ދުނިޔޭގެ މަޝްހޫރު ފޯން ކުންފުނި ކަމަށްވާ އެޕަލްއިން މިއަންނަ ހަފްތާގައި ޚާއްސަ ނޫސްކޮންފަރެންސްއެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ޓެކް ސައިޓްތަކުން ހާމަކޮށްފިއެވެ.

ޓެކް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މިނޫސްކޮންފަރެންސްގައި އެޕަލްގެ އައު އުފެއްދުންތަކެއް ނެރުމަށްވަނީ ހަމަޖެހިފައެވެ. ޔުރޭސިއަން އެކޮނިމިކް ކައުންސިލް އާއި ހަވާލާދީ ފްރާންސްގެ ސައިޓްއެއް ކަމަށްވާ ކޮންސޮމިކްއިން ބުނެފައިވަނީ މިފަހަރު އެޕަލްއިންދަނީ ތިން މެކް ބުކްއެއް ނެރުމަށް ތައްޔާރުވަމުން ކަމަށާއި އަދި އައިޕެޑް ޕްރޯ ވެސް ނެރުމަށް ހަމަޖެހިފައިވާ ހަމަށެވެ.

މީގެ ކުރިންވެސް އެޕަލްގެ އުފެއްދުންތައް ނެރުމުގެ ކުރިން އޭގެ މައުލޫމާތުތައް ފަޅާއަރުވާލާ މިސައިޓްގައި ބުނެފައިވަނީ މިފަހަރުގެ މެކްބުކްތައް ތަފާތުވާނެ ކަމަށާއި އަދި މެކް ބުކް ޕްރޯ އަދި މެކް ބުކް އެއަރގެ ސީރީސް އެއްވެސް ނެރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މިފަހަރުގެ މެކް ބުކް ގެ އަގުތައް ކުރީ ފަހަރު ތަކާ އަޅާ ބަލާއިރު އަގުހެޔޮ ވާނެ ކަމަށްވެސް މިސައިޓްގައި ބުނެފައިވެއެވެ.

އެޕަލްއިން މި މަހު ވަނީ އެ ކުންފުނިން ނެރޭ އައިފޯންގެ އިތުރު ތިން ސީރީސްއެއް ވަނީ ނެރެފައެވެ. މިގޮތުން ނެރެފައިވަނީ އައިފޯން އެކްސް އެސް، އައިފޯން އެކްސް އެސް މެކްސް، އަދި އަގު ހެޔޮ ފޯންއެއް ކަމަށްވާ އައިފޯން އެކްސް އާރއެވެ. ބެލެވޭ ގޮތުގަައި އެޕަލްއިން މިފަހަރު އަގު ހެޔޮ މެކްބުކްއެއް ވެސް ނެރޭނެއެވެ.