ރާއްޖޭގެ އިތުރުން ދުނިޔޭގެ ހުރިހާ ސަރަޙައްދުތަކެއްގައިހެން، މިހާރު އެންމެ ވައިގައި ހިފާފައިވާ އެއްޗަކީ "ޕަބްޖީ" އޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. "ޕްލޭޔަރ އަންނޯންސް ބެޓަލް ގްރައުންޑް" ނަމަކަށް ކިޔާ މި ގޭމަށް އެތައް ބަޔަކު ދެވިހިފާފައިވާކަމީވެސް ދެބަސް ވެވެން އޮތް ކަމެއް ނޫނެވެ. މި ގޭމުގެ ފޯރި ހިއްޕާލާފައިވާއިރު، ރާއްޖޭގެ ރަށްރަށުގައިވެސް ޕަބްޖީ މުބާރާތްތައް ބާއްވާފައިވާކަމަށް މައުލޫމާތު ލިބެއެވެ.

ދާދިފަހުން، މީޑިޔާގެ ސުރުޚީތަކުން ޖާގަ ހޯދާފައިވާ ކަމަކީ، ޕަބްޖީގެ ގޭމާ ގުޅުވައިގެން، ޕަބްޖީ ތީމަށް ހުޅުވި ރެސްޓޯރެންޓެއްގެ ވާހަކައެވެ. ގޭމުން ފެންނަ ތަންތަން ފަދައިން، މި ރެސްޓޯރެންޓުގެ އެތެރެ ޒީނަތްތެރިކޮށް، ފަރުމާވަނީ ކޮށްފައެވެ.

ޕަބްޖީ ތީމަށް ހެދި ރެސްޓޯރަންޓް

މައުލޫމާތު ލިބިފައިވާ ގޮތުގައި ޕަބްޖީ ތީމުގެ މި ރެސްޓޯރަންޓް ހުޅުވާފައިވަނީ އަވަށްޓެރި އިންޑިޔާގެ ޖައިޕޫރުގައެވެ. އެހެންނަމަވެސް، ޖައިޕޫރުގައި މި ރެސްޓޯރަންޓް ހުންނަނީ ސީދާ ކޮން ތަނެއްގައިކަން ހާމަކޮށްފައި ނުވެއެވެ. އެހެންކަމުގައިވިޔަސް، ގޭމަށް ލޯބި ކުރާ ފަރާތްތަކަށް މި ތަން ހޯދުމަކީ ތަކުލީފެއްކަމުގައި ނުވާނެކަން ޔަޤީނެވެ.

މި ރެސްޓޯރެންޓާ ބެހޭގޮތުން މީސް މީޑިޔާގައި ޚިޔާލު ފާޅުކޮށްފައިވާ ފަރާތްތަކުން ބުނެފައިވަނީ މިއީ ވަރަށް ރަނގަޅު އަދި އެހާމެ މޮޅު ކޮންސެޕްޓެއްކަމުގައެވެ. މި ރެސްޓޯރެންޓާ ބެހޭގޮތުން ވާހަކަ ދެއްކި އެހެން މީހުންވެސް ބުނެފައިވަނީ މިއީ ވަރަށް ރަނގަޅު ކަމެއްކަމުގައެވެ.

މާރިޗު މަހުގެ 19 ވަނަ ދުވަހު، އެންޑްރޮއިޑް އާއި އައިއޯއެސް އަށް މި ގޭމު ދޫކޮށްލާފައިވާއިރު، އެ ދެ މަންސަ (ޕެލްޓެފޯމް އިން) މިހާތަނަށް 100 މިލިއަން މީހުން، މި ގޭމު ޑައުންލޯޑުކޮށްފައިވެއެވެ. މީގެއިތުރުންވެސް، އެކްސްބޮކްސް ވަން އާއި ޕީސީ އިންވެސް މި ގޭމު ކުޅެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޕީޔޫބީޖީ

    ތި ގޭމްގެ ނަމަކީ ޕަބްޖީ އެއް ނޫން. ޕީ.ޔޫ.ބީ.ޖީ.

    • ޕޮޗިންކީ

      އަސްލު ނަމަކީ ޕްލޭޔަރ އަންނޯންސް ބެޓަލް ގްރައުންޑު. މަޝްހޫރުވެފައިވަނީ ޕަބްޖީ ގެ ނަމުން. ޕީ.ޔޫ.ބީ.ޖީ. އޭ ނުކިޔާ އެކަކުވެސް. ސްޕެޝަލް ވެޕަންސް އެންޑް ޓެކްޓިކްސް އަށް މީހުން ސުވަޓް ކިޔާހެން. ކާކު އެސް.ޑަބްލިޔު.އޭ.ޓީ އޭ ކިޔަނީ.

    • އެކަޑަމީ

      ނޫން..ނޫން

      ދިވެހިގޮތަކީ: ޕަބުއްޖި، ޕަބުއްޖިއެއް، ޕަބުއްޖިން، ޕަބުއްޖަނީ...މިގޮތަށް