އެމެރިކާގެ ސްޓޭޓެއްކަމަށްވާ މިސިސިޕީގައި، ވަޅި ހެރުމަށްފަހު އަވަނަށް ފިހަން ލީ 20 މަހުގެ ކުއްޖާ އަވަނަށްލީރުވެސް މަރު ނުވާކަމަށް އޮޓޮޕްސީ ރިޕޯޓްތަކުން ދައްކައިފިއެވެ. މިދިޔަ ހަފްތާ ތެރޭގައި މަރާލި ރޯޔަލްޓީ މެރީ ފްލޮޑިޑްގެ މައްސަލާގައި އުމުރުން 48 އަހަރުގެ މީހާ (އެކުއްޖާގެ މާމަ) ގެ މައްޗަށް ދައުވާ ކުރުމަށް ވަނީ ނިންމާފައެވެ.

މި ހާދިސާ ހިނގިއިރު، ބޮލިވާ ކޮމާޝިއަލްއިން ހެދި އެ ކުއްޖާގެ އޮޓޮޕްސީއިން ދައްކާގޮތުން އުމުރުން 20 މަހުގެ އެ ކުއްޖާ މަރުވެފައި ވަނީ، ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ ސަބަބުންނާއި، އަވަނުގެ ދިލަ ހޫނުގެ ސަބަބުން ކަމަށެވެ. އޭގެ މާނައަކީ އެ ކުއްޖާ އަވަނަށް ލީއިރުވެެސް މަރެއް ނުވެއެވެ.

މި މަހުގެ 15 ވަނަ ދުވަހު ފްލޮއިޑް އަވަނަށް ލާފައި އޮއްވާ ފެނުނީ، އެގެއަށް ދިޔަ އާއިލާ މީހަކަށެވެ. އެރޭ 7:00 ހާއިރު އެ މަންޒަރު ފެނުމާއެކު އެ މީހާ ވަނީ ޝޮވގެ ފުލުހަށް ގުޅާ އެކަން އަންގާފައެވެ.

ފްލޮއިޑްގެ މަންމަ ވެރޮނިކާ ބުނީ، އޭނާގެ ދަރިފުޅުގެ މަރުގެ ފަހަތުގައި، އަމިއްލަމީހާގެ މަންމަވުމުން ގަބޫލުކުރަންވެސް ދަތި ކަމަށެވެ. އަދި އޭނާގެ ދަރިފުޅު ދެކެ އެ މަންމަ ލޯބިވި ކަމަށާއި، އެކުގައި ވަގުތުވެސް ހޭދަކުރިކަމަށް އޭނާ ބުންޏެވެ.

އަދި ވެރޮނިކާ ބުނީ، އެއީ އޭނާ ދެލޮލުގެ ނޫރު ފަދައިން ބަލަމުން އައި ދަރިފުޅު ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުގައި، ފްލޮއިޑް އުޅެމުން ދިޔައީ އޭނާގެ މާމައާއެކުގައެވެ. އަދި ފްލޮއިޑް މަރުގެ ފަހަތުގައިވާކަންކަން ބަލަމުން އަންނަކަަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު