2400 އަހަރަށް ވުރެ ގިނަ އަހަރު ކުރިން ފެތިފައިވާކަމަށް ބެލެވޭ ގްރީސްގެ ބޯޓެއް ކަޅު ކަނޑުން ފެނިއްޖެއެވެ.

ކަޅު ކަނޑަށް ފެތިފައިވަނިކޮށް އެންގްލޯ-ބަލްގޭރިއަން ޓީމަކަށް ފެނުނު ދިގުމިނުގައި 75 ފޫޓު ހުރި ކަމަށް ބެލެވޭ މި ބޯޓު ފެނުނީ ކަޅު ކަނޑުގެ 2 ކިލޯ މީޓަރު އަޑިން އެވެ. މި ބޯޓު ހޯދާފައިވަނީ އެންގްލޯ ބަލްގޭރިއަންގެ އެކްސްޕެޑިޝަން ޓީމަކަށެވެ.

މި ބޯޓު ފެނުނު އިރު ބޯޓު އޮތީ އެހާބޮޑަށް ހަލާކުނުވެއެވެ. އަދި މިއީ މިހާތަނަށް ފެނުނު އެންމެ ގިނަ ދުވަސްވީ ބޯޓަށް ވަނީ ވެފައެވެ. ބޯޓު ފެނުނު އިރު ބޯޓުގެ ހުންގާނުގެ އިތުރުން ހިފާ ގެންގުޅުނު ބައެއް ސަމާނުވެސް ވަނީ ފެނިފައެވެ.

އެތައް ސަތޭކަ އަހަރެއް ކުރިން ފެތުނު މި ބޯޓުގެ ބައިތައް ވަކިނުވެ އޮތުމުގެ އެއް ސަބަބަކީ، މި ސަރަހައްދުގެ ފެންގަނޑުގައި އޮކްސިޖަން އެކުލެވިފައި ނުވުން ކަމަށްވެއެވެ.

ބޯޓު ހޯދުމުގެ އެކްސްޕެޑިޝަންގައި ބައިވެރިވި ހެލަން ފާރް ބުނީ، އެ ބޯޓު އޮތް ސަރަހައްދަކީ ވަރަށް އާދަޔާ ހިލާފު ގޮތަކަށް އޮތް ސަރަހައްދެއްގެ ގޮތުގައި ސިފަވާ ކަމަށެވެ.

ބޯޓު ހޯދުމުގެ އެކްސްޕެޑިޝަންގައި ބައިވެރިވި ޓީމުން ވަނީ މީގެ އެތަށް ސަތޭކަ އަހަރު ކުރިން ފެތުނު 60 އަށް ވުރެން ގިނަ ބޯޓު މީގެ ކުރިން ހޯދާފައެވެ. މި ޓީމުން ވަނީ ކަޅު ކަނޑުގެ ބޮޑު ސަރަހައްދެއް މިހާތަކަށް ދިރާސާކޮއްފައެވެ.

ޔޫރަޕްގެ ގިނަ ގައުމުތަށް ވަށައިގެން 400 ސްކިއުއާ ކިލޯމީޓަރަށް އޮންނަ ކަޅު ކަނޑަކީ ތާރީހާއި ގުޅިފައިވާ ކަނޑެކެވެ. މި ކަނޑުގެ ފުންމިނުގައި 2000 މީޓަރު ހުންނަ ކަމަށް ރިކޯޑް ކުރެވިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހަހަ....

    ކިހިންއް އެނގެނީ އެހާ ދުވަސް ވެފަ ކަމެއް އެ ބޯޓަށް...

    • ލޮލް

      ކާބަން ޑޭޓިންގް ކިޔާ ޓެކްނިކްއެއް ބޭނުން ކޮށްގެން ހޯދިދާނެ.... މީ ޓެކްނޮލޮގީގެ ޒަމާނޭ...