ހަރުއުމުރުގެ ދެމަފިރިއަކު ގެންގުޅޭ ދެ ކާރުގެ ހަން، ސިލްސިލާކޮށް ފަޅަމުންދިޔުމުގެ ސަބަބުން ފުލުހުންނަށް ހުށަހަޅައިގެން ތަހުގީގު ކުރަން ފަށައިފިއެވެ.

އިނގިރޭސިވިލާތަށް ނިސްބަތްވާ މި ދެމަފިރިންގެ ކާރު ހަންފަޅަން ފެށިތާ ދުވަސްތަކެއްވީ ފަހުން ފުލުހުންނަށް މައްސަލަ ހުށަހަޅަން ނިންމާފައިވާއިރު، މިހާތަނަށް ކާރަށް ލެއްވި 28 ޓަޔަރެއް، ޖުމުލަ 12 ފަހަރެއްގެ މަތިން ފަޅާލާފައިވާކަމަށް އެފަރާތްތަކުން ބުނެފައިވެއެވެ.

ސްޓީވް ޕެރީ އަދި ޓްރިޝް ޝަފޭ ނަމަކަށް ކިޔާ މި ދެމީހުންގެ ކާރުގެ ޓަޔަރު ފަޅަމުންދާއިރު، މިކަން އެންމެ ފުރަތަމަ ލައިގަނެފައިވަނީ 2017 ވަނަ އަހަރުގެ ޖަނަވަރީ މަހުކަމަށް ބުނެފައިވެއެވެ. އެކަން ކުރިމަތިވީ ސިނަމާއެއްގެ ކައިރީގައި އޮންނަ ޕާކު ކުރާ ސަރަޙައްދުން ތަންކޮޅެއް ހޯދުމަށް އަވަސް ކުރުމަށް، ސައިކަލަކަށްވުރެ ކުރި އެރުމަށްފަހުއެވެ. އެހެންކަމުން އެމީހުން ޝައްކު ކުރަނީ މިއީ އެސައިކަލު ދުއްވަން އިން މީހާގެ ކަމެއްކަމަށެވެ. އެހެންނަމަވެސް، އެއީ ކާކުކަމެއް ބުނާކަށް ނޭނގެއެވެ.

އެކި ފަހަރުމަތިން ކާރުގެ ޓަޔަރު، ވަޅި، އިސްކުރު އަނބުރާ ކަށިގަނޑު ނުވަތަ އެހެންވެސް އެފަދަ އެއްޗެއް ބޭނުންކޮށްގެން ފަޅާފައި ހުންނައިރު، އެކަމުގެ ސަބަބުން ބޮޑު ބިރުވެރިކަމަކާ ކުރިމަތިވެފައިވާކަމަށް ދެމަފިރިން ބުނެފައިވެއެވެ. އެގޮތުން، އެމީހުން އުޅޭ ނޫޅޭގޮތް، ކޮންމެވެސް ބަޔަކު އަބަދުވެސް ބަލަމުންދާކަމަށް އެމީހުން ބުނެފައިވެއެވެ.

މި މައްސަލަ ފުލުހުންނަށް ހުށަހަޅައިގެން މިހާރު ދަނީ ތަހުގީ ކުރަމުންނެވެ. އެގޮތުން، އެމީހުންގެ ކާރު ފެންނަ ގޮތަށް ފުލުހުންވަނީ ސީސީޓީވީ ކެމެރާ ހަރުކޮށްފައެވެ. ކެމެރާތަކަށް އަރާފައިވާ މަންޒަރުތަކުން މީހަކު ކާރުތަކުގެ ހަން ފަޅަން އުޅޭ މަންޒަރު ފެނުނުކަމުގައިވިޔަސް، ކާކުކަން ދެނެގަންނާކަށް ނޭނގެއެވެ. ސަބަބަކީ، މީހާ ހުންނަނީ ބޮލާ އެއްކޮށް ނިވާވާވަރުގެ ކޯޓެއް ލައިގެންކަމަށްވާތީއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޖަހާންގީރި

    ކަލޭނޭ އެ އުޅޭ ޕްރޮސެސަރ އަށް އެނގޭނެ ތި މީހަކު ހޯދަން

    • އަޙް

      ޖަހާންގީރިއަށް ނޭގެއެއް ނުން، އަނގަ މަޑުލައިގެން އިނދޭ،

  2. ދަންޑަހެލު

    ޢުގޭލޫމިތަނަށްބޯކޮށްޕާނުލާންތިހުރީމިތަނުންލިބޭނެއެތިކޮޅުމަދުވާނެތީދޯ

    • އިބިލީސް

      ދަންޑަހެލު، ސްޕޭސް ބާ ހަލާކު ވެފަތަ؟

      • ކޯރާޑި ބޯ

        ސާބަސް އިނގޭ