އިންޑިއާގައި އާއިލާއެއްގެ އެންމެން އެއްފަހަރާ ދަންޖެހިގެން މަރުވި ހާދިސާއަށްފަހު ނާމާންކަން ވެރިވެފައިވާ ދިއްލީގެ އުތުރުގައި އޮންނަ ބުރާރީ ޝަހަރު ފަޅުވެ ނާމާން ހާދިސާތައް ހިނގަމުންދާ ކަމަށް ޤަބޫލުކުރެވިގެން ގިނަ ބައެއްގެ ހިތްތަކުގައި ބިރުވެރިކަން އުފެދިއްޖެއެވެ.

އެއް އާއިލާއެއްގެ އެންމެން މަރުވި ހާދިސާއަށްފަހު މީގެ ކުރިންވެސް އެތައް ބަޔަކު އެ ޝަހަރު ދޫކޮށް ގޮސްފައިވާއިރު، އެ ހާދިސާގެ ފަހުންވެސް ކުއްލި މަރުގެ ހާދިސާތައް އެ ޝަހަރުގައި ގިނަވަމުން ދިއުމުން ގިނަ ބަޔަކަށް ސިހުން ލިބުނެވެ. މިކަމާއި ގުޅިގެން ތަފާތު އެކި ވާހަކަތައް ދެކެވެމުން ދިޔައިރު، މިއީ ސިޙުރެއް ނުވަތަ ރޫޙާނީ ކަމެއްގެ ސަބަބުން ޝަހަރަށް ކުރިމަތިވެފައިވާ ކަމެއް ކަމަށް ވަރަށް ގިނަ ބަޔަކު ޤަބޫލުކުރިއެވެ.

ނާމާންވެ ފަޅުވަމުން ދިޔަނަމަވެސް، އިތުރު ގޮތެއް ނެތި މި ޝަހަރުގައި އުޅެން މަހުބޫރުވެފައިވާ ބަޔަކު އަދިވެސް އެ ބިރުވެރިކަމުގެ ތެރޭގައި އުޅެމުންދާއިރު، އެއްވެސް ބަޔަކު އިރު އޮއްސުމުން ކުޑަކުދިން ބޭރަށް ނުނެރެއެވެ. އަދި ކުޑަކުދިން ކުޅެން ކުރިން ޢާންމުކޮށް ގޮސް އުޅޭ ތަންތަނަށް ދިއުން މަނާކޮށް އަބަދުވެސް ފެންނަ ހިސާބުގައި ބައިތިއްބައެވެ.

ހަމަ އެހެންމެ އިރު އޮއްސުމާއި އެކު ގެތައް ބަންދުކޮށް ކުޑަދޮރާއި ބޭރު ފެންނާ ހުންނަ ދިމާތައް ބަންދުކުރާއިރު، ޢާންމުކޮށް ހިންގަމުން ދިޔަ ގިނަ ފިހާރަތަކާއި ހޮޓާތައްވެސް މިހާރު އިރު އޮއްސުމުން ހުޅުވާފައި ނުހުންނަ ކަމަށް ވެއެވެ.

އެއް އާއިލާއެއްގެ 11 މީހަކު އަމިއްލައަށް މަރުވި ހާދިސާއަށްފަހުން ވެސް އަމިއްލައަށް މަރުވުމުގެ ހާދިސާތައް ބުރާރީގައި ހިނގަމުންދާއިރު، އެންމެ ފަހުން އެ ޝަހަރުން އަމިއްލައަށް މަރުވީ އެއް އާއިލާއެއްގެ ޒުވާން ފެ ފިރިހެނުންނެވެ. މީގެ އިތުރުން، ދާދިފަހުން އެހެން އާއިލާއެއްގެ އެންމެން އެއްފަހަރާ ބަލިވި ހާދިސާއެއްވެސް ގިނަ ބައެއްގެ ސަމާލުކަމަށް ވަނީ އައިސްފައެވެ.

ދަން ޖެހިގެން އެއް އާއިލާއެއްގެ ގިނަ ބަޔަކު އެއްފަހަރާ ކުއްލި ގޮތަކަށް މަރުވި ހާދިސާއަށް މިހާރު ހަތަރު މަސް ވެފައިވާއިރު، އެ ހާދިސާ ހިނގި ގެ ހުންނަ ސަރަޙައްދުގައި މިހާރު އެއްވެސް ބަޔަކު އުޅެމުން ނުދާ ކަމަށް ވެއެވެ. އަދި އެ ގޭގެ އެތެރެޔަށް ނުވަދެވޭ ގޮތަށް މިހާރު ވަނީ ބަންދުކޮށްފައެވެ.

އެ އާއިލާގެ އެންމެން މަރުވީ އެމީހުން ބައިވެރި ވެގެން ހެދި ސިހުރެއްގެ ސަބަބުން ހިނގައިދިޔަ ކަންތައްތަކަށް ފަހު ކަމަށް ޤަބޫލުކުރެވޭ ކަމުގައި ބައެއް އޮފިޝަލުންވެސް ކުރިން ބުނެފައި ވެއެވެ. މި ހާދިސާގެ ތަހުޤީޤު އަދިވެސް ކުރިޔަށް ދާއިރު، ތަހުޤީޤަށް އަދި މާބޮޑު ކުރިއެރުމެއް ލިބިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ވިސާމާ

    ރާއްޖެވެސް މިއޮންނަނީ ފަޅުވެފައެއްނޫންތަ؟ އަމިއްލަ މަންފާއަށް އެއްބަޔަކު އަނެއްބަޔަކަށް ސިހުރު ހަދާ ދުއްވާލުމުގަ އަވަދިނެތި އެ އުޅެނީ އުނގެނޭ ރަނގަޅު ޢިލްމުން އެބައިމީހުންނަށް މަންފާއެއް ނުކުރޭ! ކުރިއަރުވާ ތަރައްޤީ ކުރުމުގެ ބަދަލުގަ ފަސާދަ އުފެއްދުމާ ދުނިޔެ ހޯދުމުގައި އަވަދިނެތި.. ﷲ މީސްތަކުންނަށް ތެދުމަގު ދައްކަވާށި.

  2. އަހުމަދު

    މި ކަމަށް ނަހުލާ ކައިރި ބުނެގެން ފިލްމެއް ހަދަން ފެނޭ.

  3. ޭއާމިނާ

    ގިޔާމަތް ކައިރިވެެއްޖެކަމުގެ އަލާމާތް ކުއްލިމަރުގިނަވުން. އަދި ސިހުރަކީ ވެސް އެހާމެ ނުރަްކާ ކަމެއް. ސިހުރު ހެދޭނީ ޝައިތާނާޔަށްް އަޅުކަންކޮއްގެން އެމީހުންނަށް ޤުރުބާން ކަތިލާ އެތައް ޝިރުކެއް ކޮއްގެން. ސިހުރު ހަދާމީހާ އޭނާގެެ މުޅި އާއިލާ އެވައްޓާލަނީ ވަރަށްވެސް ނުރައްކާ ފއްތަރަކަށް. ޖިންނި ޝައިތާނުން އެމީހުންގެ މުޅި އާއިލާ ދުއްވާލާނެ މީ ވަރަށް ގިނައިން ހިނގާފަވާ ކަންކަން. އެކަމު ވަރަ