ވަޒީފާގެ މާހައުލުންނާއި އެކުގައި އުޅޭ މީހުންގެ ފަރާތުން ޖިންސީ ގޯނާ އާއި ފުރައްސާރަކުރުމުގެ މައްސަލަ ބޮޑުވެ އެކަމާއި ދެކޮޅަށް އިންޑިއާގައި، "މީޓޫ"ގެ ނަމުގައި މިހާރު ބޮޑު ކެމްޕޭނެއް ކުރިއަށްގެންދާއިރު، ގިނަ ބަޔަކު ދަނީ އެ ކެމްޕޭނުގައި ބައިވެރިވެ ވާހަކަ ދައްކަމުންނެވެ. އެގޮތުން ކެމްޕޭނުގައި ބައިވެރިވާ ބައެއް ބޮލީވުޑް ތަރިންވެސް ދަނީ އެފަރާތްތަކަށް ކުރިމަތިވެފައިވާ އެފަދަ ހާދިސާތަކުގެ ވާހަކަ ޙިއްސާކުރަމުންނެވެ.

މި ކެމްޕޭނުގެ ތެރެއިން ފާއިތުވެދިޔަ ދުވަސްތަކުގެ އެންމެ ބާރަށް އިވެމުންދާ ވާހަކައަކީ، ބޮލީވުޑްގެ މަޝްހޫރު ފިލްމް ޑައިރެކްޓަރ ސާޖިދް ޚާންގެ ވާހަކަތަކެވެ. އޭނާ ތަފާތު އެކި ފަހަރުމަތިން ފިލްމް އިންޑަސްޓްރީގައި މަސައްކަތްކުރާ ޒުވާން އަންހެނުންނަށް ޖިންސީ ގޯނާކޮށް ފުރައްސާރަ ކުރަމުންދިޔަ ކަމުގެ ވާހަކަ، "މީޓޫ" ކެމްޕޭނުގެ ތެރެއިން ފެތުރިފައިވާއިރު، ގިނަ ބައެއްގެ ފާޑުކިއުން އޭނާއަށް ދަނީ އަމާޒުވަމުންނެވެ.

ސާޖިދު ޚާން

އެގޮތުން ބޮލީވުޑްގައި ގިނަ ބައެއްގެ މަޤުބޫލުކަން ހޯދާފައިވާ އުމުރުން 28 އަހަރުގެ އެކްޓްރެސް، ސިމްރަން ސޫރީވެސް މިވަނީ ސާޖިދުގެ ފަރާތުން އޭނާއަށް ކުރިމަތިވި ހާދިސާއެއްގެ ވާހަކަ ދައްކާފައެވެ. ސިމްރަން ބުނެފައިވަނީ ސާޖިދު އެންމެ ފުރަތަމަ އޭނާ އާއި ބައްދަލުވީ އޮޑިޝަންއަކުން ކަމަށެވެ. އޮޑިޝަންއެއް ކަމަށް ބުނެ ސާޖިދުގެ ގެޔަށް ދަޢުވަތު އެރުވުމުން، އެކަން ޤަބޫލުކޮށް އެގެޔަށް ދިއުމުން ސާޖިދުގެ ފަރާތުން ޤަބޫލުކުރަން އުނދަގޫ ސިފަތައް ފެނިގެން ގޮސްފައިވާ ކަމަށާއި، ސާޖިދު އޭނާއަށް ޖިންސީ ގޯނާކޮށްފައި ވާކަމަށް ސިމްރަން ކުރި ޓްވީޓެއްގައި ވަނީ ހާމަކޮށްފައެވެ.

ސިމްރަން ބުނިގޮތުގައި އެގެޔަށް އޭނާ ދިޔަ ވަގުތު ސާޖިދު ހުރީ ކޮޓަރިއެއްގެ ތެރޭގައި ކުރު ސޯޓެއް ލައިގެން ކަސްރަތު ކުރާށެވެ. އަދި އެތަނަށް އޭނާވެސް ވެއްދުމަށްފަހު ބަރަހަނާވެ ހަށިގަނޑު ދެއްކުމަށް ސާޖިދު އެދުނު ކަމަށް ސިމްރަން ބުންޏެވެ. އަދި ޑައިރެކްޓަރަކީ އޭނާ ކަމަށާއި، ފިލްމަކުން ފުރުސަތު ދިނުމުގެ ކުރިން ހަށިގަނޑު ބަލާލަން ބޭނުންވާ ކަމަށް ސާޖިދު ބުނެފައިވާ ކަމަށް ސިމްރަން ބުންޏެވެ.

"އަހަރެން ކައިރީ އޭނާ ސުވާލުކުރި އޭނާގެ ހަށިގަނޑު ރީތިތޯ. ބޮޑު ފިލްމް ޕްރޮޑިއުސަރަކު އެފަދަ ގޮތަކަށް އަހަންނާއި ބައްދަލު ކުރުމުން އަހަރެނ ވަރަށް ހައިރާންވި. އޭނާ ކަސްރަތު ކުރަން ހުރެފައި، ބަރަހަނާވެ އަހަރެންގެ ހަށިގަނޑު އޭނާއަށް ދެއްކުމަށް އެދުނު. އެކަމާއި ދެކޮޅު ހަދާކަން އަހަރެން އޭނާއަށް ހާމަކޮށްދިނުމުން، ހެދުމުގައި ހިފާ ތިރިކޮށްލަން އުޅުނު،" ސިމްރަން އިންޑިއާގެ ނޫހެއްގައި ބުނެފައި ވެއެވެ.

ސިމްރަން ސޫރީ

މަޝްހޫރު ޑައިރެކްޓަރ ފަރަހް ޚާންގެ ކޮއްކޮ ސާޖިދު، ސިމްރަންއަށް ޖިންސީ ގޯނާކުރިކަން އޭނާ ހާމަކޮށްފައިވާއިރު، އިތުރު ބައެއް ތަރިންނަށްވެސް ސާޖިދުގެ ފަރާތުން ޖިންސީ ގޯނާއާއި ކުރިމަތިވި މައްސަލަތަކެއް "މީޓޫ" ކެމްޕޭނުގެ ތެރެއިން ވަނީ ފަޅާއަރާފައެވެ. އޭގެތެރޭގައި ބޮލީވުޑްގެ އެކްޓްރެސް ރަޝައެލް ވައިޓް އާއި އެސިސްޓެންޓް ޑައިރެކްޓަރ ސަލޯނީ ޗޯޕްރާގެ އިތުރުން އިންޑިއާގެ ނުސްވެރިއެއް ކަމަށްވާ ކަރިޝްމާ އުދައްޔޭ ހިމެނެއެވެ.

މި މައްސަލަތަކާއި ގުޅިގެން އުމުރުން 47 އަޖަރިހެ ސާޖިދު އަދި އެއްވެސް އެއްޗެއް ބުނެފައި ނުވާއިރު، މިއިން ބައެއް މައްސަލަތައް ކަމާއި ބެހޭ ފަރާތްތަކަށް ހުށަހެޅި އެކަންކަން ތަހުޤީޤުކުރަމުންދާ ކަމަށް އޮފިޝަލުންނާއި ހަވާލާދީ ބައެއް ނޫސްތަކުގައި ބުނެފައި ވެއެވެ.

ސިމްރަން ސޫރީ

ސާޖިދުގެ ފަރާތުން ފިލްމް އިންޑަސްޓްރީގެ ބައެއް އަންހެނުންނަށް ޖިންސީ ގޯނާ އާއި ކުރިމަތިވި މައްސަލަތައް ފެންމަތިވެފައިވާއިރު އޭނާ ޑައިރެކްޓު ކުރާ ފިލްމް، "ހައުސްފުލް 4" ނުކުޅެން، މަޝްހޫރު ތަރި އަކްޝޭ ކުމާރު ވަނީ ނިންމާފައެވެ. އެއަށްފަހު މާ ގިނަ ދުވަސްތަކެއް ނުވެ ސާޖިދު ވަނީ އެ ފިލްމުގެ ޑައިރެކްޓަރުކަމުން ވެސް ވަކިވެފައެވެ. މިކަންކަން ހިނގައިދިޔައީ ސާޖިދުގެ މައްސަލަތައް ފެންމަތިވުމާއި ގުޅިގެން ކަމަށް ވަނީ އަޑު ފެތުރިފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. Anonymous

  ދެމީހުން އެކުގަ ގަތްގަނޑެއް. ދެމީހުންވެސް ބަރަހަނާވެފަ ތިބޭނީ

 2. ނިނީ

  މުޅި ފިލްމު އިންޑަސްޓްރީވެސް ބިނާވެފަވަނީ ތިކަހަލަ ހަޑިމުޑުދާރު ކަންކަމަށް މަގުފަހިވާގޮތަށް.ޖަހާހާ ބެރަކަށް ނަށައިގެންވެސް މަޝްހޫރުވެވޭތޯ ގިނަމީހުން މިބަލަނީ..ގިނައަންހެނުން އެމީހުންގެ އަގު ވައްޓާލަނީ އަމިއްލަޔަށް.

 3. މައުސޫމު

  ބަލަ ކަލޭމެން އަލަށް ކުރާ ކަމެއްތަ ތީ. ޒިނޭކޮށްފަ އޭގެ ފަހުން ފިލްމަކުން ޖާގަ ލިބެނީ. މީ ބަޔަކަށް ނެއެގޭ ކަމެއްނޫން. އަދި ކަލޭމެން ޒިނޭކުރުމުގައި ހައްދުފަހަނަޅާ ގޮސްފަ ތިބި ބައެއް ތީ.

 4. ބާނިޔޫސޭ

  ސާޖިދު އެކަންޏެއްނޫން. މުޅި ބޮލީވުޑްގެ ހާލަކީވެސް ތިޔައީ. ހުރިހާ ޕްރޮޑިއުސަރުންނާ ޑައިރެކްޓަރުން ޒަމާނުއްސުރެ ކުޅެކުޅެ ތިބޭ ކުޅިއެއް ތިޔައީ. އެވެރިން ކޮށްދޭނަމޭ ބުނާ ކަންކަން ކޮާށްނުދިނުމުން ނުވަތަ ފިލްމަކުން ޗާންސް ނުދިނުމުން ރޭޕް އަކަށް މިވަނީ. އޮޑިޝަން އަކަށޭ ބުންޏަސް ގެއަށް ދާންނުޖެހޭނެ ކަމާއި އަދި އެފަދަ ތަނަކަށް އެކަނިދާން ނުވާނެ ކަން ނޭނގޭ ވަރުގެ ގަމާރުންނެއް (އަމުދުން އިންޑިއާ އަކު) މިހާރަކު ނޫޅޭނެ. ފިލްމް ތަކުން ޗާންސް ހޯދަން ހަށިވިއްކާ ބައެއް ތިޔައީ.

 5. ދޮށީސޮރު

  މަހަމަ ޙައިރާންވެފަ މިހުންނަނީ... އެއްޖިންސުން ކައިވެނިކުރުމާއި، ޒިނޭކުރުންވެސް ސުޕްރީމްކޯޓުން ހުއްދަކޮށްފައިވާ ޤައުމެއްގައި ތިވަރުގެ ކަމެއް ކޮށްލައިގެން އެހާބޮޑު ކެންޕޭނެއް ކުރަންއުޅޭ ސަބަބެއް ހަމަ ނުވިސްނުނު