ކުޑަކުދިން ބޭނުންކުރުމަށް އުފައްދާ ތަކެއްޗަކީ، އެތަކެތި އުފެއްދުމުގައި އިތުރު ސަމާލުކަން ދީގެން އުފައްދަން ޖެހޭ އެއްޗެއްސެވެ. ސަބަބަކީ، ކުޑަކުދިންނަކީ ނާޒުކު ބަޔަކަށްވެފައި، ބޮޑެތި މީހުންނަށްވުރެ ފަސޭހައިން އެކުދިންނަށް ގެއްލުން ލިބޭނެތީއެވެ.

ދާދިފަހުން، އިނގިރޭސިވިލާތަށް ނިސްބަތްވާ މަންމައަކަށްވަނީ އޭނާގެ ދަރިފުޅު ޖަހައިން ހުރި ނެޕީ އިން، ނުރައްކާތެރި އެއްޗެއް ފެނިފައެވެ. ކޭލެއިގް ސްމިތު ކިޔާ މި އަންހެން މީހާގެ އުމުރުން ދެ އަހަރުގެ ދަރިފުޅު ޖަހައިގެން ހުރި ނެޕީގެ ތެރެއިން އޭނާއަށް ފެނިފައިވަނީ ތޫނު ތިނޯހެކެވެ.

އުމުރުން 30 އަހަރުގެ ކޭލެއިގް ބުނެފައިވާ ގޮތުގައި، އޭނާގެ ދަރިފުޅު ނެޕީ ޖެހުވުމަށްފަހު މާ ގިނަ އިރުތަކެއް ނުވެ، އުނދަގޫތަކެއް ވެގެން އޭނާގެ ކައިރިއަށް އައިކަމަށެވެ. ކައިރިއަށް އައުމުން ބެލި ބެލުންތަކުން އުނދަގޫވަނީ ނެޕީގެ ސަބަބުންކަން އެނގުނުކަމަށްވެސް ބުނެފައިވެއެވެ. އިތުރަށް ބަލަން، ނެޕީ ނައްޓާލުމަށްފަހު ބެލުމުން ފެނުނީ ހައިރާންކުރަނިވި އެއްޗެކެވެ. އެއީ ތިނޯހެކެވެ.

އޭނާ އިތުރަށް ބުނެފައިވާ ގޮތުގައި ނެޕީގެ ތެރެއިން ތިނޯހެއް ފެނުމުން ވަރަށް ބިރުގަތެވެ.

މިދިޔަ އަންގާރަ ދުވަހު ހިނގާފައިވާ މިކަން ހިއްސާ ކުރަމުން އޭނާ އިތުރަށް ބުނެފައިވަނީ އޭނާ އާއްމުކޮށް ނެޕީ ގަންނަނީ ވަރަށް ފެންވަރު ރަނގަޅު ފިހާރަތަކުންކަމުގައެވެ. އެހެންނަމަވެސް، އެދުވަހު ބޭނުންކުރި ނެޕީ ބޮނޑި ގަނެފައިވަނީ ކައިރީގައި ހުންނަ ކުޑަކުޑަ ފިހާރައަކުންކަމަށްވެސް ބުނެފައިވެއެވެ.

ކޭލައިގްވަނީ އެހެން މަންމައިންނަށް މިކަން އަންގާފައެވެ. ހަމައެހެންމެ، ނެޕީ އުފައްދާފައިވާ ކުންފުންޏަށްވެސް މިކަން އަންގާފައިވެއެވެ.

އެކުންފުނިން ބުނެފައިވަނީ މިއީ ކިހިނެއް ހިނގި ކަމެއްތޯ ބަލަމުންދާކަމުގައެވެ. އަދި، އިތުރު މައްސަލަތައް ފާހަގަވާނަމަ، އެބެޗުގެ ނެޕީ ބޮނޑިތައް ބާޒާރުން ނަގާނެކަމަށްވެސް ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު