އެކި އިންސާނުން ހައްދަވާފައިވަނީ އެކި ސޫރައިގައެވެ. އެކި ގޮތް ގޮތަށް އިންސާނުން ހައްދަވާފައިވާއިރު، ބައެއް އިންސާނުންނަށް އެކަކަށްވުރެ އަނެކަކު ސޫރައިގެ ގޮތުން ރީއްޗެވެ. ނަމަވެސް އެކި މީހުންނަށް މިގޮތަށް ރީތިވަނީ އެކި މީހުންނެވެ.
ސައިންސްވެރިން މިވަނީ އެކި އިންސާނުންގެ ތަފާތު ގުނަވަންތައް އެކުލަވައިގެން އިންސާނެއްގެ ސޫރަ ހާދާފައެވެ. މިއީ ދުނިޔޭގައި ރީތި ކަމަށް ގިނަ ބަޔަކު ޤަބޫލު ކުރާ ތަރިންތަކެއް ބޭނުންކޮށްގެން ހަދާފައިވާ ފޮޓޯއެވެ. މިފޮޓޯ ހެދި ފަރާތުން ދަޢުވާ ކުރާ ގޮތުގައި މިއީ ދުނިޔޭގެ އެންމެ ރީތި މީހާއެވެ.
މިފޮޓޯ ތައްޔާރުކޮށްފައިވަނީ މެންސް ފާމަސީ ނަމަކަށް ކިޔާ ކުންފުންޏަކުންނެވެ. މިކުންފުނިން ބުނެފައިވަނީ މި ތަސްވީރު ނުވަތަ ފޮޓޯ ހެދުމަށް ބޭނުންކޮށްފައިވަނީ ގްލެމަރއިން 2018 ވަނަ އަހަރު އެންމެ ރީތި ކަމަށް ހޮވުނު 100 މީހުންގެ އެކި އެކި ބައި ހިމަނައިގެން ކަމަށެވެ. އަދި މި ފޮޓޯގައި މި 100 މީހުންގެ ތެރެއިން ކޮންމެ މީހެއްގެ މޫނުގެ ބައެއް ހުންނާނެ ކަމަށް މި މީހުން ބުނެއެވެ. އަދި މި ފޮޓޯ ތައްޔާރުކޮށްފައިވަނީ މިކަމަށް ޚާއްސަކޮށްފައިވާ ސޮޕްޓްވެއަރއެއް ބޭނުންކޮށްގެންނެވެ.
ދުނިޔޭގެ އެންމެ ރީތި މީހާގެ ތަސްވީރު ކަމަށް ދަޢުވާ ކުރާ މިތަސްވީރުގައި ފެންނަނީ މެދު މިނުގެ ދޮން ކަމެއް ހުރި ފިރިހެނެވެ. ލޮލުގެ ކަޅި ނޫ ކުލައިގައި ހުރިއިރު، އިސްތަށިގަނޑު ހުރީ އާދައިގެ ވަރަކަށް ކޮށާފައެވެ.
ދުނިޔޭގެ އެންމެ ރީތި މީހާ ކަމަށް މި ފޮޓޯގަނޑު ދައުވާ ކުރާއިރު، ގިނަ ބައެއްގެ ފާޑު ކިޔުން މިކަމަށްވަނީ އަމާޒުވެފައެވެ. މިގޮތުން ގިނަ ބަޔަކު ބުނަމުން އަންނަނީ، އެކި މީހުންނަށް ރީތިވާނީ އެކި މީހުން ކަމަށެވެ.
ކޮންމެ މެެހަކީ ރީތި މީހެއް. އެކި މީހުންނަށް ފެންނަ ގޮތް ތަފާތީ. އެއް ބަޔަކަށް ބުޅިބޯ ރީތި އިރު މަށަށް ވަރަށް ހުތުރު.
އަދި މިހާތަނަށް އަޑު އަހަމުން އަންނަނީ ދުނިޔޭގެ ރީތީގެރާނީ ހޮވާވާހަކަ. މީދުނިޔޭގެ އެންމެރިތިމީހާކަން އެގޭނީ ރީތީގެ ރާޖާ ހޮވަން ފެށީމާ.
އޭމަގޭ ފޮޓޯއެއް ގެއްލިގެން އެބަހޯދަން
މީ ކަލޭގެ ފޮޓޯއޭ...
ކޮންމެ މީހަކީވެސް ރީތި މީހެއް. އެކަމާއި ދެބަސްވެވޭކަށްނެތް. އެންމެ ރީތި ސޫރައިގާ އިންސާނުން ހައްދަވާފައިވާކަން ވަނީ މާކުރިން އަންގަވާފައި. ކޮންމެ އިންސާނަކުވެސް ހައްދަވަނީ ޒާތުގައި އެންމެ ރީތި ސޫރައިގައި.
ތިޔަ މީހެއް ފެނިގެން ކިތަން މީހުންގެ އިނގިތައްބާ ކޮށޭނީ. އެމީހަކު ފެނިގެން އިނގިލިތައް ކޮށިގެންދިޔަ ފަރާތްފަދަ އިންސާނެއް އަމިއްލައަށް އުފެއްދުމުގެ ބާރު އިންސާނުންނަށް ލިބިގެންވޭބާ. އެފަދަ ފުރިހަމަ ކަމެއް ގެނެވޭނެބާ. ފުރިހަމަ ކަމަކީ ރީތިކަމާއި އެއްވަރަށް ޢިލްމާއި ޙިލްމާއި ޤާބިލުކަމާއި ތެދުވެރިކަމާއި އޯގާވެރިކަމާއި މިފަދަ އެތަށް ސިފަތަކުން ރީތިވެގެންވުން. ނޫންނަމަ އެއީ ރީތިވުމެއްނޫން.
?
ޔާ. މާޝާﷲ
ހަމަ ނުލިބޭނެ!
ޢަވަހަށް ސިހިރު ހަދާ ސެޓުކުރޭ.. ދިވެހި އަންހެނުނަށް އެނޫންކަމެއް ކުރަން އެނގޭބާވްއެވެ.
ތީ މަގޭ ފޮޓޯއެއްނު.
މަށައް އެންމެރީތީ މިސޮރުގެ ލިޕުސް. ޙާދައޭ ރީތީ . ލިބޭނެ ނަމަ.. މިރޭ ނުވެސް ނިދޭނެ މިސޮރު ފެންނަވަރުން.
ތިއަށްވުރެ ރީތި ފިރިހެނުން ރާއްޖޭގަވެސް އުޅޭ!
މަށައްވެސް ރާޖެެއިންފެނޭ ތިއައްވުރެ ރީތިމީހުން..
މަ ހީކުރީ މީ މަގޭ ފިރިގެ ފޮޓޯއެކޭ. ހާދަ ވައްތަރޭ
ރީތި ވުމާއި އަދި ސޫރަ ރީތި ވުމަކީ މުޅިން 2 ކަމެއް