މުޅި ދުނިޔޭގައިވެސް އެންމެ ފުރަތަމަ ހެދި ކަނޑު އަޑީގެ ކޮޓަރި ހުރީ ރާއްޖޭގައެެވެ. ކޮންރެޑް މޯލްޑިވްސް ރަންގަލި ރިސޯޓުގެ ފަޅުތެރޭގައި ހަދާފައިވާ އެތަން ފަތުރުވެރިކަމުގެ މި ސީޒަންގައި ހުޅުވާނެއެވެ. އެތަނުގެ މައިގަނޑު ހުރިހާ މަސައްކަތްތަކެއް މިހާރު ވަނީ ނިންމާލާފައެވެ.
https://www.instagram.com/p/BpR0V03jvE5/?utm_source=ig_share_sheet&igshid=1efpazykfqpku
"މުރަކަ" ނަމުން ނަން ދީފައިވާ އެ ހޮޓަލުގައި މެލޭޝިއާގެ މަޝްހޫރު އެކްޓްރެސް ނީލޯފާ ވަނީ ދުވަސްތަކެއް ހޭދަކޮށްފައެވެ. އޭނާއަކީ މިހާތަނަށް އެ ހޮޓަލުގައި ހުރުމުގެ ފުރުސަތު ލިބުނު މީހުންގެ ތެރެއިން ތިން ވަނަ މީހާއެވެ.
https://www.instagram.com/p/BpR6TR6jpK5/?utm_source=ig_share_sheet&igshid=hbpjrababdok
ރާއްޖޭގައި ނީލޯފާ ވަރަށް ހިތްގައިމު ދުވަސްތަކެއް ހޭދަކުރި ކަަމަށް އޭނާ ވަނީ ބުނެފަައެވެ. އެގޮތުން އެ މޫދު އަޑީގެ ކޮޓަރި ތެރޭގައި ނަގާފައިވާ ފޮޓޯތައް މީސް މީޑިއާގައި ހިއްސާކުރިއެވެ.
https://www.instagram.com/p/BpMXONDDxjm/?utm_source=ig_share_sheet&igshid=ivpt2n5cpvh5
"އަހަރެން މި އުޅެނީ ނިދަން. މިރޭ ނިދަނީ މަސްތައް ވަށައިގެން ފެންނަން ހުންނަ ކޮޓަރިއެއްގައި. މިއީ ހަމައެކަނި ހަޔާތުގެ އެއްފަހަރު ލިބޭނެ ފުރުސަތެއް". ނީލޯފާ އިންސްޓަގްރާމް ކުރި ފޮޓޯގައި ވެއެވެ.
https://www.instagram.com/p/BpM-XeKD0JP/?utm_source=ig_share_sheet&igshid=1oabfihh0c4xv
މީގެ ކުރީގެ ރިޕޯޓްތައް ބުނާގޮތުގައި، މުރަކަނަމުން ނަން ދީފައިވާ އެ ގެއަކީ ދެ ބުރިއަށް ހަދާފައިވާ ގެއެކެވެ. އެ ގޭގެ ނިދާ ކޮޓަރި ހުންނަނީ ކަނޑު އަޑީގައި ހުންނަ ސުއިޓްގައެވެ. އެ ސުއިޓްގައި ކިންގް ސައިޒުގެ ބެޑް ރޫމަކާއި ލިވިން އޭރިއާ އާއި ފާޚާނާއެއް ހުންނާނެއެވެ. އެ ސުއިޓް ހުންނަނީ ކަނޑުގެ ލޮނުގަނޑަށް ވުރެ 16.4 ފޫޓު އަޑީގައެވެ.
އަދި އެގޭގެ މަތީ ބައިގައި ހިމެނެނީ ޓްވިން ސައިޒް ބެޑް ރޫމަކާއި، ފާހާނާ އަކާއި، ޕައުޑާ ރޫމަކާއި، ޖިމަކާއި، ބަޓްލާސް ކުއާޓާއަކާއި ޕްރައިވެޓް ސެކިއުރިޓީ ކުއާޓަރަކާއި، ލިވިން ރޫމަކާއި، ބަދިގެ އަކާއި، ބާ އެއްގެ އިތުރުން ޑައިނިންއެކެވެ. އެ ގެއަކީ ނުވަ މީހުންގެ ޖާގައިގެ ގެއެކެވެ.
ކޮންރެޑުން މީގެކުރިން ވަނީ "އިތާ"ގެ ނަމުގައި ކަނޑުއަޑީގެ ރެސްޓޯރަންޓެއް ވެސް ހުޅުވާފައެވެ.
ރާއްޖޭގައި މަޝްހޫރު މީހަކަށް ތިފުރުސަތު ދީފިއްޔާ އެދެން ދެރަވީ ދެއްތޯ؟ ކީކޭތޯ މަހުޖަނޫ!!!؟
ދެން ތިވަރުގެ ނިއުމަތެއްދެއްވިކަމަށްޓަކައި އިސްލާނުވެބަލަ.
ސަޒުނާ ކުޑަކޮށްވެސް ނީފޯލާގެ ވަނަވަރު ބަލާލަބަލަ މުސްލިމެއްކައިރީ އިސްލާމްވާށޭ ބުނާއިރު. ދިވެހީންގެ ހާލަތު.....
މަރިޔަން ނިޝާ ތަ މީ؟
އާނ...ދިވެހި ފިލްމު ޒުލޭޙާގަ އަޅާފަ ހުރި ކަހަލަ މޮޅު ބުރުގާޔާ އެއްކޮށް
ލޮލް..?