ހަންގަރީގެ ކޯރެއް ހިކި ޚަނާތަކެއް ފެންނަން ފަށައިފި ކަމަށް އެޤައުމުގެ ނޫސްތަކުން ރިޕޯޓް ކުރަން ފަށައިފިއެވެ.

އެޤައުމުގެ ނޫސްތަކުން އެސަރަހައްދުގައި ހަރަކާތްތެރިވާ އާކިއޮލޮޖިސްޓުންނާއި ހަވާލާދީ ބުނެފައިވާގޮތުގައި، މިކޯރަކީ މީގެ ކުރިން ހިކޭ ކޯރެއް ނޫނެވެ. އަދި ކޯރު ހިކުމުގެ ސަބަބުން ކޯރުގައި ހުރި ޚަޒާނާތައް ފެންނަން ފަށާފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.

"މިހާތަނަށް ގާތްގަނޑަށް 2000 ހަކަށް ހައި ފައިސާ ފޮތި ފެނިއްޖެ. ވަރަށް ކުރީގެ އެއްޗެހި ކަމަށް ބެލެވެނީ ބަލާބެލުމަށް. ތަޙްޤީޤް ކުރުމަށްފަހު ސީދާ ދުވަސް ބުނަން އެނގޭނީ،. މީގެ އިތުރުން ދަގަނޑު ބޯޅަ އާއި މިޒާތް ދާތުގެ ސާމާނުވެސް ކޯރުގެ ތެރޭގައި އެބަހުރި. އެތަކެތި ހޯދުމުގެ މަސައްކަތް މިދަނީ ކުރަމުން." ހިކުނު ކޯރު ހުރި ސަރަހައްދުގައި ހަރަކާތްތެރިވާ ފްރެންޒީ މިއުޒިއަމްގެ މެނޭޖަރ އަދި އާކިއޮލޮޖިސްޓް ކެންޒާ އެގައުމުގެ ނޫހަކަށް ދިން އިންޓަރވިއުއެއްގައި ބުނެފައިވެއެވެ.

މިއަންނަ ހަތްތާއާ ހަމައަށް ހިކިފައި އޮންނާނެ ކަމަށް ލަފާކުރާ މިކޯރުގައި ހުރި އާސާރީ ތަކެތި ނެގުމުގެ މަސައްކަތް އާކިއޮލޮޖިސްޓުން ދަނީ އެސަރަހައްދުގައި ދިރިއުޅޭ މީހުންނާއި އެކު ކުރަމުންނެވެ. ބެލެވޭ ގޮތުގައި މިއީ ފުރަތަމަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ދުއްވި ނަވެއް ބަންޑުން ޖަހާލާފައިވާ ސަރަހައްދެކެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ރައްޔިތުން

    ވަރަށް ކުރީ ޒަމާނުގައި ތިޔަ ކޯރާއި ކައިރީގައި އުޅުނު މީހުންނާއި އަދި ދުރުގައި އުޅުނު މީހުން ކުނި އުކަން ގެންގުޅުނު ގޮނޑެއް ތިޔައި ތިތަނުގައި ކިތަންމެ ވައްތަރެއްގެ ސާމާނު ފިނދާނެ. އަދި ވައްކަން ކުރާ މީހުން އުކާލާ އެއްޗެހިތައްވެސް ތިޔަ ތަނުގައި ހުރެދާނެ.

  2. ބަމަރސް

    ފަހުޒަމާނުގެ އަލާމާތެއް ނީލަކޯރު ހިކި ބޮޑު ޚަޒާނާއެއް ފެނުން. އަދި ނުވޭ މިތަނަށްދާކަށް.

    • ކިޔާ

      ނީލަ ކޯރެއް ނޫން.ފުރާތު ކޯރު.ޤިޔާމަިތުގެ އަލާމާތްތަކުގެ ތެރެއިން އެކޯރު ހިކިގެން ރަން ފަރުބަދަ ފާޅުވާނެކަމަށް ޙަދީޘްގަ ވާރިދުވެގެން އައިސްފަވަނީ ފުރާތު ކޯރު.މިކޯރު އޮންނަނީ މެދުއިރުމަތީގަ.ސީރިޔާ، އިރާޤު އަދި ތުރުކީ މިތިން ޤައުމަށް ދެމިގެން ގޮސްފަ.

  3. ހުސޭނުބޭ

    ތި ޚަޒާނާތައް ހޯދާއިރު ވަރަށް ބަލައިގެން އުޅޭތި! ފަހަރުގައި ހޭބަލިވެގެން ފާޚާނާ ހޮޅިއަކަށް އަތްކޮށްޕާލެވިދާނެ!