އިންސާނުން އެއް ޤައުމުން އަނެއް ޤައުމަށް ދަތުރު ކުރާއިރު ޕާސްޕޯޓަކީ މުހިންމު އެއްޗެެކެވެ. މިގޮތުން ޕާސްޕޯޓް މުހިންމުވާ ބައިވަރު ސަބަބުތަކެއް ހުރެއެވެ. ފުރަތަމަ އަދި އެންމެ މުހިންމު އެއް ސަބަބަކީ އެމީހާއަކީ ކޮން ޤައުމަކަށް ނިސްބަތްވާ މީހެއްތޯ ބެލުމެވެ. ނަމަވެސް ޖަނަވާރުންނަކީ ވަކި ޤައުމަކަށް ނިސްބަތްވާ އެއްޗެއް ތޯ ބަލާނީ ކިހިނެތް ހެއްޔެވެ؟

ޖަނަވާރުންނަށް އިންސާނުން ދޭ ސަމާލުކަން މިއަދު އެތައް ގުނައެއް މިވަނީ އިތުރު ވެފައެވެ. މިގޮތުން ޖަނަވާރުންނަށް ޚާއްސަ ހޮސްޕިޓަލް ތަކާއި ޑަކްޓަރުންވެސް މިހާރު ތިބެ އެވެ. ނަމަވެސް މިއަށްވުރެ ހައިރާންވާ ކަމަކީ ޖަނަވާރުން ނަށް ޕާސްޕޯޓް ދިނުމެވެ.

ޖަނަވާރުން އެއް ޤައުމުން އަނެއް ޤައުމަށް އެތެކުރާއިރު ނުވަތަ ގެންދާއިރު އެއީ ކޮން ޤައުމަކަށް ނިސްބަތްވާ ޖަނަވާރެއްކަން އަންގައިދިނުމުގެ ގޮތުން ޚާއްސަ ޕާސްޕޯޓެއް ހަދަންޖެހެއެވެ. މިގޮތުން މިހާތަނަށް ޕާސްޕޯޓް ހަދަން ޖެހެނީ ހަމައެކަނި ގެރި ބަކަރި ޖަމަލުގެ އާއިލާގެ ޖަނަވާރުން ނަށެވެ. އަދި މިޕާސްޕޯޓް ހެދުމާއިއެކު މިޖަނަވާރުންނަށް ވަކި ޤައުމު ތަކަކަށް ވަދެވޭ ޚާއްސަ ހުއްދައެއް ލިބިގެންދެ އެވެ.

ޖަނަވާރުން ޕާސްޕޯޓް ހަދަން ޖެހުނު ކަމުގައިވީނަމަވެސް ޖަނަވާރުން އެއް ޤައުމުން އަނެއް ޤައުމަށް ދާއިރު ވިސާ ނަގާކަށް އަދި ނުޖެހެއެވެ. އަދި 2020 ވަނަ އަހަރު ކުއްތާ ފަދަ ޖަނަވާރުވެސް ވިސާ ނަގަން ޖެހޭ ފަދަ ޤާނޫންއެއް ނެދެލޭންޑްގައި ދަނީ ހަދަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އާނ

    އެނގޭ. ގައިމު ނަޝީދުވެސް ޕާސްޕޯޓެއް ގެންގުޅޭ.