މިއީ ކޮންމެ ހަފްތާއެއްގައި އެއް ދުވަހު ވައްކަން ކުރާ މީހެކެވެ. އެގޮތަށް ވަކި ދުވަހެއް ކަނޑައަޅައިގެން ވައްކަން ކުރަމުންދާތާ މާގިނަ ދުވަހެއް ނުވެ އޭނާ އާއިއެކު ވައްކަމުގައި އުޅޭ އެހެން މީހަކު ހައްޔަރުކުރިއެވެ.

ވައްކަން ކުރުމަކީ އިންޑިއާގައި ވެސް ވަރަށް އާއްމު ކަމެކެވެ. ކޮންމެ ހަފްތާއަކު ވަކި ދުވަހަކާއި ވަކި ވަގުތެއް ކަނޑައަޅާއިގެން ވައްކަން ކުރަމުންދާ މި މީހާ އެގަޑީގައި ވައްކަން ކުރަނީ އޭނާގެ ލޮލުގެ ފެނުން ގޯސްވެފައި ހުރުމުންނެވެ. އޭނާ ވައްކަން ކުރަނީ ކޮންމެ އަންގާރަ ދުވަހެއްގެ މަންދުރު ވަގުތުގައެވެ.

މުހައްމަދު ސަމީރު އާއި އޭނާގެ ރަހުމަތްތެރިޔާ މުހައްމަދު ޝޮއިބް އިންޑިއާގެ އެކި އަވަށްތަކުން ވައްކަން ކުރުމުގައި އެތައް ދުވަހެއް ހޭދަކޮށްފައިވާއިރު، މި ދެ މީހުންނަކީ ޖަލުން ދިމާވެގެން ރަހުމަތްތެރިވި ދެ މީހެކެވެ.

އަދި އޭގެ ފަހުން އެކުގައި ވައްކަން ކުރުމުގެ މިޝަންތައް ކުރިއަށް ގެންދެއެވެ. މި ދެ މީހުން ހައްޔަރުކޮށްފައި ވަނީ، އަންގާރަ ދުވަހަށް ވައްކަން ކުރުމަށް ޕްލޭންތައް ހަދަމުން ދަނިކޮށް މިދިޔަ ހޯމަ ދުވަހުއެވެ.

ފުލުހުން ބުނީ، ހައްޔަރުކުރި މީހުންގެ އަތުން 700 ގްރާމް ރަންވެސް ހޯދާފައިވާކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު