ދުނިޔޭގެ ބޮޑެތި ސިޓީތައް މިދަނީ ދުވަހެއް ދުވަހަކަށް ތޮއް ޖެހެމުންނެވެ. މިއާއެކު ދިމާވާ އެންމެ ބޮޑު އެއް މައްސަލައަކީ ޓްރެފިކްގެ މައްސަލައެވެ. މިކަމަށް ހައްލެއް ގެނެވޭނީ ކިހިނެތްހެއްޔެވެ؟ މިސުވާލު ކުރެވުމާއިއެކު އެެންމެންގެވެސް ލޯ ހުއްޓޭނީ ދިމާ މައްޗަށެވެ. ޖައްވާއި ދިމާއަށެވެ.

ޓްރެފިކްގެ މައްސަލަ މިހާރު ބޮޑުވެފައިވާއިރު، ޖައްވީ އުޅަދު ބޭނުންކުރުން މިއަދު މިވަނީ މާލަސްވެސް ވެފައެވެ. ޖައްވީ އުޅަދު އާއްމު މީހުން ދުއްވުމަށް ދެ ހުރަހެއް އެބައޮތެވެ. އެއީ އެފަދަ އުޅަދެއް ގަތުމަށް ނުވަތަ ހޯދުމަށް ދާ ޚަރަދާއި މިފަދަ އުޅަދެއް ދުއްވުމަށް ނަގަންޖެހޭ ފާސްއެވެ.

އެމެރިކާގެ ވޯކްހައުސް ނަމަކަށް ކިޔާ ކުންފުންޏަކުން މިވަނީ އަގު ހެޔޮ އަމިއްލަ ޖައްވީ އުޅަދެއް ތަޢާރްފް ކުރުމުގެ މަސައްކަތްފަށާ އެމަސައްކަތުގެ ވަރަށް ބޮޑު ބައި ނިންމާލާފައެވެ. 2021 ވަނަ އަހަރު މާކެޓަށް ނެރެވޭނެ ކަމަށް ލަފާކުރާ މި އުޅަދަކީ ޕާސަނަލް ހެލިކޮޕްޓަރެކެވެ. އަމިއްލަ ބޭނުންތަކަށް ބޭނުން ކުރެވޭ ގޮތަށް ހަދާފައިވާ، ދެ މީހުންގެ ޖާގައިގެ މި ހެލިކަޕްޓަރަކީ އާދައިގެ ހެލިކަޕްޓަރުތަކާއި ޚިލާފަށް އަގު ހެޔޮ އެއްޗެކެވެ.

މި އުޅަނދު ހަދަމުންދާ ފަރާތުން ބުނެފައިވަނީ މިހެލިކަޕްޓަރުގެ އަގު އާދައިގެ ހެލިކަޕްޓަރުތަކާއި އަޅާ ބަލާއިރު ވަރަށް ބޮޑުތަނުން އަގު ހެޔޮވާނެ ކަމަށެވެ. އަދި މިއީ ބައެއް އޮޕަރޭޝަންތައް ޗާޖު ކޮށްގެން އަނެއްބައި އޮޕަރޭޝަންތައް ތެޔޮ އަޅައިގެން ދުއްވާ އުޅަދެއްކަމަށްވެސް އެފަރާތުން މަޢުލޫމާތު ދެއެވެ.

ވޯކްހައުސްއިން ބުނެފައިވަނީ މިއީ ފަހުގެ ޖީލްތަކަށް މުހިންމު އެއްޗަކަށް ވާނެ ކަމަށާއި 2021 ވަނަ އަހަރާ ހަމައަށް މިހާރު ހެދިފައިވާ ޖައްވީ ޤާނޫންތައް އިސްލާޙް ކުރާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކޮސްމީހާ

    ހެެހެ .. ތަސައްވަރު ކޮއްލަމާ ހިނގާ އެއްމެން ދުއްވާ ކާރު އެއްލައިލާފަ ހުރިހާ އެއްމެން ތިޔަ ވެހިކަލް ދުއްވާނަމަ ދެން ވާނެގޮތް. ހަމަ ޖައްވުގައިވެސް ތޮއްޖެހޭނެ. ދެން ލޮލް.