ސްމާޓް ފޯން ބޭނުން ކުރާ މީހުންގެ މިންވަރު އިންތިހާއަށް އިތުރުވެއްޖެއެވެ. އެއަށް ދެވި ހިފައި އަބަދު އެއާ ކުޅުމުގައި އުޅޭ މީހުންވެސް މަދެއް ނޫނެވެ. އެގޮތަށް އުޅެމުންދާ މީހަކަށް ހިތުން ނުފިލާނެ ވަރުގެ ލަނޑެއް މި ވަނީ ލިބިފައެވެ.
ޗައިނާއަށް ނިސްބަތްވާ އަންހެނަކަށް އެ ލިބުނު ލަނޑުގެ ސަބަބުން މިހާރު އޭނާއަށް ދެން ފޯނާއި ނުކުޅެވޭނެއެވެ. އޭނާ ފޯނާއި ކުޅުމުގައި ހޭދަކުރީ ހަފްތާއެއްހާ ދުވަހެވެ. ގާތްގަނޑަކަށް އެއްވެސް ވަރަކަށް މަޑު ޖެހުމެއް ނެތި އަބަދުވެސް ފޯނާއި ކުޅުމުގައި އޭނާ އުޅުނީއެވެ.
އެކަމުގެ ސަބަބުން އޭނާގެ އިނގިލިތައް މިހާރު މަސައްކަތެއް ނުކުރެއެވެ. ޑޮކްޓަރުންނާއި ހަވާލާދީ ނޫސްތައް ބުނާގޮތުގައި، އެ މީހާގެ އިނގިލިތައް ވަނީ ޕެރެލައިޒްވެފައެވެ.
އަދި ނޫސްތައް ބުނާގޮތުގައި، އެ އަންހެން މީހާ މަސައްކަތުންވެސް ދުރުވެ ގޮސް އުޅުނީ ފޯނާއި ކުޅުމުގައެވެ. އޭނާ ހަފްތާއެއްހާ ދުވަސް ވަންދެން ނެގި އެ ޗުއްޓީގައި އިތުުރު އެއްވެސް ކަމެއް ނުކޮށް ފޯނާއި ކުޅެން އުޅުމުގެ ތެރޭގައި ކުއްލިއަކަށް އިނގިލިތަކުގައި ރިއްސައިގެން އުޅުނީއެވެ. އަދި އޭގެ ފަހުން އޭނާގެ އިނގިލިތައް މަަސައްކަތް ވެސް ނުކުރިއެވެ.
ޑޮކްޓަރުން ބުނީ އެގޮތަށް އޭނާ އިނގިލިތަކަށް ދިމާވީ ކޮންމެ ދުވަހަކުވެސް އެއް ކަމަކަށް އިނގިލިތައް އެގޮތަށް ބޭނުން ކުރާތި ކަމަށެވެ.
ތޭންކްސް
ތޭންކްސް ވަގުތު
މާގިނައިރު ކޮމްޕިއުޓާގެ މައުސް މަތީގައި އަތްބާއްވައިގެން އުޅޭތީ އަހުރެންގެ އިނގިލިތައް އައްސިވާގޮތްވި. އެހެންވެގެން ދޭތެރެދޭތެރެއިން އަތުގެ އިނގިލިތަކަށް ރެސްޓްދީ، ކަސްރަތުކޮށްލީމާ، މިހާރު އެމައްސަލަ ރަނގަޅުވެއްޖެ އަލްޙަމްދު ލިﷲ