ބައެއް ފަހަރު ފޮޓޯތައް ނެގޭ ގޮތަކުން އޭގެ އަސްލު ހުންނަ ގޮތް ތަފާތުވެއެވެ. މިގޮތަށް ބޮޑު ތަފާތެއް އަންނަ އެކައްޗަކަށް ވަނީ ކުލައެވެ. ބައެއް ފަހަރު އޮންލައިންކޮށް އެއްޗެހި ގަންނައިރު، ގަންނަން ބޭނުންވާ އެތީގެ ހުރި ކުލަޔާއި ގަނެވުނު އެތީގެ ކުލަ ތަފާތެވެ.

ނަމަވެސް މިފަހަރު ދައްކަން މިއުޅެނީ އޭގެ ވާހަކައެއް ނޫނެވެ. ދައްކަން މިއުޅެނީ މިހާރު މީސް މީޑިއާގައި ދައުރުވަމުންދާ، ފޮޓޯއެއްގެ ވާހަކައެވެ. އެއީ އާދައިގެ ފޮޓޯއެއް ނޫނެވެ.

އެ ފޮޓޯގައިވާ އެއްޗަކީ ސީދާ ކޮންއެއްޗެއްކަން އެއްވެސް ބަޔަކަށް ނޭނގިގެން އުޅޭ ވާހަކައެވެ. އެއް ބަޔަކު ބުނަމުންދަނީ އެއީ ކާޅެއް ކަމަށެވެ. އަދި ކަޅު ބުޅަލެއް ކަަމަށް ބުނަމުންދާ މީހުންވެސް މަދެއް ނޫނެވެ.

މިދިޔަ ހޮނިހިރު ދުވަހު ރޮބާޓް މާގިއުރީ ޕޯސްޓް ކުރި އެ ފޮޓޯތައް ލައްކައަކަށްވުރެ ގިނަ ލައިކް ލިބިފައި ވެއެވެ. ޓްވިޓާ މެދުވެރިކޮށް އޭނާ އެ ފޮޓޯ ހިއްސާކުރީ، ވަރަށް ތަފާތު ކެޕްޝަންއަކާއެކުގައެވެ.

އެ ފޮޓޯއިން ސީދާ އެއީ ބުޅަލެއް ކަމެއް ނުވަތަ ކާޅެއް ކަން ނޭނގެއެވެ. އެހެންވެ ގިނަ ބަޔަކު އެކި ގޮތްގޮތަށް އެ ފޮޓޯއާއި ގުޅޭގޮތުން ވާހަކަދައްކަމުން އެދަނީއެވެ. އެއް ބަޔަކު އެއީ މުސަޅެއް ކަމަށްވެސް ބުނަމުން ދެއެވެ. އަދި އެއީ އަސްދޫންޏެއް ކަމަށް ބުނާ މީހުންވެސް މަދެއް ނޫނެވެ.

މިގޮތަށް ގިނަބަޔަކު ވާހަކަދައްކަމުން އަންނައިރު، ހަޤީޤަތުގައި މިއީ ބުޅަލެއް ކަމަށް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

 1. ކިޔާ

  ބުޅަލެއް..

 2. ރެޑޭ

  ބަލަ އޭގަ ވަރަށް ސާފުކޮށް ލިޔެފަ ދޯ އޭނީ އެއީ ބުޅަލެކޭ! ދެން އެެއީ ކޮން އެއްޗެއްކަން ނޭގިގެން އުޅޭކަށް ނުޖެހޭނު؟؟

 3. ޖޮއްބެ

  ކަޅު ބުޅަލެއް.

 4. ނޭކެޑް

  100% ބުޅަލެއް

 5. އެޑަމް

  ކަނު މީހަކަށް ނޫނީ އެނގޭނެ ތިއީ ބުޅަލެއްކަން

 6. ރާގީ

  އެއީ ސީދާ %100 ކޮތަރެއް. ކަލޭމެން ހީކުރީތަ މަށަށް އޮޅުވާލެވޭނެ އޭ!!!!

 7. ހަމަ ތެދެއް

  މިކަހަލަ ކުނި ހަބަރު ނުގެނެސް ބަލަ.. ހުވާ މިބުނީ،، ލިޔާނެ އެއްޗެއް ނޭނގެންޏާ މަޑުމަޑުން ތިބޭ..

 8. ބުޅާ

  ވަގުތު މީހުންނަކަށް ނުފެންނާނެ

 9. ރޯނުބެ

  އެއީ......ކިރުޅިއަމަހެއް ..

 10. ކައުންސެލަރު

  ކަޅުގޮނޑިކޮއްކޮ!؟ އިސްތިއުފާދިން ލާދީނީގެ ގޮނޑިކޮއްކޮ ކިނބޫ އެއީ..

 11. ފަތަރަންޖީ

  އެއީ ތުންދިގު މީދަލެއް.

  • ރާބޮނދި

   ނަސީބެއްނުން މާކަނައެކޭ ނުބުނިކަން.

 12. ކަމްލާ ބާއީ

  ތީ މާރިޔާ...ޔަޤީން...400%

 13. އައްމަޓީ

  ފުއްޖެހި ކަވާބެއް....ތެލަށް ލުމުގެ ކުރިން...ޔަޤީން

 14. ސަންޖި

  އެއީ ޙަމަ ބުޅަލެއް....ވަރަށް ރީޗަށް އެނގޭ އެބަ!!.....ރީތިކޮށް ބަލާލީމަ އެކަމު އެނގެނީ!!!!!!......

 15. ނިހާ

  އިޓްސް އަ ކެެެޓް... ޒޫމްކޮއްގެން ބެލީމަ ގެޓު ވާނެ....

 16. މަކައްނޭގެ

  ބަލަ މަށައް މިތަނުން އެބަފެނެޭ ބުޅަލަކާއި ކާޅެއް

  ކަލޭމެން ފޮޅިއަޅަބަލަ####

 17. ޙަ

  ☺☺ބުޅަލެއް

 18. ބުޅާ

  ކަލޮ އެއީ ބުޅަލެއް