އިނގިރޭސި ޝާހީ އާއިލާގެ މެންބަރުންނަކީ އަބަދުވެސް ދުނިޔޭގެ އެތައް ބައެއްގެ މެދުގައި މަޝްހޫރު ބައެކެވެ. އެމީހުންނަކީ، އާއްމު ގޮތެއްގައި މާ ގިނައިން ތަންތަނުން ނުފެނުނުކަމުގައިވިޔަސް، އެމީހުން މަޤުބޫލުކަން ނުކެނޑި، އެތައް ދުވަހެއް ވަންދެން ދެމި ހުންނަ ބައެއްވެސްމެއެވެ. މިކަމަށް ބާރުދޭ އެތައް ހެއްކެއް ދަނީ ފެންނަމުންނެވެ.

މި އަހަރުގެ ތެރޭގައި، އިނގިރޭސި ޝާހީ އާއިލާގެ ޕްރިންސް ހޭރީ ވަނީ ކައިވެނިކޮށްފައެވެ. އެމެރިކާގެ ފިލްމީ ތަރިއެއްކަމަށްވާ މޭގަން މާކެލް އާ ހޭރީ ކައިވެނިކުރިއިރު، މި ކަންވެގެންދިޔައީ، މިއިން ދުވަހަކު ބައެއްގެ ކައިވެންޏަށް ނުލިބުނުހާ ސަމާލުކަން ލިބިގެންދިޔަ ކައިވެންޏަކަށެވެ. އެތައް މިލިޔަން ބަޔަކު މި މަންޒަރުތައް ބެލިއެވެ. ހަމައެހެންމެ، ކައިވެނީގެ ވާހަކަތައް އަދިވެސް ދައްކާ ހުސްނުވެއެވެ.

އެގޮތުން، މި ކައިވެންޏާ ބެހޭގޮތުން އެންމެ ފަހުން އިވިގެން ގޮސްފައިވާ ވާހަކައަކީ، މި ކައިވެނީގައި ހޭރީ އާއި އޭނާގެ ބައްޕަ، ޗާލްސް އެއްގޮތަކަށް ކަންތައްތައް ކޮށްފައިވާ ކަމެކެވެ. މި ކަންކަން ފެންނަ ފޮޓޯތައްވެސް ބައެއް ފަރާތްތަކުން މީސް މީޑިޔާގެ އެކި މަންސަތަކުގައި އާއްމުކޮށްފައިވެއެވެ.

1981 ވަނަ އަހަރު ޕްރިންސް ޗާލްސް އާއި ޑަޔާނާ ކައިވެނިކުރިއިރު ނަގާފައިވާ ފޮޓޯތަކާއި ހޭރީގެ ކައިވެނީގައި ނަގާފައިވާ ފޮޓޯތަކުން، ބައެއް ފަރާތްތަކުން އާއްމުކޮށްފައިވާ އެއްގޮތް އެއް ކަމަކީ، ލޯ ފުހެލާ މަންޒަރެވެ. ހޭރީވެސް، އޭނާގެ އަތުން ލޮލުގައި ހުރި ކަރުނަތައް ފުހެލާ މަންޒަރު ފެންނައިރު، ހަމަ އެބީދައިން ޗާލްސްވެސް އަތުން ކަރުނަތައް ފުހެލައެވެ.

https://www.instagram.com/p/BpYAFvFBItV/?utm_source=ig_embed

ހަމައެހެންމެ، ކައިވެނީގެ ޙަފްލާގައި ހާސްވެފައި ހުރުމުގެ ސަބަބުންވެސް ދެބަފައިން ކަން ކޮށްފައިވާކަމަށް ފެންނަނީ އެއްގޮތަކަށެވެ. އެއީ، ނޭފަތުގަޔާއި އަނގައިގައި އަތް ޖައްސާލުމެވެ. މި މަންޒަރު ފެންނަ ފޮޓޯތައްވެސް ބައެއް ފަރާތްތަކުން އާއްމުކޮށްފައިވެއެވެ.

އެންމެ ހަ މަސް ދުވަހު އެންގޭޖު ވެގެން އުޅުމަށްފަހު ހޭރީ އާއި މޭގަން ކައިވެނިކޮށްފައިވާއިރު، މޭގަން މިހާރު އިނީ ބަލިވެކަމަށްވެސް މީޑިޔާ ރިޕޯޓުތައް ބުނެއެވެ.