ބޮލީވުޑްގެ ބަތަލާ ދިޕިކާ ޕަދުކޯން އާއި ރަންވީރު ކައިވެނި ކުރަން އުޅޭކަން މި މަހުގެ 21 ވަނަ ދުވަހު މި ވަނީ ހާމަކޮށްފައެވެ. އެކަން އާއްމުކޮށް އަންގާ އެ ހަފްލާ ކުރިއަށް ދާނެ ތާރީހަކީ ނޮވެމްބަރު 14 އަދި 15 ކަންވެސް ވަނީ އިއުލާނުކޮށްފައެވެ.

މިހާރު ބައެއް ރިޕޯޓްތައް ބުނާގޮތުގައި، މި ދެތަރިން ދެ ފަހަރަށް ކައިވެނި ކުރާނެއެވެ. އެއީ ރަންވީރުއަކީ ސުނިދީ، ޕުންޖާބީއަށް ނިސްބަތްވާ މީހަކަށް ވުމާއި، ދިޕިކާއަކީ ކަރްނަޓަކާއަށް ނިސްބަތްވާ މީހަކަށްވާތީއެވެ. އެހެންކަމުން ނޮވެމްބަރު 14 ވަނަ ދުވަހު މި ދެތަރިން ކައިވެނި ކުރާނީ ކަންނަޑިގާ ސްޓައިލަށް ކައިވެނި ކުރާ ގޮތަށެވެ. އަދި ނޮވެމްބަރު 15 ވަނަ ދުވަހު ކައިވެނި ކުރާނީ ޕުންޖާބީ ސްޓައިލަަށެވެ.

މި ހަފްލާތަކަށް މިހާރު ބައެއް މަޝްހޫރު ތަރިންނަށް ވަނީ ދައުވަތު ކާޑުވެސް ފޮނުވާފައެވެ. އޭގެ ތެރޭގައި ޝާހްރުކް ޙާން. ޕްރިޔަންކާ ޗޯޕްރާ، ފަރާހް ޚާން، އަދިތްޔާ ޗޯޕްރާ ހިިމެނެއެވެ. މި ދެ ތަރިން ކައިވެނި ކުރާނެ ކަމަށް ބެލެވެނީ އިޓަލީގައެވެ.

ރިޕޯޓްތައް ބުނާގޮތުގައި، މި ދެ ތަރިން ކައިވެނި ކުރުމަށްފަހު ދާނީ ހަނީ މޫނަށެވެ. ދެ ހަފްތާގެ ހަނީމޫނަކަށްފަހު ދެ ތަރިން އަނެއްކާވެސް ކައިވެންޏާއި ގުޅިގެން ޑިސެންބަރު 1 ގައި ހަފްލާއެއް ބާއްވާނެ ކަމަށް ވެއެވެ.

މި ދެތަރިން ކައިވެނި ކުރަނީ އެކުގައި ހަ އަހަރު ވަންދެން އުޅުމަށް ފަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުސޭނު

    ވަރިކުރާ ދުވަހުވެސް ދެ ސްޓައިލަކައް ވަރިކުރަން ޖެހޭނެތާ. މިގައުގަވެސް މިފަހަރު އެއްހުވައެއް ދެ ދުވަހުކުރާނެ ކަންނޭގެ އެއީ 11 އަދި 17 ނޮވެމްބަރުގަ. ވަހަރުގަ އިބޫ މެނައް އައްވުރެ އަވަސްކޮއްލަން ނޮވެމްބަރު 3ގަ ނަސީދުވެސް ހުވާކޮއްފާނެ. އެމީހުން މިދުވަސް ކޮޅު ވަރައްކޯޓުތަކާ ގާތްކޮއް އުޅުއްވަނީ

  2. ކްރޯޑް

    ޢާކަމެއްނޫނެއްނު އާސިންގެ ކައިވެނިވެސް ކުރި ހިންދީ ތަމަޅަގޮތަށް އަދިކްރިސްޓިއަން ގޮތަށް އާސިންއަކީހިންދީއެއް އޭނާ ކައިވެނި ކުރީ ކްރިސްޓިއަން އަކާ އެހެންވީމަ ދެ ގޮތަށް ކޮއްލީ ތޯއްޗެ ކޮބާ މައްސަލައަކީ އެމީހުން ގަންނާނެ ގަނޑެއް ގަނެފާނެއެއްނު އަދި ސަލްމާނު ކައިވެނި ކުރާނަމަ މުސް ލިމުން ކުރާ ގޮތަށާ ހިންދީންގެ ގޮތަށްވެސް ކުރާނެ ކަމަށް ބެލެވޭ އޭނާގެ ސެޓްފިކެޓްގަ އޮންނަނީ ދީނަކީ ހިންދީ/މުސްލިމް ކަމަށް ވަނީ