އިނގިރޭސިވިލާތުގައި ޖިންނިން އުޅޭ ގެއެއް ގަންނާނެ މީހަކު ހޯދަން އިއުލާނުކޮށްފިއެވެ.

އެ ގެއަކީ ކުރިން އަސީލަމްއެއްގެ ގޮތުގައި ހިންގަމުންދިޔަ ތަނެކެވެ. އެ އަސީލަމްގައި ޖިންނިއެއް އުޅޭކަމަށް ގިނަބަޔަކު ގަބޫލުކުރެއެވެ. އެއީ އެތަނުން އެބާވަތުގެ އެއްޗެހިތައް ފެންނާތީއެވެ.

1.75 މިލިއަން ޔޫރޯއަށް ވިއްކަން ނިންމާފައިވާ އެ ގެ ހުންނަނީވެސް ވަރަށް ބިރުވެރި ވައްތަރަަކަށް ހަދާފައިވާ ސަރަހައްދެއްކަމަށްވެސް ވެއެވެ. އަދި އެގެ ހަދަން ނިންމާފައި ވަނީ މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭ ތަނަކަށް ކަމަށާއި، އެގޭ އެގޮތަށް ހެދޭނީ ސޫރަތައް އެގޭ ތެރޭގައި ތިބޭ ގޮތަކަށް ކަމަށެވެ.

ރޭހެއްގައި ބެގޮޓް އާއިލާއެއްގެ އަތޖން ބެޓްކޮށްގެން އެ ގެއިން އެ އާއިލާއިން ނުކުންނަން ޖެހުނީ 1928 ވަނަ އަހަރުއެވެ. އަދި 1932 ވަނަ އަހަރު އެ ގެ އަސީލަމްއަކަށް ހެދިއިރު، އެތަން އަސީލަމްއަކަށް ހެދީ އެގެ ކައިރީ ދެން ހުންނަ އަސީލަމް ފުރިބާރުވާން ފެށުމުންނެވެ. ރިޕޯޓްތައް ބުނާގޮތުގައި، ޑެންބިގ އަސީލަމްވެސް ވަނީ ޖިންނިން އުޅޭ ތަނަކަށެވެ.

ވިއްކަން އިއުލާނުކޮށްފައިވާ ގެއިން ބައެއް މީހުންނަށް މީގެ ކުރިންވެސް ޖިންނިތައް ފެނިފައި ވެއެވެ. އެގޮތުން ޖިންނި މަރާ އުޅޭ މީހަކުވެސް އެގެއަށް ގޮސް އުޅެނިކޮށް އޭނާ ގެންގުޅުނު ކެމެރާއަކަށްވެސް ޖިންނީގެ ސޫރަ ފެންނަ ފޮޓޯއެއް ފެނުނުކަމަށް ވެއެވެ.

އެ ގެ ގަންނާނެ މީހަކު ހޯދަން އިއުލާނުކިއިރު، އެފަދަ ތަނެއްގައި އުޅެން ބަޔަކަށް ކެއްވާނެކަމާދި މެދު ސުވާލު އުފައްދާ މީހުން މަދެއް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ހަލީމަތު

    މަވަރަށް ބޭނުން ތިގެ ގަންނަން ، ތިގެ ގަންނަން ހަދަންވީގޮތުގެ މައުލޫމާތު ހޯދާދީބަލަ ، އަދި މިކަމަށް ރާއްޖޭގެ ބޭންކަކުން ލޯނެއްވެސް ލިބޭނެތޯ ، ވަގުތުނޫހުން ސާފްކޮއްދީބަލަ

  2. ދުރުމީ

    މަވެސް ތިގެގަންނަން ބޭނުން . ޙުރިހާ ޖިންނިތައް ފޮލެލާނަން. 24 ގަޑިއިރު ބަގަރާ ސޫރަތް ޖަހާފަ ބަހައްޓާނީ. ތިގޭގަ ހެޔޮއަމަލުތައް ކުރަނިކޮށް ތިހުރިހާ ކަމެއް ފިލާފާނެ

  3. އއއަ

    ފަލާހު މިގެވެސް ގަންނަންވީ ނުން. ޕާޓީ މީހުން ފިލައިގެން ގޮސް ތިބެން ރަނގަޅު ތަނެއް މިއީ. ހެހެހެ

  4. ޖަޖަޖ

    ޖިންނިތައްވެސް ލިބޭނެތަ

  5. ރޫރޫ

    އެގޭގެ ވެރި ފަރާތުގެ އެކައުންޓު މައުލޫމާތު ދީބަލަ ވަގުތުން ޓްރާންސްފަރ ކޮއްލާނަން. އެންމެ ބަންގިއެއް ގޮވާލާއިރަށް އެސޮރުމެން ބަޗާލާނެ.

    • ޒަމްރީ

      އެގެ ގަނެފިން