ދުނިޔެ ހިމެނޭ ސޫރުދަ ނިޒާމުގެ ތެރޭގައި އުފެދުނު ބިޔަ އާވީގެ ތޫފާނެއް (ސޯލާ ސްޓޯމްއެއް) ގެ އަޑު ފުރަތަމަ ފަހަރަށް ރެކޯޑުކޮށްފިއެވެ.
އެގޮތުން ދުނިޔޭގެ ވައިގެ ފަށަލަތަކުން ބޭރުގައި ދައުރުވަމުންދާ ސެޓެލައިޓް ތަކާއި، ސޫރުދަ ނިޒާމުގެ ކަންކަން ބަލައި މޮނީޓާ ކުރުމަށް ދުނިޔޭގައި ޤާއިމްކޮށްފައިވާ ބާރުގަދަ ސްޓޭޝަންތައް މެދުވެރިކޮށް، ދާދި ފަހުން އުފެދުނު މި ތޫފާނުގެ ސަބަބުން އުފެދުނު އަޑު ވަނީ ރެކޯޑުކޮށް ޢާންމުކޮށްފައެވެ.
މި ތޫފާނަކީ އިރުން އުފުދޭ އާވީގެ ތޫފާނެކެވެ. ދިރުންތަކަށް ނުރައްކާ ކުރިމަތިކުރުވާފަދަ ބާރުގަދަ ރޭޑިއޭޝަންތައް އިރުން ބޭރުކޮށްލުމުން އުފެދުނު މި ތޫފާނަކީ ޖިއޯމެޓްރިކް ގްރޭޑް އެކެއްގެ ތޫފާނެއް ކަމަށްވާއިރު، ރެކޯޑުކޮށްފައިވާ އަޑަކީ ތޫފާނުގެ އަސަރު ދުނިޔޭގެ ބިމަށް ދަމާ ބާރު ނުވަތަ ގްރެވިޓީ އާއި ދުނިޔެ ރައްކާތެރިކޮށްދޭ ފަށަލަތަކާއި ހަމައަށް ވާސިލުވި ވަގުތު ރެކޯޑުކޮށްފައިވާ އަޑެއް ކަމަށް ވެއެވެ.
ސޯލާ ސްޓޯމްތަކަކީ ޢާންމުކޮށްވެސް އިރުން އުފެދޭ ތޫފާންތަކެކެވެ. މި ތޫފާންތަކުގެ ސަބަބުން ބައެއް ހާލަތްތަކުގައި ދުނިޔޭގެ މޫސުމަށް ބަދަލު އައުމާއި އެކު ނުރައްކާތެރި ރޭޑިއޭޝަންގެ އަސަރު ދުނިޔެ ހިމެނޭ ސަރަޙައްދަށް ކޮންމެވެސް ވަރަކަށް ކުރެއެވެ. ނަމަވެސް މިހާތަނަށް އާވީގެ ތޫފާނެއްގެ ސަބަބުން ދުނިޔެއަށް ބޮޑު ނުރައްކަލެއް ކުރިމަތިވި ކަމެއް ނޭނގެއެވެ.
މިއީ 2007 ވަނަ އަހަރު ފަހުން ދުނިޔެ އާއި ދިމާލަށް މިސްރާބު ހުރި އެންމެ ބޮޑު އެއް އާވީގެ ތޫފާން ކަމަށް ވެއެވެ. ތަޖުރިބާކާރުން މި ތޫފާނުގެ އަޑު ރެކޯޑު ކޮށްފައިވަނީ، ގިނަ ދުވަސްތަކެއް ވަންދެން ރެކޯޑުކުރި އަޑުތައް އެއްކޮށްގެން ކަމަށް އެފަރާތްތަކުން ބުނެއެވެ.
ހެހޭ:ތިއޮތި ކޮކްޓެެއިލް ހަދާފަ!
ސައިންސް ވެރިންގެ ފޭކް ގަބޫލެއް ނުކުރަން.
އިބު ބުންޏެއްނުން ދުނިޔެއިން ބޭރުން ޒުވާނުންނަށް ތަޢލީމު ދޭވާހަކަ އެކުދިން އޭތި ރިކޯޑު ކުރީނުން