އިނގިރޭސިވިލާތުގެ ބްލެކްޕޫލްގެ ވިކްޓޯރިއާ ހޮސްޕިޓަލްގައި އެއް ދުވަހެއްގައި ވިހެއި އެއްބަނޑު އެއްބަފާ ދެ މީހުންގެ ވާހަކަ މިހާރު ގިނަބަޔަކު ދަނީ ދައްކަމުންނެވެ. އެގޮތުން ދައްތަ އާއި ކޮއްކޮ ވިހާފައި ވަނީ އެއް ދުވަހެއްގައެވެ.

މިއީ މަދުން ނޫނީ ދިމާނުވާ ކަމެކެވެ. ނަޓަލީ ނަމަކަށް ކިޔާ 32 އަހަރުގެ އަންހެން މީހާ އައި އޭނާގެ 24 އަހަރުގެ ކޮއްކޮ ލިންޑްސޭ ވިހާފައި ވަނީ، އޮކްޓޯބަރުގެ މަހުގެ 11 ވަނަ ދުވަހުއެވެ.

ނަޓަލީ ވިހާފައި ވަނީ، އެ ދުވަހުގެ ހެނދުނު 11:27 ގައެވެ. އޭނާއަށް ލިބިފައި ވަނީ އަންހެން ކުއްޖެެކެެވެ. އޭނާގެ ކޮއްކޮ ލިންޑްސޭ ވިހާފައި ވަނީ ހަވީރު 17:54 ގައެވެ. އޭނާ ވިހާފައި ވަނީ ފިރިހެން ކުއްޖެކެވެ. މި ދެ މީހުންވެސް ވިއްސާފައި ވަނީ އެއް ޑޮކްޓަރެކެވެ. އަދި ދެ މީހުންވެސް ވިއްސާފައި ވަނީ އެއް ވޯޑެއްގައެވެ.

ނަޓަލީގެ އިތުރު ދެ ކުދިން ތިބެއެވެ. ނަޓަލީ ބުނީ، އޭނާ ބަނޑުބޮޑުކަން ހާމަކޮށްފައި ވަނީ ވިހަން ހަފްތާއެއްހާ ދުވަސް ވެފައިވަނިކޮށް ކަމަށެވެ. އަދި އެކަން އޭނާ ހާމަކޮށްފައި ނުވަނީ، ކޮއްކޮ މާބަނޑުވީ އަލަށް ކަމަށްވާތީ، ހުރިހާ އެންމެންގެ ސަމާލުކަން ކޮއްކޮއަށް ދިނުމަށް ކަމަށެވެ.

ދެ މީހުންނަކީ ބްލެކްޕޫލްގައި ނާރސަރީ ނަރުހުންގެ ގޮތުގައި، މަސައްކަތް ކުރަމުންދާ ދެ މީހުންނެވެ. މި ދެ މީހުންވެސް ވިހާފައި ވަނީ މި މީހުން ވިހަން ޑޮކްޓަރުން ދިން ތާރީހަށްވުރެ އަވަހަށެވެ. ލިންޑްސޭ ވިހާނެ ކަމަށް ޑޮކްޓަރުން ބުނެފައި ވަނީ އޮކްޓޯބަރު 14 ގައެވެ. އަދި ނަޓަލީ ވިހާނެކަމަށް ޑޮކްޓަރުން ބުނެފައި ވަނީ އޮކްޓޯބަރު 18ގައެވެ.

މި ދެ މީހުންވެސް އެއް ދުވަހެއްގައި ވިހެއުމުން އެކަމުގެ އުފާ ކުރަމުން އަންނައިރު، މިއީ 2000 މީހުންގެ ތެރެއިން އެއްފަހަރު ވާ ކަމެއް ކަަމަށް މާހިރުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހައިފު

    ދެމީހުން އެއްދާން ކުރި ދުވަހުގެ ވާހަކަވެސް ޖަހާލިނަމަ

    • Anonymous

      HEHE