ފައިދިގު މަކުނުދެކެ ބިރުން އުޅޭ މީހުން ވަަރަށް ގިނައެވެ. އެއީ ކިތަންމެ ކުޑައެއްޗެއް ނަމަވެސް އޭގެ ސަބަބުން ގެއްލުންވެދާނެކަމަށް ބަލައިގެން އުޅޭ މީހުންވެސް މަދެއް ނޫނެވެ. މިއީވެސް ފައިދިގު މަކުނު ދެކެ ބިރުން އުޅުނު މީހެކެވެ.

އެމެރިކާގެ ކެލިފޯނިއާގެ ފްރެސްނޯއަށް ނިސްބަތްވާ އުމުރުން 23 އަހަރުގެ މި މީހާ އޭނާގެ މައިންބަފައިންގެ ގޭގައި ހުއްޓާ އެގޭ ތެރެެއިން ފެނުނު ފައިދިގު މަކުނުތަކެއް މަރާލަން ވެގެން ބޭނުން ކުރީ އަލިފާނެއެވެ.

ނުރައްކާތެރި ފައިދިގު މަކުނުގެ ބާވަތެއްކަމުގައިވާ ބްލެކް ވިޑޯ ސްޕައިޑާތަކުން ސަލާމަތްވުމަށް އޭނާ ބޭނުން ކުރަމުންދިޔަ އަލިފާން ޓޯޗުގެ ސަބަބުން މުޅި ގެ އަނދާފާނެ ކަމަށް އޭނާ ހީވެސް ނުކުރެެއެވެ. އެ ހާދިސާ ހިނގިއިރު، ގޭގައި އޭނާގެ މައިންބަފައިންްވެސް ތިއްބެވެ.

އެ ހާދިސާގައި އޭނާއަށްވެސް އަދި މައިންބަފައިންނަށް އެއްވެސް އަނިޔާއެއް ނުވި ނަމަވެސް، އެގެއަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ވިއެވެ. ރިޕޯޓްތައް ބުނާގޮތުގައި، އެ އަލިފާނުގެ ހާދިސާ ހިނގައިގެން ގާތްގަނޑަކަށް 26 ފަޔާ ފައިޓަރުން ހަރަކާތްތެރިވިއެވެ.

އަދި އެގެއަށް ލިބުނު ގެއްލުންތަކުގެ އަގު 10000 ޑޮލަރަށް އަރާނެކަމަށް ފަޔާ ޑިޕާޓްމެންޓުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު