގެ ގޮތުން އޭނާ ވަނީ އެމެރިކާގެ ފިހާރައެއްގައި ހުރެފައި ފޮޓޯވެސް އާއްމުކޮށްފައެވެ.
ޝްވިމާ ޓްވިޓާ މެދުވެރިކޮށް އެއީ އޭނާ ނޫންކަމަށް ކުރި ޕޯސްޓަަށް ފުލުހުންގެ ޓީމުންވެސް ވަނީ ޖަވާބުދީފައެވެ.
އިނގިރޭސިވިލާތުގެ ބްލެކްޕޫލްގައި ހުންނަ ފިހާރައަކުން މިދިޔަ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު ވައްކަން ކުރި އެ މީހާ ހޯދުމަށް ފުލުހުން ކުރަމުންދިޔަ މަސައްކަތުގެ ތެރެއިން އެ ވީޑިއޯ އާއްމުކުރިއިރު، ފުލުހުން ވަނީ އެއީ ޝްވިމާ ނޫންކަމަށްވެސް ބުނެފައެވެ.
ދެޓްސް ނޮޓް މީ އަޅެ!!!