ރަނަކީ ދުނިޔޭގައި ލައްވާފައިވާ މައުދަންތަކުގެ ތެރެއިން އެއް މައުދަނެވެ. އަދި އެއީ އެ މައުދަނެއްގެ އަގު ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައިވެސް އުފުލިފައިވާ މައުދަނެކެވެ. ރަން އާންމުގޮތެއްގައި ފެންނަނީ ބިމުގެ އަޑިން ކަމަށް ވި ނަމަވެސް ސައިންސާއި ޓެކްނޮލޮޖީގެ އެހީގައި ދުނިޔެ ހޯދަމުން އަންނަ ކާމިޔާބީގެ ނަތީޖާއަކަށް ވީ ރަނާއި، ރަން އެކުލެވިގެންވާ ތަންތަނާއި ބެހޭ އިތުރު މައުލޫމާތު ހާމަވުމެވެ.

އެގޮތުން އިންސާނާގެ ހަށިގަނޑުގައި ރަން އެކުލެވިގެންވާ ކަމަށް ގިނަ ސައިންސްވެރިންނާއި ޑޮކްޓަރުން އިއްތިފާގުވެއެވެ. އެގޮތުން އިންސާނުންގެ ލޭގައި 0.2 މިލިގްރާމުގެ ރަން އެކުލެވިގެންވާ ކަމަށް ސައިންސްވެރިން ބުނެއެވެ. ރަނާއި އެކު އިންސާނާގެ ހަށިގަނޑުގައި އެތަކެއް މާއްދާތަކެއް އެކުލެވިގެންވެއެވެ. އެގޮތުން ކްރޯމިއަމް، ދަގަނޑު، މެގްނީސިއަމް އަދި ކޮޕާ (ލޮއި) ފަދަ މާއްދާތަށް އެކުލެވިގެންވެއެވެ. ނަމަވެސް އިންސާނުންގެ ހަށިގަނޑުގައި ރަން އެކުލެވިގެންވާ ކަމަށް އިންކާރުކުރާ ބައެއް ސައިންސްވެރިންވެސް އުޅެއެވެ.

އިންސާނުންގެ ލޭގައި ރަން އެކުލެވިގެންވާކަމަށް ބުނާއިރު ގެރި ބަކަރި ފަދަ ޖަނަވާރުތަކުގެ ކުޑަކަމުދާތަކެތީގައިވެސް ކޮންމެވެސް މިންވަރަކަށް ރަން އެކުލެވިގެންވާ ކަމުގައި ސައިންސްވެރިން ވަނީ މީގެ ކުރިން ބުނެފައެވެ.

ލެއާއި ބެހޭ ގޮތުން ސައިންސްވެރިން އިތުރަށް ހޯދި ހޯދުންތަކުން ދައްކާ ގޮތުގައި ހުރިހާ ލެއަކީ ރަތްކުލަ އޭގައި އެކުލެވިގެންވާ ލެއެއް ނޫނެވެ. އިންސާނުންގެ ލޭ ރަތްކުލައިގައި ހުރި ނަމަވެސް ބައެއް ކަހަލަގެ ދިރޭތަކެތީގެ ލޭގެ ކުލަ ތަފާތެވެ. އެގޮތުން ބައެއް ދިރޭތަކެތީގައި ނޫކުލައިގައި ލޭ ހުންނަ ކަމަށްވެސް ސައިންސްވެރިން ބުނެއެވެ.

އަދި ލޭގެ ގްރޫޕުގެ އެހީގައި މީހާގެ މިޒާޖު ދެނެގަނެވޭނެ ކަމަށް ސައިންސްވެރިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޑޮންޑޮން

    ދުވަސްކޮޅަކުން މީހުން ގެއްލެން ފަށާނެކަމަށް ލަފާކުރުވޭ ތި މައިންކުރަންވެގެން...

  2. އަލީ

    އެގެ އެހެންވެގެންނެއްނޫން މީހުންއެމަރަނި ރަން ގިނަކަމުން