މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ޕްރަސާދް ޔަދަވް ނަމަކަށް ކިޔާ މި މީހާ އޭނާގެ އަނބިމީހާއެކު ރަޖަސްތާނުގައި ހުންނަ އެ މީހުން ދިރިއުޅޭ ގެއަށް ދަތުރުކުރަމުން ދިޔައިރު، މަގުމަތީގައި ހަތަރު އަންހެން ކުދިން ތިއްބާ ފެނުނެވެ. އެއިރު ކޮންމެވެސް ވަރަކަށް ވާރޭވެސް ވެހުނެވެ.

އަދި އެ ކުދިން ދާން ބޭނުންވާ ތަނަށް ގެންދިއުމުގެ ނިޔަތުގައި އޭނާ ދުއްވަން އިން ވޭނަށް އެރުމަށް އޭނާގެ އަނބިމީހާ ޓިވާރް އެދުނެވެ. އެ ދަތުރުގެ ތެރެއިން އެ އަންހެން ކުދިން ކޮންމެ ދުވަހަކު ކޮލެޖަށް ދާން ޖެހޭ ހާލު ބަޔާންކޮށްދިނެވެ. އެކަމާއި މި ދެމަފިރިން ތިބީ ވަރަށް ބޮޑަށް ދެރަވެފައެވެ. އެ މީހުން ކިޔާދިންގޮތުގައި، އެ މީހުން ކިޔަވަން ދާން ޖެހެނީ ކޮޓްޕުލީގައި ހުންނަ ކޮލެޖަކަށެވެ. އެއީ އެ މީހުން ދިރިއުޅޭ ހިސާބާއި، ގާތްގަނޑަކަށް 18 ކިލޯ މީޓަރު ދުރުހިސާބެކެވެ. އަދި ބައެއް ފަހަރު އެ ކުދިންނަށް ކޮލެޖަށް ނުދެވޭތީ އެ މީހުންގެ އެޓެންޑެންސްވެސް ވަރަށް ދަށް ކަމަށް ވަނީ އެނގިފައެވެ.

އެ ހިސާބަކީ މާ ބޮޑަށް ވިއްސާރަ ހިސާބެއް ނޫންކަމުން ހޫނު ގަދަ ދުވަސްތަކުގައި މި ކުދިން ކޮލެޖަށް ދާން ވެގެން ބަސްް ހުއްޓާ ތަނަށްވެސް ދާން ޖެހެނީ ހިނގާފައެވެ. އެއީ ހައެއްކަ ކިލޯ މީޓަރު ދުރެވެ. އެ ހޫނު އަވީގައި ކިޔަވަން ދާން އެ ކުދިން ދަތުރުކުރާއިރު، ބަސް ތެރެއިން ބައެއް ފިިރިހެން ކުދިން އެ މީހުންނަށް ޖިންސީ ފުރައްސާރަ ކުރާކަމަށް އެ ކުދިން ވަނީ ބުނެފައެވެ.

މި ވާހަކަތައް އަޑުއަހާފައި ދެމަފިރިން ވަރަށް ބޮޑަށް ހިތުގައި ޖެހުނެވެ. އަދި އެ ކުދިންނަށް އެހީތެރިވާން ބޭނުންވިއެވެ. އެހެންވެ މި ދެމަފިރިން އެ ކުދިންނަށް އެހީވުމުގެ ގޮތުން ބަހެއް ގަނެދިނެވެ. ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ޔަދަވް އެ ކުދިންނަށް ބަހެއް ގަނެދިނީ އަނބިމީހާގެ އެދުމުގެ މަތިންނެވެ. މި ދެމަފިރިންގެވެސް ދަރިފުޅު ވަނީ މަރުވެފައެވެ.

ޖުމްލަ 19 ލައްކަ ރުޕީސް ދީފައި އެ ކުދިންނަށް މި ދެމަފިރިން ބަހެއް ގަނެދިންއިރު، އެ ކުދިން މިހާރު ކޮލެޖަށް ދަނީ އެ ބަހުގައެވެ. އަދި އެ ބަސް ދުއްވުމަށް މީހަކު ވަނީ ނަގާފައެވެ. އޭނާއަށް މުސާރަ ދެނީވެސް ޔަދަވްއެވެ. އަދި ބަހަށް އެއްވެސް ފިރިހެން ކުއްޖަކު ނޭރުވުމަށްވެސް ވަނީ ނިންމާފައެވެ.

މިހާރު އެ ކުދިން ކޮންމެ ދުވަހަކު ސްކޫލަށް ދާ ކަމަށް ވެއެވެ. އަދި އެއްވެސް ދުވަހެއްގައި މިހާރު ގަޑިއެއްވެސް ނުޖެހެއެވެ. އަދި މިހާރު އެ ކުދިން ބަރާބަރަށް ކޮލެޖަށް ދާތާ އަހަރެއް ވިއިރު، އެ ބަހަަށްވެސް މިހާރު ވަނީ އަހަރެއްހާ ދުވަސްވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޙަސަން

    ތިކަހަލަ ދީލަތި މީހުން ގިނަނަމަ ކިހާ ރަނގަޅުވީސް. މިރާއްޖޭގައިވެސް ވަރަށް ތަނަވަސް މީހުން އުޅެއެވެ. އެކަމަކު މަދު މީހަކު ނޫނީ މީހަކަށް އެއްޗެއް ދޭތަނެއް ނުފެނެއެވެ. ވަންނާނެ ގެދޮރުގަނޑެއް ނޭޅިގެން ރާއްޖެތެރޭގައިވެސް އުޅޭމީހުން މަދެއްނޫނެވެ. ގެވަޅެއް ނުވަތަ ބިމެއް އޮވެ ފައިސާ ނެތިގެން ގެދޮރުނޭޅި އަނބިދަރިން ގޮވައިގެން ވަރަށް ދަތިޙާލުގައި ނިދާލާ އުޅޭ މީހުން ވަރަށް ބައިވަރެވެ. މިފަދަ މާީހުންނަށް ތަނަވަސްކަމުގެ އަހުލުވެރިންގެ އެހީތެރިކަން ލިބޭނަމަ ވަރަށް އުފާވެރި ދިރިއުޅުމެއް އުޅެވުނީހެވެ. ތަނަވަސް މީސްމީހުން ގޭގައި ނޯކަރުންނާއި ޚާދިމުން ލައިގެން އަތުންފައިން އެއްވެސް ކަމެއް ނުކޮށް އުޅޭމަންޒަރު މިރާއްޖެއިންވެސް ފެނެއެވެ. ފައިސާ އިސްރާފުކޮށް އިރުއިރުކޮޅުން ޢާައިލާ ގޮވައިގެން ޗުއްޓީއަށް ސިންގަޕޫރަށް މެސޭސިއާއަށް ޑުބާއީއަށް އަދި އޮސްޓްރޭލިއާއާއި ޔޫކޭއަށެވެ. އަޅަފަހެ ނިކަމެއްޗަކަށް އެހީތެރިކަމެއްދިނިއްޔާ ވަރަށް ބައވަރުތަކެއް މަދުވާނެ ހެއްޔެވެ؟ މިހެންދަންނަވާއިރުވެސް އެހީތެރިކަން ފޯރުކޮށްދޭ މަދު ބޭފުޅުން އުޅޭކަން ފާހަގަކޮށް އެބޭފުޅުންނަށް ޝުކުރު ދަންނަވަމުން މުދަލުގާ ބަރަކާތް ލެއްވުމަށް އެދި ދުޢާކުރަމެވެ.

  2. ޙަސަން

    ތިކަހަލަ ދީލަތި މީހުން ގިނަނަމަ ކިހާ ރަނގަޅުވީސް. މިރާއްޖޭގައިވެސް ވަރަށް ތަނަވަސް މީހުން އުޅެއެވެ. އެކަމަކު މަދު މީހަކު ނޫނީ މީހަކަށް އެއްޗެއް ދޭތަނެއް ނުފެނެއެވެ. ވަންނާނެ ގެދޮރުގަނޑެއް ނޭޅިގެން ރާއްޖެތެރޭގައިވެސް އުޅޭމީހުން މަދެއްނޫނެވެ. ގެވަޅެއް ނުވަތަ ބިމެއް އޮވެ ފައިސާ ނެތިގެން ގެދޮރުނޭޅި އަނބިދަރިން ގޮވައިގެން ވަރަށް ދަތިޙާލުގައި ނިދާލާ އުޅޭ މީހުން ވަރަށް ބައިވަރެވެ. މިފަދަ މާީހުންނަށް ތަނަވަސްކަމުގެ އަހުލުވެރިންގެ އެހީތެރިކަން ލިބޭނަމަ ވަރަށް އުފާވެރި ދިރިއުޅުމެއް އުޅެވުނީހެވެ. ތަނަވަސް މީސްމީހުން ގޭގައި ނޯކަރުންނާއި ޚާދިމުން ލައިގެން އަތުންފައިން އެއްވެސް ކަމެއް ނުކޮށް އުޅޭމަންޒަރު މިރާއްޖެއިންވެސް ފެނެއެވެ. ފައިސާ އިސްރާފުކޮށް އިރުއިރުކޮޅުން ޢާައިލާ ގޮވައިގެން ޗުއްޓީއަށް ސިންގަޕޫރަށް މެސޭސިއާއަށް ޑުބާއީއަށް އަދި އޮސްޓްރޭލިއާއާއި ޔޫކޭއަށެވެ. އަޅަފަހެ ނިކަމެއްޗަކަށް އެހީތެރިކަމެއްދިނިއްޔާ ވަރަށް ބައވަރުތަކެއް މަދުވާނެ ހެއްޔެވެ؟

  3. ނުރަބޯ

    ބުރުމާގާސިމު ކަހަލަ ދީލަތި މީހެއް. ކެކެކެކެ?....!!!

  4. ސަޅި

    ޖޭވިތަ ﷲ އިރާދަފުޅުން ބުރުމާ ގާސިމް އަކި އަބަދުވެސް ދިލަތި މިހަކައްވާނެ.

  5. އަފްލާ

    ދީލަތި މީހަކައްވިޔަސް ޑީލް ހަދަން ފެށީމަ އޭގެ ނަތީޖާ ދުނިޔެ މަތީގަވެސް ވ ހިތިވާނެ ހުރިހާ ކޯޓް ތަކަށް ދީލަތި ކަމުގެ ޑޮލަރު ދީގެން ުކުމް ކުރުމަކީ މީހާ ދީލަތިވުމެއްނޫން އެއީ ގައުމުގަ ފަސާދަ އުފެއްދުން ފަސާދަ ކުރާ މީހާގެ ހުކުމަކީ ހަމަ މަރާލުން ކޮންމެ ޒަޚަމަކީ ގިސާސް ހިފަން ޖެހޭކަމެއް ނޭފަތަކަށް ނޭފަތެއް ލޮލަކަށް ލޮލެއް ގުނަވަނަކަށަ ގުނަވަނެއް