އެތައް ބައެެއްގެ ހިތްތައް ފަތަހަ ކުރަމުން އަންނަ ބަތަލާ ޕްރިޔަންކާ ހަމައެކަނި މަޝްހޫރީ ނޫނެވެ. އުމުރުން އެންމެ 17 އަހަރުގައި ދުނިޔޭގެ ރީތީގެ ރާނީގެ ލަގަބް ލިބި ބޮލީވުޑް ފަތަހަ ކުރުމަށްފަހު މިހާރު މިސްރާބް ޖަހާފައި އެ ހުރީ ހޮލީވުޑް ފަތަހަ ކުރުމަށެވެ. އެކަން ވަރަށް ރަނގަޅަށް ކުރިއަށް އެބަދެއެވެ.

ވަރަށް ފަހުން ޕްރިޔަންކާ ދިން އިންޓަވިއުއެއްގައި އޭނާ ވަނީ ވަރަށް ބޮޑަށް އޭނާގެ ދިރިއުޅުމާއި ބެހޭ ގޮތުން ވާހަކަދައްކާފައެވެ. އެގޮތުން އޭނާ ބުނީ، މީގެ ދުވަސްކޮޅެއް ކުރިން ލޯބިވެރިޔަކު ގެންގުޅުނު ކަމަށާއި ނަމަވެސް މިހާރު ސިންގަލް ކަމަށެވެ.

އަދި ޕްރިޔަންކާ ބުނިގޮތުގައި، އަބަދުވެސް އޭނާ ކައިވެނިކޮށްގެން ދިރިއުޅުމެއް އުޅެން ބޭނުންވާ ކަަމަށެވެ. އަދި އެންމެ 12 އަހަރުން ފެށިގެން އެ ހިޔާލު ހުންނަކަމަށްވެސް އޭނާ ބުންޏެވެ. އަދި ސްކޫލްތަކުގައި އޮންނަ ހަރަކާތްތަކުގައި ވެސް އަބަދުވެސް ބޭނުންވަނީ "ބްރައިޑް" ގެ ގޮތުގައި ހުންނަން ކަމަށްވެސް ޕްރިޔަންކާ ބުންޏެވެ.

އިތުރަށް ޕްރިޔަންކާ ބުނިގޮތުގައި، އޭނާ އަބަދުވެސް ވާނީ މަސައްކަތް ކުރާ އަންހެނަކަށް ކަމަށެވެ. އެ ކޮންމެ ފަދަ ހާލަތެއް ގައި ވެސް އުޅެން ބޭނުންވަނީ އަމިއްލަ މަސްކަތުން ކަމަށް އޭނާ ބުންޏެވެ.

ޕްރިޔަންކާ ބުނީ، އޭނާ އާއި އާއިލާވެސް ބޭނުންވަނީ އޭނާގެ މަސައްކަތް ބަލައިގަންނަ ފެންވަރުގެ މީހަކާއި އޭނާ ކައިވެނި ކުރަންކަމަަށެވެ

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ތުނިޔަ

    ތިބުނާ ކަހަލަ މީހަކު އަދިވެސް ނުފެނޭ؟ އަންތަރީސް!

  2. ދޮނޭ

    ފޯރި ހުރި އަންހެނެއްތީ

  3. ފާއިޒް

    ތިހާ ފިރިހެނުން ހިތި މީހަކު ކައިވެނި ކުރާނެތަ...

  4. ޕޮގުބާ

    ސުނިޔަންކާ ގަބޫވާނެ ކޮންމެ ގޮތަކަށް ޕުރިޔަންކާ އުޅުނަސް އަވަހަށް ކައވެނި ކުރޭ

  5. ހަބޭސް

    ހީވަނީ މީހާގެ ބޮޑާކަމުން އިންނާނެ މީހަކު ނެފަހުރީހެން

  6. ޢަލީ ޙަމީދު

    ހުންނާނެތާ އެހެންވީމާ ވަރެއްދައްކާލާފަ

  7. އަލީ ހަނީ

    އަޅުގަނޑަށް ހީވަނީ މީހަމަ އަނެއް ސަލްމާން ޚާން. ނިކަން މޮޅިއްޔާ މެރީ ކޮށްބަލަ ކޮންމެހެން އިންޓަވިޔުތައް ނުދީ.