ދުނިޔެ މިވަނީ ޑިޖިޓަލް ވެފައެވެ. ކޮންޕިއުޓަރއިން ތަފާތު ގިނަ މަސައްކަތްތަކެއް މިހާރު ކުރެވޭއިރު، މިއަދު އިންސާނުން ކުރާ މަސައްކަތްތައް ކޮންޕިއުޓަރތަކުން މިވަނީ ބަދަލުކޮށްލާފައެވެ. މީގެ ކުރިން އިންސާނުން ކުރަމުންދިޔަ ބައެއް މަސައްކަތްތައްވެސް ކޮންޕިއުޓަރުތައް މިވަނީ ކުރަން ފަށާފައެވެ. މީގެ ތެރެއިން މީގެ ކުރިން ކޮންޕިއުޓަރަށް ނުކުރެވި އޮތީ އެންމެ ކަމެކެވެ. އެއީ އަމިއްލަ ވިސްނުމަށް ގެނުވައިގެން ކުރެހުމެއް ކުރުހުމެވެ.

މިކަންވެސް މިވަނީ ކޮންޕިއުޓަރެއް ކޮށްފައެވެ. އާޓިފިޝަލް އިންޓެލިޖެންސްގެ އެހީގައި ކޮންޕިއުޓަރަކުން އިންސާނެއްގެ ބައިވެރި ވުމެއް ނެތި އުފެއްދި ފުރަތަމަ ކުރެހުން އޮޑިޝަނެއްގައި ވިއްކާލާފައިވާއިރު، މިކުރެހުން ވިކިފައިވަނީ 432،000 ޑޮލަރު (6.6 މިލިއަން ރުފިޔާ) އަށެވެ. މިއީ އާއްމު ގޮތެއްގައި މަހެއް ދުވަހުން ކުރަހާ ކުރެހުންތައް ވިކޭ ވަރަށްވުރެ ވެސް ބޮޑު އަގެކެވެ.

މިކުރެހުމަށް ދީފައިވާ ނަމަކީ "ޕޯޓްރޭޓް އޮފް އެޑަމް ބެލްމީ" އެވެ. އަދި މި ކުރެހުން ކުރަހާފައިވަނީ ވަރަށް ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައެވެ. ނަމަވެސް މި ކުރެހުން ކުރިހި ކޮންޕިއުޓަރ ޑިޒައިން ކުރުމަށްވަނީ ގިނަ ދުވަސްތަކެއް ހޭދަވެފައެވެ. މިގޮތުން މިކޮންޕިއުޓަރ ޑިޒައިން ކުރި، އޮބިވިޔަސް ނަމަކަށް ކިޔާ ގްރޫޕްއަކުން ބުނެފައިވަނީ މިއީ ދެތިން އަހަރެއް ދުވަހުގެ މަސައްކަތް ކަމަށެވެ.

މި ކުރެހުން ކުރެހި ކޮންޕިއުޓަރ ޑިޒައިން ކުރި އޮބިވިޔަސް އިން ބުނެފައިވަނީ މިކޮންޕިއުޓަރ ޑިޒައިންކޮށްފައިވަނީ ވަރަށް ބުރަ މަސައްކަތުން ކަމަށެވެ. އަދި މިކޮންޕިއުޓަރއަށް 14 ވަނަ ގަރުނުން ފެށިގެން 21 ވަނަ ގަރުނާއި ހަމައަށް ކުރަހާފައިވާ 15,000 ކުރެހުމެއް ފީޑްކޮށްފައިވާ ކަމަށާއި ކޮންޕިއުޓަރއިން މިކުރެހުން ކުރަހާފައިވަނީ މިކުރެހުންތައް ބަލައިގެން ކަމަށެވެ. ނަމަވެސް އެއްވެސް ކުރެހުމަކުން ސީދާ ނަކަލް ކޮށްފައިނުވާނެހެން މި ކޮންޕިއުޓަރ ޑިޒައިންކޮށްފައިވާ ކަމަށް ކޮންޕިއުޓަރ ޑިޒައިން ކުރި ފަރާތުން ބުނެފައިވެއެވެ.

މިހާތަނަށް މިގޮތަށް ކޮންޕިއުޓަރއިން އުފައްދާފައިވަނީ 7 ކުރެހުމެވެ. އަދި އިތުރު ކުރެހުންތަކެއް ކުރެހުމަށް ނިންމާފައިވަނީ މިހާރު ހުރި ކުރެހުންތައް ވިއްކާލުމަށްފަހުގައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރިސާޗް

    އިންސާނުން ނުކުރާ ޒާތުގެ ކަންތައް އަންނި ވެސް ކުރޭ.. އެކަންކަން ވިއްކާލުމުގެ ބަދަލުގައި ބޮޑު ޢީދެއްގެ ގޮތުގައި މިރާއްޖޭގައިވެސްް ފާހަގަ ކުރޭ..

  2. ހަތާ

    އެއްވެސް އިންސާނެއްގެ ބައިވެރިވުމެއް ނެތިޔޯ. އެކަމަކު މިކުރެހި އެތިހެދީ އިންސާނުން