އަޔަލޭންޑުގެ މަޝްހޫރު ލަވަކިޔުންތެރިޔާ ސިނީޑް އޮކޯނޯ އިސްލާމްދީން ޤަބޫލުކޮށް ބަންގި ގޮވައިފިއެވެ.

އޭނާ އިސްލާމްވުމަށްފަހު މިހާރު ވަނީ ނަންވެސް ބަދަލުކޮށްފައެވެ. އޮކޯނޯ ބުނީ، އިސްލާމް ވުމަށްފަހު އޭނާގެ ނަން މިހާރު ބަދަލުކޮށްފައިވާކަމަށާއި، މިހާރުގެ އޭނާގެ ނަމަކީ ޝުހާދާ ޑަވިތު ކަމަށެވެ.

އުމުރުން 51 އަހަރުގެ އޮކޯނޯ އިސްލާމް ދީން ޤަބޫލުކޮށް ބުރުގާ އެޅުމަށްފަހު ނަގާފައިވާ ވަރަށް ގިނަ ސެލްފީތައް މީސް މީޑިއާގައި ދަނީ އާންމު ކުރަމުންނެވެ. އަދި އޭނާގެ އަޑުން ބަންގި ގޮވާ ވީޑިއޯއެއްވެސް ވަނީ ޓްވިޓާ މެދުވެރިކޮށް މީސް އާންމުކޮށްފައެވެ. އަދި މުސްލިމުން އޭނާއަށް ދެމުންގެންދާ ފުރިހަމަ އެއްބާރުލުމަށް އޭނާ ވަނީ ޝުކުރުވެސް އަދާކޮށްފައެވެ.

މިދިޔަ ބުރާސްފަތި ދުވަހު އަޔަލޭންޑްގެ އިމާމެއްކަމުގައިވާ ޝެއިހް ޑރ އުމަރު އަލް-ގަދްރީ އާއެކު ނަގާފައިވާ ވީޑިއޯއެއްގައި އޮކޯނޯ ވަނީ "އަލްހަމްދުﷲ"، މި ބަސް ޝެއިހްގެ ފަހަތުން ކިޔާފައެވެ. އަދި އޭނާ ޝަހާދަތުގެ ދެ ކަލިމަ އޭނާގެ ގާތުގައި ކިޔާދީފައިވާކަމަށް ޝެއިހް ވަނީ ބުނެފައެވެ.

"އަދި އޭނާ ހުރީ ވަރަށް އުފާވެފައި މާޝަﷲ". ޝެއިހް ޓްވިޓާގައި ހިއްސާކުރި ވީޑިއޯގައި ވެއެވެ.

މި މަހުގެ 19 ވަނަ ދުވަހު ޓްވިޓާ މެދުވެރިކޮށް އޭނާ ބުނީ، މިއީ އޭނާ އިސްލާމްވެއްޖެކަން އަންގާ އެންގުން ކަމަށެވެ. އަދި އޭނާގެ ނަން ބަދަލުކޮށްފައިވާކަންވެސް ވަނީ ހާމަކޮށްފައެވެ. މިއީ އޭނާގެ ނަން ބަދަލުކުރި ފުރަތަމަ ފަހަރެއް ނޫނެވެ. މިދިޔަ އަހަރުވެސް އޭނާ ވަނީ މަގްދާ ޑެވިތަށް ބަދަލުކޮށްފައެވެ. އަދި މީގެ ކުރިން އޭނާވަނީ އޭނާއަށް ދިމާވެފައިވާ ސިކުނޑީގެ މައްސަލަތަކާއި ގުޅޭގޮތުން ވާހަކަދައްކާފައެވެ.

1990 އަހަރު އެންމެ ހިޓު ލަވަތަކުގެ ތެރޭގައި އޭނާގެ ކޮމްޕެޔާސް 2 ޔޫގެ ވާރޝަން ހިމެނެއެވެ. އިސްލާމްދީން ޤަބޫލުކުރި ނަމަވެސް އޮކޯނޯގެ މިއުޒިކީ ކެރިއަރަށް އަންނާނެ ބަދަލެއް، ނުވަތަ ކެރިއަރު ދޫކޮށްލުމާއި މެދު އޭނާ އަދި ވަކި އެއްޗެއް ހާމައެއް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޑޮންޑޮން

    މަގޭހިތަށްއަރަނީ ދެން މުސްލިމެއްގެ ގޮތުގަ ހުރެގެންވެސް އަންހެނުންނާ ގުޅުންހިންގާނެބާއޭ، ހުޅަނގުގެ"މޯޑަރޭޓް މުސްލިމުންގެ"ގާތުގަ އެއީ މައްސަލައެއް ނޫން.

  2. ސަޒުނާ

    މަރުހަބާ.

  3. އަމީ

    ﷲއަކްބަރު