މާބަނޑުވުމަކީ މީހާގެ ހަށިގަނޑަށް އިތުރު ބުރަކަމެއް ގެެނެސްދޭ ކަމެކެވެ. އަދި ހެލިފެލިވެ އުޅުމާއި ކަންތައްތައް ކުރުމުންވެސް މީހާ ލޮޑުކޮށްލާ ކަމެކެވެ. ނަމަވެސް މިފަހަރު ތަފާތު މީހެކެވެ. ވިހެއި ދުވަހު ނޫން އޭގެ ކުރީ ދުވަހު ފިިރިމީހާގެ ސަލާމަތްކޮށްދިން މާބަނޑު މީހެއްގެ ވާހަކައެވެ.

އެމެެރިކާގެ މިސްންޓޯނާގައި އެކަނި ދިރިއުޅެމުން ދިޔަ އާއިލާއަކަށް ދިމާވިި ކަމެއްގެ ވާހަކައެވެ. އަޝްލޭ ގޮއިއްޓޭ އާދައިގެ މަތިން އޭނާގެ ފިރިމީހާ ނިދާފައި އޮއްވާ ދިޔައީ ހެނދުނުގެ ނާސްތާ ތައްޔާރު ކުރާށެވެ. އަދި ނާސްތާ ތައްޔާރުކޮށް ނިމިގެން އޭނާގެ ފިރިމީހާއަށް ގޮވަން އޭނާ ދިޔައެވެ. ނަމަވެސް އާދައިގެ ދުވަސް ދުވަހާއި ޚިލާފަށް އަޝްލޭ އަކަށް އޭނާގެ ފިރިމީހާގެ ގުގުރީގެ އަޑެއް ނީވުނެވެ. ކަމެއް ގޯސްވެގެން އުޅޭކަން ރޭކާލީ މިހާ ހިސާބުންނެވެ.

އަޝްލޭ ގޮސް އޭނާގެ ފިރިމީހާ ގައިގައި ވިންދު ހުރިތޯ ޗެކް ކުރިއެވެ. ވިންދު ފާޑަކަށް ހުރުމުން ނޭވާ ލާތޯ ބަލާލިއެވެ. އަދި އޭނާގެ ފިރިމީހާ ނޭވާ ނުލާކަން އޭނާއަށް އެނގުނެވެ. ވިހެއުމަށް ތައްޔާރު ވެފައިވާ އަޝްލޭ ވަރަށް ހާލުން ގުދުވެ އޭނާގެ ފިރިމީހާއަށް އަވަސް ފަރުވާ ދިނެވެ. މީގެ ކުރިން ސީޕީއާރ ދީފައިވާ މީހަކަށް ނުވި ނަމަވެސް ވީޑިއޯތަކުން ފެނިފައިހުރި މަންޒަރުތަކަށް ބަލާ އެކަންތައް ކުރިއެވެ. އަދި ކޮންމެ ފަހަރަކު އޭނާގެ ފިރިމީހާއަށް ނޭވާ އަޅާ ދިނުމަށްފަހު ވަރަށް ބާރަށް ހަޅޭލަވާގަނެއެވެ. މަގުމަތިން ދާ މީހަކަށް އަޑުއިވޭނެ ކަމުގެ އުންމީދުގައެވެ.

އަޝްލޭގެ އަޑު މީހަކަށް އިވިފައިވަނީ މިގޮތަށް ކަންތައް ކުރަން ފެށިތާ 5 ވަރަކަށް މިނެޓް ފަހުންނެވެ. އަދި އޭނާގެ ފިރިމީހާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދިނެވެ. އަޝްލޭގެ ފުރާނަ ސަލާމަތްވީ ހަމަ ކިރިޔާއެވެ. ނޭވާ އަޅައިނުދިންނަމަ އޮކްސިޖަން މަދުވެގެން ގުނަވަންތައް ފެއިލްވާނެ ކަމަށް ޑޮކްޓަރ ބުނެފައިވެއެވެ.

މިހާދިސާ ދިމާވި ދުވަހު ނޫން އަނެއް ދުވަހު އަޝްލޭވަނީ ވަރަށް ލޯބި އަންހެން ކުއްޖެއް ވިހާފައެވެ. މިކުއްޖާ ވިއްސާފާވަނީ މިކުއްޖާގެ ބައްޕައަށް ފަރުދާދިން ޑަކްޓަރެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސަމީޙާ

    ފުރާނަ ސަލާމަތް ކޮށްދެއްވީ މާތް ﷲ މެދުވެރިއެއްކަމުގައި އެމީހާގެ އަނބިމީހާ ލެއްވި މިކަހަލަ ޚަބަރުތައް ނޫސްތަކުގައި ލިޔުއްވާއިރު އިސްލާމް ދީނަށް ފުށުނާރާގޮތަށް ލިއުއްވުން މުހިންމު ކަމުގައި ދެކެން.

    • އި

      ރަނގަޅު.. މާޝާﷲ