ދިގު ދަތުރުތައް ކުރާއިރު، މަތިންދާ ބޯޓުތަކުގައި ޕައިލެޓުންނާއި، ކެބިން ކްރޫން ނިދަން ވަކި ހާއްސަ ތަނެއް ހުންނަކަން ގިނަބަޔަކަށް ނޭނގެއެވެ. އެހެން ނަމަވެސް ބައެއް މަތިންދާ ބޯޓުތަކުގައި، ފަސެންޖަރުންނަށް ވުރެ މާ އަރާމުކޮށް އެ މީހުންނަށް ނިދާލެވޭ ގޮތަށް ހުރެއެވެ.

ބައެއް މަތިންދާ ބޯޓުތަކުގައި ކްރޫން ނިދަނީ ބަންކް ބެޑުގައެވެ. އަދި ޕައިލެޓުންނަށްވެސް ނިދަން ހާއްސަ ތަނެއް ހުރެއެވެ. ބައެއް މީހުންނަށް އެ ކްރޫންނާއި، ޕައިލެޓުން ނިދާތަން ހުންނަތަންވެސް ނޭނގެއެވެ.

ވަރޖިން އެއާ އޮސްޓްރޭލިއާގެ ބޯޓެއްގެ ކްރޫން ނިދާ ތަން

ބައެއް މަތިންދާ ބޯޓުތަކުގައި، ކްރޫންނާއި ޕައިލެޓުން ނިދާތަން ހުންނަނީ ކޮކްޕިޓްގެ ފަހަތުގައެވެ. އަދި ބައެއް މަތިންދާ ބޯޓުތަކުގެ ފަސްޓްކްލާސްގެ މައްޗަކީ އެ މީހުން ނިދަން ހާއްސަ ތަނެވެ.

އެތަނަކީ ނިދަން ޖާގަ ހުންނާނެ ތަނެއްކަމަށް ނުބެލެވުނު ނަމަވެސް، އޭގެން ކޮންމެ އެނދެއްގައި އެކަކަށް ނިދޭވަރަށް ޖާގަ ހުންނާނެއެވެ. އަދި އެއް އެނދު އަނެއް އެނދާއި ވަކި ކުރުމަށް ކާޓެއިންވެސް ދަމާފައި ހުންނައިރު، ޕައިލެޓުންނާއި ކްރޫން ވާހަކަދެއްކޭނެހެން ފޯންތައްވެސް އެތަނުގައި ހުރެއެވެ.

އެމެރިކާގެ ދިގު ދަތުރު ކުރާ ފްލައިޓްތަކުގައި ޓީވީވެސް ހުރެއެވެ. ބައެއް ފްލައިޓްތަކުގައި ޕައިލެޓުންގެ ކޮޓަރިތައް ވަރަށް ފެންވަރު ރަނގަޅެވެ. އަދި ވަރަށްވެސް ހިތްގައިމެވެ.

ކިޔުންތެރިންގެ ހިޔާލު