ބޮލީވުޑު ކުޅަދާނަ ބަތަލު އަރުޖުން ކަޕޫރާއި އިންޑިއާގެ މަޝްހޫރު އެކްޓްރެސް އަދި ނެށުންތެރިޔާ މަލައިކާ އަރޯރާ އަންނަ އަހަރު ކައިވެނިކުރަން ނިންމާފައިވާކަމަށް އިންޑިއާގެ ޚަބަރުތައް ބުނަން ފަށައިފިއެވެ.

އިންޑިއާގެ ނޫސްތަކުގައި ބުނެފައިވާ ގޮތުގައި، އަރުޖުން އާއި މަލައިކާ އެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން ވަރަށް އަވަހަށް ހާމަކުރާނެއެވެ. ނަމަވެސް ރަސްމީ ސިފައެއްގައި އެދެތަރިން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން ހާމަކޮށްފައެއް ނުވެއެވެ. ރިޕޯޓްތައް ބުނާގޮތުން އެ ތަރިންނަށްވެސް އެކަކު އަނެކަކު ވަރަށް ބޮޑަށް ކަމުދެއެވެ. އަދި އެ ސަބަބަށްޓަކައި އަންނަ އަހަރު އެތަރިން ކައިވެނިކުރާނެ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

އުމުރުން 45 އަހަރުގެ މަލައިކާ ވަނީ މަޝްހޫރު އެކްޓަރ ސަލްމާން ޚާނުގެ ކޮއްކޮ އަރްބާޒް ހާނާއި 1998 ވަނަ އަހަރު ކައިވެނިކޮށްފައެވެ. އަދި އެކައިވެންޏަށް ފިރިހެން ދަރިއަކު ވެސް ލިބިފައިވެއެވެ. އެދަރިފުޅުގެ އުމުރުން މިހާރު 15 އަހަރުވެފައިވާއިރު މަލައިކާ އާއި އަރްބާޒް ވަރިވެފައިވަނީ 2017 ވަނަ އަހަރުއެވެ. އަދި އަރްބާޒް އާއި ވަރިވުމަށްފަހު އަރުޖުން އާއި މަލައިކާ އުޅެނީ ލޯބީގެ ގޮތުން ގުޅިގެންކަމަށް ހަބަރުތައް ބުނެއެވެ.

މިއަހަރު ފެށުނު ފަހުން އަރުޖުން އާއި މަލައިކާ އުޅެނީ ވަރަށް އެކުއެކީގައި ވަރަށް ފާޅުގައެވެ. އަދި އިންޑިއާގެ މަޝްހޫރު ޓީވީ ޝޯ، އިންޑިއާސް ގޮޓް ޓެލެންޓުގެ އަށްވަނަ ސީޒަންގެ ފުރަތަމަ އެޕިސޯޑުގައި އެދެމީހުން ވަނީ ސްޓޭޖު މަތީގައި ފުރަތަމަ ފަހަރަށް ނަށާފައެވެ. އަދި ސްޓޭޖުން ފޭބިއިރު ދެމީހުން އަތު ގުޅުވާލައިގެން ފޭބިއިރު އެކަމަށްވެސް ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވެއެވެ.

މަލައިކާގެ ކުރީގެ ފިރިމީހާ އަރްބާޒް ވެސް މިހާރު ވަނީ އިޓަލީގެ މަޝްހޫރު ނެށުންތެރިއެއްކަމަށްވާ ޖޯޖިއަ އަންދްރިއާނީ އާ ލޯބީގެ ގޮތުން ގުޅިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަލްޖިބްރާ

    ޅަ ފިރިހެނުން އަތުއަލުވާލުމަކީ އުމުރުން ދޮށި އިންޑިއާ އަންހެނުންގެ ސަޤާފަތެއް ! އެފަދަ އަންހެނުން ޅަފިރިހެނުންގެ މަގު އޮޅުވާލަން ވަރަށް ކުޅަދާނަ ! އެކަމަކު ތިމީހުން ކައިވެނި ކުރިއަސް މާދިގު މުއްދަތަކަށް ތިކަން ދެމިއޮންނާނެހެން ހިއެއް ނުވޭ !

  2. ސާދުނާ

    ސަލްމާނުގެ ކޮއްކޮ އަރުޕިތާއާ އަރުޖުން ރައްޓެހިވެގެން އުޅުނު އިރުއްސުރެ މަލައިކާ އައީ އަރުޖުން ހޭރިޔާ ކުރަމުން މަލައިކާއާ އަރުޖުން 11އަހަރުގެ ތަފާތު ހުރޭ އަރުބާޒް ވަރިކުރީވެސް އަރުޖުންގެ ކަންތައްމަލައިކާ ހުއްޓާ ނުލައިގެން އަރުޖުން ބޮޑުވީވެސް މަހިތުން މައިކާގެ އަތްމައްޗަށް