ސްޓްރެސް އަކީ ދިރިއުޅުމުގައި ދިމާވާ ހާދިސާއެއްގެ ސަބަބުން ހަށިގަނޑު ވަކި ކަމަކަށް ޑިމާންޑް ކުރުމަށް ކިޔާނަމެކެވެ. އަދި އެއީ ހިތަށާއި ސިކުނޑިއަށް ކުރާ ބާރަކަށް ކިޔާ ނަމެކެވެ.

ސްޓްރެސް އަކީ އެކަމުގެ ނުރައްކާތެރިކަމުގެ ވާހަކަ ކޮންމެ ދުވަހަކުހެންމެ ސައިންސްވެރިންނާއި ޑޮކްޓަރުން ދައްކަމުން އަންނަ ކަމެކެވެ. އަދި އެއީ ސިއްހީ މަލިމަޑުކަމަކަށް މީހާ ވަށްޓާލާ ކަމެއްވެސް މެއެވެ. އެގޮތުން މީހާ ސްޓްރެސް ވުމުން ދިމާވާ ކަންކަމުގެ ތެރޭގައި ކެއުމުގެ އާދަތަކަށް ބަދަލު އައުމާއި، ފަސޭހައިން ރުޅި އައުމާއި، ކަންކަން ކުރަން ފޫހިވުމާއި، ލޭމަށްޗަށް ދިޔުން ފަދަ ކަންކަން ހިމެނެއެވެ.

އަދި ބައެއް ފަހަރު މީހާ ސްޓްރެސް އަށް ދިޔުމުގެ ސަބަބުން އަމިއްލަ ނަފްސު ކުށްވެރިކޮށް އަމިއްލަ ނަފްސަށް ގެއްލުން ދެވޭ ފަހަރުވެސް އާދެއެވެ.

ސްޓްރެސްއިން ރައްކާތެރިވެވިދާނެ ނުވަތަ ސްޓްރެސް ކުޑަ ކުރުމަށް ކުރެވިދާނެ އެތަކެއް ކަމެއް އެބަހުށްޓެވެ. އެގޮތުން ސްޓްރެސް ކުޑަ ކުރުމަށް ކުރެވިދާނެ ބައެއް ކަންކަން ތިރީގައި އެވަނީއެވެ،

ކަސްރަތު ކުރުން

ކަސްތަރު ކުރުމަކީ ސްޓްރެސް ކުޑަކޮށްދޭ ކަމެކެވެ. އެހެނީ ކަސްތަރު ކުރުމުގެ ސަބަބުން ލޭދައުރުކުރާ ނިޒާމާއި، ސިކުނޑިއަށް އެކަމުގެ ސަބަބުން މަންފާކުރާނެ ކަމަކަށް ވުމުންނެވެ.

މަޝްވަރާކުރުން

ދުނިޔޭގައި އުޅޭއިރު ތިމާއަށް ކުރިމަތިވާ، ތިމާ ހިތް ނޭދޭ ކަންކަމާއި ނުވަތަ އެކަމެއްގެ ސަބަބުން ސިމާގެ ވިސްނުމަށް ފުށޫއަރާފަދަ ކަންކަން ގާތް ރަށްޓެއްސަކާއި ނުވަތަ ތިމާ އިތުބާރު ކުރާ މީހަކާއި ހިއްސާކުރުމަކީ ތިމާއަށް ހިތްހަމަ ޖެހުން ލިބި އެކަންކަމާއި ކުރިމަތިލާން ޖެހޭ އެންމެ ރަނގަޅު ގޮތް އެނގިގެންދާނެ ކަމެކެވެ. އަދި އެއީ އަނެކުންގެ ހިތްވަރު ތިމާއަށް ލިބި ތިމާ ވިސްނާ ކަންކަމާއި ދުރުވެވޭނެ މަގެއްވެސް މެއެވެ.

ދުޅަހެޔޮ ކާނާ ކެއުން

ދުޅަހެޔޮ ކާނާ ކެއުމަކީ ތިމާގެ ހިތަށާއި ސިކުނޑިއަށް ހަމަޖެހުން ލިބި ތިމާއަށް ފަސޭހައިން ކަންކަމާއި ކުރިމަތިލުމަށް އެހީވެދޭ ކަމެކެވެ. އަދި އެއީ ތިމާ ފިކުރުބޮޑުވެ ކަންބޮޑުވާ ކަންކަމާއި ދުރުހެލިވުމަށް އެޅޭނެ ބާރެއްވެސް މެއެވެ،

އިސްވެދިޔަ ކަންތަށްތަކުގެ އިތުރަށް ދުޅަހެޔޮ ބަރުދަނެއްގައި ހުރުމާއި ގިނައިރު ރަށްޓެހިންނާއި އެކު ވަގުތު ހޭދަކުރުމަކީވެސް ސްޓްރެސް އާއި ދުރުހެލި ވެވޭނެ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސާޖިދު

    ފަސް ވަގުތު ނަމާދު ކުރޭ!!!! ނިމުނީ...

  2. މުޙައްމަދު

    އެންމެ އަވަހަށް ސްޓްރެސް ފިލާނީ اللهއަށް ޒިކުރުކޮށް ޤުރްއާން ކިޔެވުމުން. މީ އެންމެ ރަނގަޅު ފަރުވާއަކީ.

  3. ކިޔާ

    މިފަދަ ހާލަތްތަކުގަ އަހަރެން ކުރާކަމަކީ ކީރިތި ޤުރުޢާން ކިޔަވާ އަޑުއަހަނީ.މަދު ސިކުންތުކޮޅެއްގެ ތެރޭގަ މުޅި ނަފްސު ހަމައަކަށް އެޅިގެންދޭ.