ޒުވާން އުމުރުން ފަށައިގެން އެތައް ހާސް އަންހެނުންނާއި އެކު ޖިންސީ ގުޅުން ހިންގި ކަމަށް ބުނި އިޓަލީގެ ސިޓީއެއް ކަމަށްވާ ރިމީނީއަށް ނިސްބަތްވާ، މައުރީޒިއޯ ޒަންފަންތީ އުމުރުން 63 އަހަރުގައި މަރުވެއްޖެއެވެ.
ނޫސްތަކުގައި ބުނެފައިވާގޮތުގައި، މައުރީޒިއޯ މަރުވީވެސް، އެ ސިޓީއަށް ދަތުރުކުރި އުމުރުން 23 އަހަރުގެ ފަތުރުވެރިޔަކާއި އެކު ޖިންސީ ގުޅުން ހިންގަން އޮއްވައެވެ. އޭނާ މާރުވާން ދިމާވި ސަބަބެއް އަދި ރަސްމީ ފަރާތަކުން ހާމަކޮށްފައި ނުވާއިރު، މި ހާދިސާ އާއި ގުޅިގެން އޮފިޝަލުން ވަނީ އެވަގުތު އޭނާ އާއި އެކު ހުރި އަންހެން މީހާ ހައްޔަރުކޮށް ސުވާލުކޮށްފައެވެ.
އޮފިޝަލުންނާއި ހަވާލާދީ ބައެއް ފަރާތްތަކުން ބުނެފައިވާގޮތުގައި މައުރީޒިއޯ މަރުވެފައި ވަނީ، އެ އަންހެން މީހާ އާއި އެކު ޖިންސީ ޢަމަލު ހިންގަމުން ދަނިކޮށް ކުއްލިގޮތަކަށް ހާޓް އެޓޭކެއް ޖެހިގެންނެވެ. އޭނާ ވަނީ ހޮސްޕިޓަލާއި ހަމައަށް ނުގެންދެވެނީސް މަރުވެފައި ކަމަށް އެފަރާތްތަކުން ބުނެފައި ވެއެވެ.
ރިމީނީގައި މައުރީޒިއޯ އަކީ ގިނަ ބަޔަކު ދަންނަ މަޝްހޫރު މީހެކެވެ. ގިނަ ޢަދަދެއްގެ އަންހެނުންނާއި އެކު އޭނާ ޖިންސީ އަމަލު ހިންގާފައިވާތީ އެ ސިޓީގެ މީހުންގެ މެދުގައި އޭނާ މަޤުބޫލު ވެފައި އޮންނަނީ، "ރޯމިއޯ އޮފް ރިމީނީ"ގެ ނަމުންނެވެ.
މައުރީޒިއޯ ކުރިން ބުނެފައިވާގޮތުގައި އޭނާ ވަނީ އުމުރުން 60 އަހަރު ވުމާއި ހަމައަށް ހަހާހަށްވުރެ ގިނަ އަންހެނުންނާއި އެކު ޖިންސީ ގުޅުން ހިންގާފައެވެ. އެގޮތުން އެންމެ ފުރަތަމަ އޭނާ އެކަން ފެށީ އުމުރުން 17 އަހަރުގައި 1970 ވަނަ އަހަރުގެ ތެރޭގައި ކަމަށް އޭނާ ބުންޏެވެ. އަދި އަންހެނުންނާއި އެކު އޭނާ ޖިންސީ ގުޅުން ހިންގަނީ ރެކޯޑެއް ހެދުމުގެ މަގުސަދުގައި ކަމަށް އޭނާ ވަނީ ބުނެފައެވެ.
ކައިވެނިން ބޭރުން ގުޅުން ހިންގުން ނުވަތަ ޒިނޭކުރުމަކީ ދީނުގައި ނަހީކޮށްފައިވާ ބޮޑެތި މުންކަރާތްތަކުގެ ތެރޭގައި ހިމެނޭ ނުރައްކާތެރި ކަމެކެވެ. މިކަމަކީ އޭގެ ސަބަބުން ސިއްޙީ އެތައް ނުރައްކަލަކަށް ވެސް ހުށަހެޅިގެންދާ ކަމެކެވެ.
މިހާރު އޮންނާނެ ރަނގަޅައްވެފަ
Ma nethin
އިސްލާމްދީނުގައި ނަހީ ކުރައްވާފާ ވިއަސް އެހެންދީންތަކުގައި ހުއްދަ ކުރެވިފައިވާކަމެއް.
އެހެންދީނެއްގައި ހުއްދަވުމަކީ ﷲގެ ހަސުރަތުގައި ހުއްދަވާނޭކަމެއްނޫން، އެމީހެއްގެ ނިމުން ދެނެވޮޑިގެންވަނީ ﷲ
ހަޢްޤުގެ ދީނަކީ އިސްލާމްދީން. ބާތިލް ދީންތަކަކީ ދެންހުރި ހުރިހާ ދީނެއް. އެ ގެރި ކަލާންގެ ވިޔަސް. އެދީންތަކުގައި ހުއްދަވުމީ ތިބޭފުޅާވެސް އަޅުގަނޑުވެސް ނިސާލެއްނެތި ކުޑަކުޑަ ފެންފޮދަކުން ޚަލްޤުކުރެއްވި ﷲ ތަޢާލާގެ ހަޟްރަތުގައި ޤާބޫލޫކުރެވޭނެކަމެއްނޫން
އެއްވެސް ދީނެގައި ހުއްދަކަމެއް ނޫން. ޤާނޫނުތަކުން ހުއްދަކުރަނީ
ޖާސޫސު އައް ނޭގޭތޯ ދީނަކީ އިސްލާމް ދީންކަން ދެންހުރީ ބާތިލް ދީން ތައްކަމެއް.. ޖާސޫސު މެން އިސްލާހުވެބަލަ..