ކުރިޔަށް އޮތީ ދުނިޔެއަށް ވަރަށް ނާޒުކު ދުވަސްތަކެއް ކަމަށާއި، އެގޮތުން މި ދުވަސްތަކުގައި ދުނިޔެއަށް ބާރުގަދަ ބިންހެލުންތަކެއް އަންނާނެ ކަމަށް ބެލެވިފައިވާ ކަމުގައި ސޫރުދަ ނިޒާމުގެ (ސޯލާ ސިސްޓަމް)ގެ ދިރާސާތައްކުރާ ތަޖުރިބާކާރުންގެ ޓީމަކުން ބުނެފިއެވެ.

އެ ފަރާތްތަކުން ބުނެފައިވާގޮތުގައި، ކުރިޔަށް އޮތް ވަގުތުތަކަކީ ބޮޑު ބިންހެލުމެއްގެ ނުރައްކާ ދުނިޔެއަށް އެންމެ ބޮޑު ވަގުތުތައް ކަމުގައި ބެލެވިދާނެ ކަމަށާއި، އެހެންކަމުން އެ ސަބަބަށްޓަކައި ކަމާއި ބެހޭ އިދާރާތަކާއި އެހީތެރިކަން ފޯރުކޮށްދޭ ޖަމާޢަތްތައް ކުއްލި ހާލަތުގައި ތިބުމަށް އެދޭކަމަށެވެ.

ތަޖުރިބާކާރުން ބުނާގޮތުގައި މި ދުވަސްތަކުގައި ދުނިޔެއަށް ބިންހެލުމުގެ ނުރައްކާ ބޮޑުވެފައި ވަނީ، ދުނިޔެ ހިމެނޭ ސޫރުދަ ނިޒާމުގައިވާ އެހެން ގުރަހަ (ޕްލެނެޓް)ތައް ދައުރުވުމުގައި ދުނިޔެއާއި ދިމާވެ މި ދުވަސްތަކުގައި އެއް ރޮނގަކަށް އަރާތީއެވެ. މިގޮތުން ދައުރުވާ ވުމުގައި ދުނިޔޭގެ ބިމަށް ދަމާ ބާރަށް ބަދަލު އައުމުގެ ފުރުސަތު އޮތްއިރު އެފަދަ ހާލަތެއްގައި ބިމުގެ އަޑީގައިވާ ޕްލޭޓްތައް ތެޅި ބާރުގަދަ ބިންހެލުމެއް އައުމުގެ ފުރުސަތު ބޮޑުވާކަމަށް އެފަރާތްތަކުން ބުނެއެވެ.

ގިނަ ދުވަސްތަކެއް ވަންދެން ހޯދި ހޯދުންތަކަށްފަހު މީގެ ދެ ދުވަސްކުރިން ތަޖުރިބާކާރުން އާންމުކޮށްފައިވާ މައުލޫމާތުތައް ބުނާގޮތުގައި، މިމަހުގެ 24 އިން ފަށައިގެން އަންނަ އާދީއްތަ ދުވަހާއި ހަމައަށް ބިންހެލުމުގެ ނުރައްކާ ދުނިޔެއަށް ބޮޑެވެ. އަދި އޭގެތެރެއިންވެސް އެންމެ ނުރައްކާ ބޮޑު ވާނީ 26 އަދި 27 އާއި ދެދުވަހުގައި ކަމަށް އެފަރާތްތަކުން ބުނެފައި ވެއެވެ.

ދިރާސާވެރިން ބުނެފައިވަނީ، ދުނިޔެއަށް ބިނެހެލުމެއް އަންނާނެ ވަގުތެއް ސީދާ ބުނަން އެނގޭ އެއްވެސް ގޮތެއް ނޯންނަ ނަމަވެސް، ކުރިޔަށް އޮތް ދެ ދުވަހަކީ ދުނިޔެއަށް ބޮޑު ބިންހެލުންތައް އައުމަށް މެދުވެރިވާ ބައެއް ކަހަލަ ކަންކަން ހިނގާނެ ދެ ދުވަސް ކަމަށެވެ. މިގޮތުން އަންނަ ބިންހެލުމެއްގެ ބާރު މެގްނިޓިއުޑް މިންގަނޑުން 7.0 ނުވަތަ 8.0 އަށްވުރެ މަތިވާނެ ކަމަށް އެފަރާތްތަކުން ލަފާކުރެއެވެ.

ކުރިޔަށް އޮތް ވަގުތުތަކުގައި ދުނިޔެއަށް ބާރުގަދަ ބިންހެލުންތަކެއް އަންނާނެ ކަމަށް ތަޖުރިބާކާރުން ބުނެފައިވާއިރު، ފާއިތުވެދިޔަ 12 ގަޑިއިރެއްހާއިރު ގްރީސް ކައިރިޔަށް ވަނީ ބާރުގަދަ ގިނަ އަދަދެއްގެ ބިންހެލުންތައް ހިމެނޭގޮތަށް 25 ވަރަކަށް ބިންހެލުން އައިސް ސުނާމީގެ އިންޒާރު ނެރެފައެވެ. މީގެ އިތުރުންވެސް ދުނިޔޭގެ ބައެއް ކަންކޮޅުތަކަށް މިއަދު ދަނީ ވަރަށް ގިނަ ބިންހެލުންތައް އަންނަމުންކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޖަންނާ އާމިނާ

    ޢެންމެން ތައުބާވޭ ހެޔޮނުވާނެ އާދެސްކުރަން. ﷲއަށް ޝަރީކު ކުރުމާ ފާފަތަކަށް އަރައިގަތުމުން ބަރީޢަވޭ! މި ފަނާވެދަނިވި ދުނިޔެ ހޯދަން އުޅުމުގެ ބަދަލުގައި އުޙްރަވީ ޙަޔާތާމެދު ވިސްނާލާ!

  2. އާނަ

    އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ވެރި ރަސްކަލާންގެއަށް ތިޔަބައިމީހުން ތަޤުވާވެރިވާށެވެ! ހަމަކަށަވަރުން ޤިޔާމަތްވުމުގެ ޒަލްޒަލާއަކީ ބޮޑުވެގެންވާ ކަމެކެވެ.

  3. ވަރުވާ

    ބިންހެލުނ ގިނަވުމަކީ ދހުނިޔެ ނިމުމުގެ ޢަލާމާތެކެވެ. ތިހިޔަބައިމީހުން ޝިރުކުގެ މަގު ދޫކޮށްލާ ތަވްބާވެ ފާފަފުއްސެވުންއެދި މާތްﷲގެ ޙަޟުރަތުގައި ދުޢާ ދަންނަވައި ދުންޔަވީ އުފަލަށްޓަކައި ތިޔަހިންގަވާ ބާޠިލު ކަންތައްތައް ދޫކޮށްލާ ހެޔޮ ޢަމަލްތައްކުރުން ގިނަކޮށް އާޚުރަތުގެ ހެޔޮ ޘަވާބާއި ދަރުމަ ލިބިގަންނާށެވެ. وماتوفيقي الاباﷲ عليه توكلت واليه انيب

  4. ހެއްލުންތެރި ނުވޭ

    މިދުނިޔެއަކީ ވަރަށް ވެސް ވަގުތީ ތަނެއް.