ޖިންސީ ޝިކާރައަކަށް މީހުން ވަމުންދާއިރު، އެ ވާހަކަދައްކަން ލަދުން ތިބޭ އެތައް ބަޔަކު އެބަތިއްބެވެ. އެފަދަ ކަންކަން ލޯ ކުރިމަތީ ހިނގާއިރު، އެކަން ސިއްރުކުރާ މީހުންވެސް މަދެއް ނޫނެވެ. އެ ވާހަކަދައްކަން ބިރުގަނެފައި ތިބޭ މީހުންވެސް މަދެއް ނޫނެވެ. މިފަދަ ކަންކަން ސިއްރުވެފައި ހުންނަނީ ކީއްވެ ހެއްޔެވެ؟ މިއީ ކަމާއި ބެހޭ ފަރާތްތަކަށް އެނގި ހައްލުވާން ޖެހިފައި ހުރި މައްސަލަަތެކެވެ.

އާނއެކެވެ. އެފަދަ ކަންތައް އެހެންވާން ޖެހެނީ ކައިރީގައި އުޅޭ މީހެއްގެ ފަރާތުން އެކަންކަން ވަމުންދާތީއެވެ. ކައިރީގައޭ މި ބުނެވެނީ އެއީ އާއިލާ މީހެއްގެ ވާހަކައެވެ. ނޫނީ ގާތްތިމާގެ ނުވަތަ އަވައްޓެރިއެއްގެ ވާހަކައެވެ. ނޫނީ އާއިލާގެ ގާތް ރަހުމަތްތެރިއެކެވެ. މިފަދަ ހާދިސާތަކާއި ގުޅޭގޮތުން ބޮލީވުޑްގެ ތަރި ޖެކޮލިން މި ވަނީ ވާހަކަދައްކާފައެވެ.

ޖެކޮލިން ބުނިގޮތުގައި، ޖިންސީ ފުރައްސާރަ ކުރާ މީހުން ކޮންމެ ތަނެއްގައިވެސް ތިބެދާނެއެވެ. އަދި ފިލްމް އިންޑަސްޓްރީ ތެރޭގައިވެސް އެކަން ވަރަށް ބޮޑުކަން އޭނާ ފާހަގަކުރިއިރު، އަމިއްލަ ގޭތެރޭގައިވެސް އެފަދަ ކަންކަން ދިމާވާކަމަށް އޭނާ ވަނީ ބުނެފައެވެ.

"އެފަދަ ކަންތައްތައްޔަކުން ސަލާމަތްވާން ބޭނުންވާނަމަ ނުވަތަ މަސައްކަތުގެ މާހައުލުގައި އެފަދަ ކަންތައް ދިމާވާނަމަ އެއީ ވަރަށް ސީރިއަސް ކަމެއްކަން އިނގެން ޖެހޭނެ. އަދި އެއީ މައްސަލައެއްކަންވެސް އިނގެން ޖެހޭނެ" ޖެކޮލިން ބުންޏެވެ.

ޖެކޮލިން ބުނީ، މިފަދަ ކަންތައް ދިމާވަމުން އަންނަ މީހުންނާއި މެދު ވަރަށް ދެރަވާ ކަމަށެވެ. ނަމަވެސް ދުވަހެއް ދުވަހަކަށް އިންޑިއާއަކީ އުޅެން ރައްކާތެރިތަނެއްކަމަަށް ވެގެންދާތީ ވަަރަށް އުފާވާކަމަށް ޖެކޮލިން ބުންޏެވެ.

މިހާރު ބޮލީވުޑްގެ ގިނަ ތަރިންތަކެއް ދަނީ އެ މީހުންނަށް ލިބެމުންދާ ޖިންސީ އަނިޔާތަކުގެ ވާހަކަތައް ފާޅުގައި ދައްކަމުންނެވެ. އެފަދަ ހާދިސާތައް ދިމާވަނީ މަސައްކަތުގެ މާހައުލުން ކަމަށް ފާހަގަކުރަމުންދާ ބައެއް ތަރިންގެ ސަބަބުން، މެނޭޖަރު ލެވެލްގެ މީހުންނަށް އެ މީހުންނަށް އެ މީހުން ކުރަމުންދާ މަސައްކަތްތަކާއި ދުރަށްދާންވެސް ވަނީ ޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޙުސޭނު

    ވަރައް ރަށްކާތެރި އެވާހަކަނުދައްވާ

  2. ރަބީއު

    އެބަކިޔާ އިލެކްޝަންގެ ނައިބު ރައީސް އަމްޖަދު ވެސް އެތަނަށއ އިންތިޚާބު މަސައްކަތް ކުރަން ވެއްދި އަންހެން ކުދިންނަށް ޖިންސީ ފުރައްސާރަ ކޮށް އެކަން ފަޅާ އެރީމަ ކުދިން ވަޒީފާ ތަކުން ކަނޑާލީއޭ. މީ ތެދެއްތަ؟

  3. ތަހުމީނާ

    ޢުޅެންވީގޮތް ﷲ އެންގެވީމާ އެ ބޮލާލާޖަހާފާ އުޅުނީމާ ތިޔާހެންވާނެކަން ކަށަވަރު!