ޕިއްޒާއަކީ ގިނަ ބައެއްގެ ފެވަރިޓެކެވެ. ޕިއްޒާ ކާން ދާ ވާހަކަދެއްކިއަސް ދާން ތިބޭ މީހުންގެ ލިސްޓު ވަރަށް ދިގު ވާނެއެވެ. އެހެންކަމަށް ވާނަމަ އެ އެންމެން ގޮވައިގެން ޕިއްޒާ ކާން މިތަނަށް ދާން ހިނގާށެވެ. ފައިސާގެ އިނާމެއްވެސް ލިބިދާނެއެވެ.

އަޔަލޭންޑްގެ ވެރި ރަށް ކަމަށްވާ ޑަބިލްއިންގައި ހުންނަ ޕިއްޒާ އައުޓެލެޓަކުން މި ވަނީ އެތަނުން ވިިއްކާ މޮންސްޓަރ ޕިިއްޒާ ހުސްކޮށްލަދޭ މީހަކަށް 500 ޔޫރޯ ދޭން ނިންމާފައެވެ. އެ އައުޓްލެޓުން ބުނެފައިވާ ގޮތުގައި، މިހާތަނަށް އެ އައުޓްލެޓުން އުފައްދާ އެ ޕިއްޒާ ހުސްކުރެވުނު މީހަކު ނެތެވެ.

32 އިންޗީގެ އެ ޕިއްޒާ ސާވް ކުރަނީ ދެ މިލްކް ޝޭކާއިއެކުގައެވެ. އެ ޗެލެންޖުގައި ބުނެފައި ވަނީ މިލްކް ޝޭކާއެކު ޕިއްޒާ އެއްކޮށް ހުސްކޮށްލުމަށެވެ. އެ ޗެލެންޖުގައި ބައިވެރިވެވޭނީ ފަހަރަކު މީހަކަށެވެ.

އެ އައުޓްލެޓުން ބުނެފައިވާގޮތުގައި، މިހާތަނަށް 100 މީހަކު އެ ޕިއްޒާ ހުސްކޮށްލުމަށް މަސައްކަތް ކޮށްފައިވެއެވެ. ނަމަވެސް އެއްވެސް މީހަކަށް އެކަން ކާމިޔާބެއް ނުވެއެވެ. އަދި ނުވެސް ވާނެއެވެ.

އެހެންކަމުން މިކަމަށް ތައްޔާރުވެގެން ޓިކެޓް ނަގައިގެން އަޔަލޭންޑަށް ދާން ބޭނުންވާ މީހަކު ދަތުރު ހަދާށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ޟުން

  ތިމީހުންނަށް އަދި މިގައުމުގައި ބަގުޑި ބެއްދި މީހުން އުޅޭކަން ނޭގެނީ.

 2. ބުލް

  ނާސާ އިން ހަނދޭ ބުނާއިރައްވެސް އިންނަނީ ތި ފޮޓޯ

 3. ހަހަ...

  ކުރާނެ ކަމެއް ނެތިގެން ވިއްޔަ މިއުޅެނީ ތިތަނަށް ދާންވީނު... ތިއަށްވުރެ މީރުވާނެ މަ އަމިއްލައަށް ފިހާ ޕިއްޒާވެސް.....

 4. މާކުންބޭ

  އަހަރެން ތިވަރުގެ ޕިއްޒާއެއް އެއްފަހަރުން ހުސްކޮށްލާކަށް އެއްވެސް ކަމެއްނޫން. ހަމަ މެޓައެއް. އެކަމަކު 500 ޔޫރޯ ހޯދަން 700 ޔޫރޯގެ ޓިކެޓެއްނަގާގެން އަޔަރލެންޑަށް ދާވަރުގެ މޮޔައެއްނޫން އަހަންނަކީ.