ދަރިން ބަލަމުން މަސައްކަތުގައި އުޅެމުންދާ ގިނަ ބަޔަކަށް ތައުރީފް ކުރަމުން އަންނަ މީހުން މަދެއް ނޫނެވެ. އެއީ ހިތްވަރުގަދަ ބައެއް ކަމާއި، ދަރިން ގޮވައިގެން މަސައްކަތުގެ މާހައުލުގައި އުޅޭ މީހުންނަކީ އެހެން މީހުންނަށް ހުރި ނަމޫނާއެއްކަމަށް ބުނާ މީހުންވެސް މަދެއް ނޫނެވެ.

މިއީވެސް އެފަދަ ހިތްވަރުގަދަ މީހެއްގެ ވާހަކައެވެ. އުމުރުން އެންމެ ހަ މަހުގެ ދަރިފުޅު ގޮވައިގެން މަސައްކަތުގައި އުޅޭ ފުލުހެއްގެ ވާހަކައެވެ.

އިންޑިއާގެ އުއްތަރްޕްރަދޭޝްގައި ފުލުހެއްގެ ގޮތުގައި، މަސައްކަތް ކުރަމުން އަންނަ އާޝާނާ އުޅެނީ، ދަރުފުޅު ބަލަމުން އޭނާ އަދާކުރަން ޖެހޭ ވަޒީފާގައެވެ. އޭނާއަކީ އެހެން އަންހެނުންނަށް ހުރި ނަމޫނާއެކެވެ.

ގޭގައި އޭނާގެ ދަރިފުޅު ބަލާނެ އިތުރު މީހަކު ނުހުންނާތީ އެ ދަރިފުޅު ގޮވައިގެން އޭނާ އުޅެނީ މަސައްކަތުގައެވެ.

އަނިކާގެ ނަމުން ނަން ދީފައިވާ އެ ދަރިފުޅަށް މިހާރު ހަ މަސް ފުރިފައިވާއިރު، އެ ދަރިފުޅު ވިހެއުމަށްފަހުވެސް އާޝާނާ ބޮޑު ބްރޭކެއް ނުނަގައެވެ.

އެހެންވެ އޭނާ ކުރަމުންދާ މަސައްކަތްތައް ގިނަ ބަޔަކު ދަނީ ފާހަގަ ކުރަމުންނެވެ. މުޅި ޓްވިޓާ އާއި އިންޑިއާގެ ގިނަ ނޫސްތަކުން އޭނާ ކުރަމުންދާ މަސައްކަތަށް ތައުރީފް ކުރަމުން ދެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ފާފަޅޯ

    އިންޑިއާގައި މީހުން މަދުވީމައި އެކުއްޖާބަލާނެ މީހަކު ނުވެގެން. އިންޑިއާ މީހުންގެ ގެރިކަލާންގެ އާއި ހަވާލުކުރަނިކޮށް ދަރިން ބަލާދީފާނެ.

  2. ސަޒުނާ

    އަހަރެންނަށްވެސް ދަރިފުޅު ގޮވައިގެ އޮފީހުގައި މަސައްކަތް ކުރުމުގެ ހުއްދަ އޮންނަނަމަ ގޮވައިގެން އޮފީހަށްަ އަންނާނީ.

  3. ބަމަރސް

    ތިގޮތަށް ހުއްދަ އޮތިއްޔާ ކިރުދެމުންވެސް ދާންވީ ޓްރަފިކް ބަލަހައްޓަމުންވެސް އޭރުްން މާގިނަ ސަޕޯޓް ލިބޭނެ. ދެން ކުޑަ އުދުނެއްވެސް ވައްދާލީމަ ގެއަށް ދާކަށް ނުޖެހޭނެ

    • މަރީ

      ބަލަ އަންހެނަކަށް ވީމަތަ ކައްކާނެ އުނދުނެކޭ ތިބުނީ ؟

  4. ޖަންބެ

    ރާއްޖޭގަ ހުއްދައެއް ނޯވޭ އެހެންނޫނަސް ރާއްޖޭގަ ކޮއްފިއްޔާ ވަރައް ހަޑިކަމަކަށް ވާނީ. މިތާގަ ނޫޅޭ ތިހާ މުރާލި ކުދިންނެއް

  5. ޓެޜޭ

    ތައުރީފް ހައްގުވަނީ އަނބިމީހާ ރަސްކަބަލެއްހެން ގޭގައި ބައިންދާ އެއްމެހައި ހަރަދު ބަރަދު ދީ އަބިމީހާ އުފަލުގައި ގެންގުޅޭ ފިރިންނަށެވެ.

  6. ޗޮސް

    ގިނައީ ވަރަށް ހަނިކޮށް ވިސްނާމީހުން ދޯ!!!