ހެރީޕޮޓާއަކީ އެތައް ބަޔަކަށް ކަމުދާ ސީރީޒްއެކެވެ. އެ ސީރީޒް ނުބަލާ މީހުން މަދެއް ނުވާނެއެެވެ. މީގެ ތެރެއިން އެންމެ ހާއްސަ އެއް ބަޔަކީ އެ ސީރީސްއަށް މަރުދޭ ފޭނުންނެވެ. މިއީ އޭގެ ތެރެއިން ވަރަށް ހާއްސަ ފޭނެއް ކަމުގައި ވެދާނެއެވެ.

އޭނާ ހާއްސަވާ އެއް ސަބަބަކީ ކައިވެނީގެ ހަފްލާ ހެރީޕޮޓާ ތީމްގައި ބޭއްވުމެވެ. މާކަސް އައި ކެރޮލައިނާއާއި ދެ މީހުންނަކީވެސް ހެރީޕޮޓާ ފިލްމްތަކަށް މަރުދޭ ދެ މީހުންނެވެ. އެހެންވެ އެ ތީމްގެ ޕާޓީއެއް ބާއްވަން އެ ދެމަފިރިން ވަނީ 17.8 ލައްކަ ރުޕީސް ހޭދަކުރިއެވެ.

އަދި އެ ހަފްލާ އެ މީހުން ބާއްވާފައި ވަނީ ޑަލްހައުސީ ކާސަލްގައެވެ. އެ ވެޑިންގައި އެންމެންވެސް ހެދުން އަޅައިގެން ހުރީވެސް ހެރީ ޕޮޓާ ތީމާއި އެއްގޮތަށެވެ. އަދި ހުރިހާ އަންހެނުން ވަނީ ހެރިޕޮޓާ ފިހިގަނޑު ބޭނުންކޮށްފައެވެ.

އެ މީހުން ބުނިގޮތުގައި، އެފަދަ ހިޔާލެއް އެ މީހުންނަށް ލިބުނީ އޮންލައިންކޮށެވެ. ނަމަވެސް އެހެން މީހެއްގެ ހިޔާލު އޭނާ ބޭނުން ކުރަން ބޭނުން ނުވެގެން އަމިއްލަ ހިޔާލު ބޭނުންކޮށްގެން ކައިވެނީގެ ހަފްލާ ވަނީ ބާއްވާފައެވެ.

އެ ކައިވެނީގެ ހަފްލާގައި އެންމެންވެސް އެ މީހުން ބޭނުންވި ގޮތަށް ހެދުން އެޅިއެވެ. އެންމެންވެސް ތިބީ ވަރަށް ތަފާތުކޮށެވެ.

ކިޔުންތެރިންގެ ހިޔާލު