ގެއެއްގެ ފުރާޅުމަތިން އާދަޔާއި ޚިލާފަށް ބޮޑު، ވިހަ ގަދަ ހަރުފައެއްގެ ހަންގަނޑު ފެނިއްޖެއެވެ.

ދިގުމިނުގައި ވިހި ފޫޓު ހުރި މި ހަރުފަޔަކީ، ހަރުފައިގެ ވައްތަރެއް ކަމަށްވާ ޕައިތޯން އެއްގެ ހަންގަނޑު ކަމަށް މި ހަންގަނޑު ފެނުނު އޮސްޓްރޭލިއާގެ އުތުރު ކުއީންސްލޭންޑުގެ ކަމާއި ބެހޭ އިދާރާތަކުން ބުނެފައި ވެއެވެ.

މި ހަރުފައިގެ ހަންގަނޑު ފެނުނު ގޭގެ ބައެއް މީހުން ބުނެފައިވާގޮތުގައި މިއީ މޮންޓީގެ ނަމުން ނަންދީ އެގޭގެ ސީލިންގު މަތީގައި މީގެ އެތައް އަހަރެއް ކުރިން އެގޭގެ ވެރިމީހާ ބޭއްވި ހަރުފައެއް ކަމަށް ބެލެވޭ ކަމަށެވެ. އަދި އެންމެ ފަހުން އެ ހަރުފަ ފެނުނީ 2015 ވަނަ އަހަރުގައި ކަމަށާއި، ނަމަވެސް މީހަކަށް އެއްވެސް ގެއްލުމެއް ދީފައި ނުވާކަމަށް އެފަރާތްތަކުން ބުނެފައި ވެއެވެ.

މީގެ ކުރިން މި ހަރުފަ ފެނުނު އިރު ނަގާފައިވާ ފޮޓޯތައް އެގޭގައި އުޅޭ ފަރާތްތަކުން ޢާންމުކޮށްފައިވާއިރު، ދާދިފަހުން އެގޭގެ ފުރާޅުމަތިން ފެނުނު ހަރުފައިގެ ހަންގަނޑުން، އެސޮރު ކުރިއާއި އަޅައި ބަލާއިރު ވަރަށް ބޮޑަށް ބޮޑުވެފައިވާކަން އެނގޭކަމަށް އެފަރާތްތަކުން ބުނެއެވެ. އެ ގޭގެ ވެރިފަރާތުން ބުނެފައިވާގޮތުގައި އެ ހަރުފަ ސީލިންގު މަތީގައި މީގެ އަހަރުތަކެއް ކުރީން ބޭއްވީ ސީލިންގު މަތީގައި މީދާ ގިނަވެދާނެ ކަމަށްޓަކައި އެކަން ހުއްޓުވުމަށެވެ.

އެގޭގައި މޮންޓީ ބޭއްވި ފަހުން އިތުރު ހަރުފަތަކެއްވެސް ގިނަވެފައިވާ ކަމަށް ބެލެވިފައިވާއިރު، ހަރުފަތައް ޢާންމުކޮށް މީހުން ދިރިއުޅޭ ބައިތަކަށް ފައިބައި ނުރައްކަލެއް ކުރިމަތި ނުކުރާ ކަމަށް އެގޭގައި އުޅޭ މީހުން ބުނެއެވެ. އަދި މޯންޓީގެ ސަބަބުން މީދަލުގެ އެއްވެސް އުނދަގުލެއް އެގެޔަށް ކުރިމަތިނުދާތާ 40 ވަރަކަށް އަހަރު ވެދާނެ ކަމަށް އެފަރާތްތަކުން ބުނެފައި ވެއެވެ.

މޮންޓީގެ ބިޔަ ހަންގަނޑު އެގޭގެ ފުރާޅުމަތިން ދާދިފަހުން ފެނުނުއިރު، އެ ހަރުފަ ނެގުމުގެ ޚިޔާލެއް ނެތްކަމަށްވެސް އެފަރާތުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޯޮޮޮޮޮޮœ