ޓާރާ މެކްސިމަކްއަކީ ކެލިފޯނިއާގައި އުޅެމުން އަންނަ އަމިއްލަ ޔޫޓިއުބް ޗެނަލްއެއް ގެންގުޅޭ ޒުވާނެކެވެ. އެ ޒުވާނާ މިފަހަރު މަޝްޙޫރު ވާންވެގެން ޖެއްސި ސްޓަންޓަކީ ސްމާޓްފޯނަކަށް އޭނާ ހަދާލާ ގޮތް ފެންނަ ވީޑިއޯއެވެ. އޭނާ އެކަމަށް ބޭނުންކުރި ސްމާޓް ފޯނަކީ އެޕަލްއިން އެންމެ ފަހުން ނެރުނު އައިފޯން އެކްސް މެކްސްއެވެ. އެގޮތުން އެ ވީޑިއޯ ތައްޔާރު ކުރަން އޭނާ ދިޔައީވެސް ވަަރަށް ހާއްސަ ތަނަކަށެވެ.

އޭނާ އެ ފޯން ހިފައިގެން ދިޔައީ ބޭނުން ނުކުރާ ނިއުކްލިއާ ޕްލާންޓެއް ކައިރިއަށެވެ. އޭނާ ބޭނުންވީ އެ ނިއުކްލިއާ ޕްލާންޓް ތެރެއަށް ފޯން ވައްޓާލުމަށްފަހު އެ ފޯން މަސައްކަތް ކުރޭތޯ ބެލުމަށެވެ. މިއީ އާއްމުކޮށް ފޯންތަކުގެ ވަރުގަަދަކަން ދައްކަން ބައެއް މީހުން ކުރާ ކަމެކެވެ.

އެ ސްޓަންޓް ޖެއްސުމުގެ ބޭނުމުގައި ޑްރޯންއެއް މެދުވެރިކޮށް އޭނާ އެ ފޯން 530 ފޫޓު މައްޗަށް ގެންގޮސް ވައްޓާލިއެވެ. އަދި އެ ނިއުކްލިއާ ޕްލާންޓް ތެރެއަށް ވަދެ ފޯނަށް ގެއްލުމެއް ލިބިފައިވޭތޯ ބެލިއެވެ. ނަމަވެސް އެހާ މަތިންވ ވައްޓާލުމުން ވެސް ފޯނަށް މާބޮޑެތި ގެއްލުމެއް ވެފައި ނުވާކަން އޭނާ އަޕްލޯޑް ކުރި ވީޑިއޯގައި ވެއެވެ. އެހެން ނަމަވެސް ފޯނުގެ ޑިސްޕްލޭ ވަނީ ކޮންމެވެސް ވަރަކަށް ތަޅައިގެން ގޮސްފައެވެ.

ޑިސްޕްލޭ ގައި ރެންދުލާފައި ހުރިނަމަވެސް ފޯނަށް ބޮޑު ގެއްލުމެއް ލިބިފައި ނުވެއެވެ. އަދި ފޯނު، މަތިން ވައްޓާލި ވަގުތު ވީޑިއޯ ކުރަން ޖައްސާފައި ހުރިއިރު، ޓަވަރުގެ ތެރެއަށް ވައްޓާލުމަށްފަހު އަލުން ނެގި އިރުވެސް ދިޔައީ ރެކޯޑު ކުރެވެމުންނެވެ. ޓަވަރު ތެރެޔަށް ފޯނު ވައްޓާލި ވަގުތު ޑިސްޕްލޭ ތަޅައިގެން ދިޔައީ ފޯނު ވެއްޓުނު ވަގުތު ޓަވަރުގެ ފާރެއްގައި ޖެހުނު ވަގުތުގައި ކަމަށް ގިނަ ބަޔަކު ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޓެޗްރެކުސް ފޭން އެއް

    ޓެޗްރެކުސް އަކީ އެޕަލް ޕުރޮޑަކުޓުސްގެ ޑިއުރަބިލިޓީ ޓެސްޓރެށް

  2. Anonymous

    ޢޭ އެ މަސްހޫރުވާން ހެދި ސްޓަންޓެއް ނޫން ނޭންގެންޔާ ނުކިޔަ ތިބޭނީ ހިމޭނުން