ވަކި ކަމެއް ކުރަން ހިތުއަޅައިގެން އެ އަޒުމާއި ހިތްވަރުގައި ތިބޭ މީހުންނަށް ކޮންމެ ކަމެއްވެސް ކާމިޔާބު ވާނެކަން ޔަގީނެވެ. މިއީ އެކަން ސާބިތުކޮށްދިން 12 އަހަރުގެ ކުއްޖެކެވެ. ބެންގަލް އަށް ނިސްބަތްވާ ސައިފާ ޚާތުން ތައްޔާރުވަމުން އެދަނީ އަންނަ ގްރޭޑް 10 ގައި ކިޔަވަމުންދާ ކުދިން ހަދާ ޓެސްޓަކަށް ތައްޔާރުވަމުންނެވެ.

އެ ޓެސްޓުގައި ބައިވެރިވުމަށް އޭނާއަށް ވަނީ ފުރުސަަތު ލިބިފައެވެ. އުމުރުން ހަތް އަހަރުގައި ސްކޫލަށް ދިއުން ހުއްޓާލި ސައިފާ، މިހާރު ކިޔަވަނީ ގޭގައެވެ. އަންނަ އަހަރު އޮންނަ ގްރޭޑް 10ގެ ޓެސްޓުގައި އޭނާ ބައިވެރިވާނީ އޭއޭއެސް ހައި ސްކޫލްގެ އިތުރު ކުއްޖެއްގެ ގޮތުގައެވެ.

ސައިފާއަކީ އިންޑިއާގެ ޑޮކްޓަރެއްގެ ދަރިއެކެވެ. އޭނާ ސްކޫލަށް ދިއުން ހުއްޓާލީ، އޭނާއާއެކު ކިޔަވާ ކުދިންނަށްވުރެ އޭނާ މޮޅުވުމުންނެވެ. އެހެންވެ އޭނާ ހިތަށް އެެރީ އޭނާ ސްކޫލަށް ދިއުން އެހާ ރަނގަޅު ނޫން ކަމެވެ.

ނަމަވެސް ސައިފާގެ މައިންބަފައިން ބޭނުންވަނީ ސައިފާ ކިޔަވާށެވެ. އެ މީހުންގެ އެ ހުވަފެންތައް ސީދާ ވެގެން ދިޔައީ އޭއޭއެސް ހައި ސްކޫލުން އެ މީހުންނަށް ގުޅާފައި ސައިފާއަށް އެ ޓެސްޓުގައި ބައިވެރިވެވޭނެ ކަމުގެ ޔަގީންކަން ދިނުމުންނެވެ.

ސައިފާ ބުނީ، އޭނާ ސްކޫލަށް ދިއުން ހުއްޓާލި ފަހުންވެސް އެއްވެސް ވަރަކަށް ދެރަ ނުވާ ކަމަށެވެ. ނަމަވެސް އަބަދުވެސް ގޭގައި ކިޔަވާ ކަމަށް އޭނާ ބުންޏެވެ. އެހެންކަމުން މިއީވެސް އެހެން މީހުން ނަމޫނާއަކަށް ބަލަންވީ ކުއްޖެކެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. Anonymous

  ސީރިއަސްލީ؟
  އައި ނީޑް ފްރެންޑްސް

  • ނަަމީ

   މީ ޓޫ

 2. ޑޮކްޓަރ މޮންރޯ މަސީހް އާރުއެމްޕީ

  ކޮންމެ ކަމެއްގައިވެސް ބޭނުންވަނީ ޝައުގުވެރިކަން. އުމުރެއްމުހިންމެއްނޫން. އެކުއްޖަކު ކަމަކަށް ޝައުގުވެރިވެއްޖެނަމަ ކާމިޔާބުގެ އެންމެއުސް ކުންނަށް ދަތުރު ކުރެވޭނެ. ކުރާނެ.

 3. ވާލުސޮރު

  ރައީސްކަމަށް ޝައުގުވެރިކަން އެބަހުރި

 4. މަހާ

  ހިއްވަރާ އެކު މަސައްކަތް ކޮއްފިއްޔާ ވާނެޔޭ ދޯ...❤ މަރްހަބާ..