މިއަހަރު އިނގިރޭސިވިލާތުގެ ޝާހީ އާއިލާގެ ޕްރިންސް ހެރީ އާއި ކައިވެނި ކުރި ކުރީގެ އެކްޓްރެސް މޭގަން މަރކެލް މިހާރު ކުރިއަށްވުރެ މާބޮޑަށްވެސް މަޝްހޫރުހެން ހީވެއެވެ. އޭނާއާ މިހާރު ނަގާ ކޮންމެ ފިޔަވަޅެއް މި ވަނީ ހަބަރަަކަށް ވެފައެވެ. ޕްރިންސް ހޭރީއާއި ކައިވެނި ކުރިފަހުން މޭގަންގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް ވެސް ވަނީ އައިސްފައެވެ.

މިއަދުގެ ވަގުތެއްގައި މޭގަން ހޭރިއާއެކު މަތިންދާ ބޯޓަކުން ފައިބައިން އަންނަނިކޮށް ނަގާފައިވާ ފޮޓޯއެއް މީސް މީޑިއާގައި ވަރަށް ގަދަޔަަށް ދައުރުވާން ވަނީ ފަށާފައެވެ. އެ ފޮޓޯ އާއްމުވާން ފަށާފައި ވަނީ މޭގަން އަޅައިގެން ހުރި ހެދުމުގައި ޖަހާފައި އިން އަގުގެ ޓެގު ފެނިގެންނެވެ.

އެތައް ބައެއް މަލާމާތް އެކަމަށް ރައްދުވިއިރު، އެ ފޮޓޯއަކީ މޭގަން ފިޖީއިން ޓޮންގާއަށް މިއަދު ކުރި ދަތުރުގައި އަޅައިގެން ހުރި ހެދުމުގެ ފޮޓޯއެވެ. އެ ފޮޓޯއިން ފެންނަގޮތުގައި، މޭގަން ލައިގެން ހުރި ހެދުން ވަރަށްވެސް ރީއްޗެވެ. އަދި މޭގަން އާއި ވަރަށް ގުޅޭވެސް މެއެވެ.

ނަަމަވެސް އެ ހެދުމުގެ ތިރީގައި ޖަހާފައި އިން އަގު ޓެގް ފެނި އެތައް ބަޔަަކު ދަނީ ޓްވިޓާގައި މޭގަންއަށް މަލާމާތް ކުރަމުންނެވެ. އެއްބަޔަކު ބުނަމުން ދަނީ އެއީ މޭގަން ހަނދާން ނެތުމުން ވީކަމެއް ކަމަށެވެ.

ބައެއް ރިޕޯޓްތައް ބުނާގޮތުގައި، މޭގަންގެ އެ ހެދުމުގެ އަގު 444 ޑޮލަރަށް އަރާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ނަގޫރޯޅި

  އައްޗީ އާ ހެދުމެއް ގަނެގެން ދޮވެ ވެސް ނުލާތަލަނީ. ދޮވުންނަމަ ކޮންމެސްވަރަކައް ނަމަވެސް ތި އަގުޖަހާފަ އިން ޓެގުކޮޅު ކޮންމެސް ވަރަކައް ނަމަވެސް ނެއްޓުނީހެއްނު. ނޫނީ ގަންއަގު މީހުންނައް އަންގާލަން ކުރިކަމެއްތަ.

 2. ހައިދަރު

  ގަނެގެން ނުވެސް ދޮވެ ދޯ މިމަންޖެ ހެދުން މިލަނީ

 3. ނުކިޔަވާ ސޮރު

  ނޫސް ވިއްކުމުގެ ހީލަތްތެރި ވިސްނުމުގެ ދަށުން ޔޫކޭ ޠެބްލޮއިޑް ނޫސްތަކުން ހަދާފަ ތަތްކޮށްފަ އިން އެއްޗެއް...ޓެގެއް ނީންނާނޭ އެހެނެއް...އަދި އަމްދުން ހެދުމުފެ ފަސްބައިގަ ޓެގެއް ނުޖަހާ...

 4. އަފްލާ

  ޙެދުން ގަމީސް ޖިންސް އާންމުކޮށް އަނނައޮނުގަ އެއްވެސް ގަެުމެއްގަ ފަސްބައިގަ ޓެގެއްނުޖަހާނެ ކަރުގަ ނޫނީ ޖިންސުގެ ބެލްޓް އަޅާ ތަނުގަ ޓެގްހަރު ކުރާނީ ބުރުގާއެއްނަމަ ފަތީގަ